|
ފިރިހެނުންނާއި އަންހެނުން ހަމަހަމައެއް ނުވާނެ!
الشيخ أبو بكر إبراهيم علي (ބަކުރުބެ)
|
ސައިޓްގެ މުޝްރިފްގެ ކުޑަ ބަސްކޮޅެއް.
الحَمد
للهِ
والصّلاةُ
والسلامُ
علَى
نبينا
محمَّدٍ
وعلَى
آله
وصحبه
أجمعِين.
أما بعد:
އާދެ
މިފޮތަކީ އަޅުގަނޑުމެންގެ ބައްޕައެއްފަދަ ލޮބުވެތި ޝެއިޚް
أبو بكر إبراهيم علي
(ބަކުރުބެ)،
މަތީގައި ބަޔާންވެފައި އެވާ މައުޟޫޢުއަށް ވަރަށް ފުރިހަމައަށް
އަލިއަޅުވާލައި އިންސާފު ކުރައްވާފައިވާ ފޮތެކެވެ.
މިމައްސަލާގައި ދެބަސްވެ އިދިކީލަވާ ފަރާތްތަކަށް، ޝެއިޚް ޖަވާބު
ދެެއްވާފައިވަނީ އެހާމެ ފެންވަރުމަތީ ބުންވަރުގަދަ ގޮތަކަށެވެ.
ޢަމްދުން ރައްދު ޖަވާބު ދިނުން ދަތިގޮތަކަށެވެ. މިފޮތުގެ
މުހިއްމުކަމުން، މިސައިޓުގައި ޝާޢިއުކުރުމަށްޓަކައި ޝެއިޚުއަށް
ގުޅައި އިޛުނަ ހޯދައިގެން މިބުރަ މަސައްކަތް ފެށީއެވެ.
ކޮންމެއަކަސް ޝެއިޚަކީ އަޅުގަނޑުގެ ބައްޕައެއްފަދަ
މީހަކަށްވުމުން ވަރަށް ގިނައިރު ވާހަކަ ދެކެވުނެވެ. އަދި
ސައިޓުގެ މަޤްޞަދާއި ލިޔުންތަކާއި ބެހޭގޮތުން މަޢުލޫމާތު
ސާފުކޮށްދިނުމުން ޝެއިޚު ވިދާޅުވީ ވަރަށް ހިތްވަރާއިއެކު
މިމަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި މިފަދަ ބައިވަރު
މައުޟޫޢުތަކަށް ލިޔެފައިވާ ލިޔުންތައް ޝެއިޚްގެ އަތުގައި
ހުރުމާއިއެކު އެތަކެތި ދިވެހި ރައްޔަތުންނާއި ހަމައަށް
ފޯރުކޮށްދީ ޙައްޤު ބަސް ފެތުރުމަށެވެ.
اللهم احفظه من كل سوء وبلاء.
މިފޮތުގެ ދިގުމިނަކީ ގާތްގަނޑަކަށް. އޭ4 ސައިޒްގެ 27 ޞަފްޙާއެވެ.
ފޮތެއްގެ ގޮތުގައި ރަނގަޅަށް ތައްޔާރު ނުކޮށް އަވަހަށް
ސައިޓުގައި މިހިމަނާލީ، ދީނުގެ ޢިލްމުވެރިންގެ ނަމުގައި ތިބެ
ބަޔަކު ފަތުރަމުންދާ އެއްވެސް އަޞްލެއްނުވާ ފަލްސަފާވެރި
ވާހަކަތަކަށް އަވަސް ރައްދެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
މިފޮތުގައި އިޞްލާޙުކުރަން ޖެހޭ ތަނެއް ވާނަމަ އެތަނެއް
ރަނގަޅުކޮށް، ފުރިހަމަ ފޮތެއްގެ ޞިފައިގާ ގެނެސްދިނުމުގެ
މަސައްކަތް، ﷲ ތަޢާލާގެ ވާޤިފުޅާއިއެކު އަޅުގަނޑުމެން މިދަނީ
ކުރަމުންނެވެ. މިގޮތުން ފޮތުގެ މައުޟޫޢާއި ގުޅޭ ފުރިހަމަ
ބަނޑޭރިގަނޑެއް ތައްޔާރުކޮށްދޭން ބޭނުންްފުޅުވާ އަޚުންނާއި
އުޚްތުންނަށް އެކަމަށް މަރުޙަބާ ކިޔާ ވާހަކަ ދަންނަވަމެވެ.
ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތީމެވެ.
މައުޟޫޢާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. |
ފިހުރިސްތު
01.
މުޤައްދިމާ
02.
فصل
1
-
ފިރިހެނުންނާއި، އަންހެނުން ހަމަހަމަވާ ކަމުގައި ބުނުމަކީ
الله
އާއި، އެކަލާނގެ
رَسولއާގެ
ބަސްފުޅު ދޮގުކުރުން.
03.
فصل
2
-
ފިރިހެނުންނަކީ އަންހެނުންގެ
ވެރިންނެވެ.
04.
فصل
3
-
އަންހެނުންނަށް
رسُول
ކަން ނުދެއްވައި!
05.
فصل
4
-
ފިރިހެނުންނަށްވުރެ އަންހެނުން ދެގޮތުން
އުނިވާނެ!
06،
فصل
5
-
ދިރިއުޅުމުގެ މަސައްކަތްކުރަން ފިރިހެނުންނަށް
ވަކި މައިދާނެއް. އަންހެނުންނަށް ވަކި މައިދާނެއް.
07.
فصل
6
-
އަންހެނުންގެ
جِهاد
08.
فصل
7
-
ފިރިހެނުންނަށް
وَظِيْفَة
މަދުވުން.
09.
فصل
8
-
ފިރިހެނުން ކުރަމުންދާ ބުރަ މަސައްކަތުގެ
ދަރުމަ، އަންހެނުންނަށްވެސް ލިބިދާނެފަދަ ގޮތެއް މިއޮތީ.
10.
فصل
9
-
އެއީ އޮޅުމެއް ނުވަތަ އޮޅުވާލުމެއް.
11.
فصل
10
-
ރަނގަޅު ނޫން
سُرُخِي
އެއް
12.
فصل
11
-
جَامِعُ الأَزْهَرُ
ގެ
فَتْوَى
ކޮމެޓީގެ ރުއިން.
13.
ނިންމައިލަމުން...
بسم
الله
الرّحمن
الرّحِيم
مقدمَة
الحَمد
للهِ
ربِّ
العالمينَ
والصّلاةُ
والسلامُ
علَى
محمَّدٍ
ابن
عَبدِاللهِ
وعلَى
آله
وصحبه
أجمعِين.
وبَعد:
إسلام
دينގެ
ފަރާތުން
دِفاع
ކޮށް
دينގެ
عَدَاوَة
ތެރިންގެ
حَمَلَة
ތަކުން
إسلام
دين
حِماية
ކުރުމަކީ ކޮންމެ
إسلامއެއްގެ
واجِب
އެކެވެ. އެމީހެއްގެ ފެންވަރު ހުރި ވަރަކުންނެވެ. މިހެން ކަންހުރީތީ
މިފަހަކަށް އައިސް
ދުނިޔޭގައި ތިބި އިސްލާމް ދީނުގެ
عداوة
ތެރިންގެ ރޭވުމުންނާއި،
އަދި
إسلامން
އެމީހުންގެ
عداوة
ތެރިންގެ ބަހަށް
ހެއްލުމުގެ ސަބަބުންނާއި އަދި ހަމަ އެޔާއެކު
إسلامންގެ
نبىއާގެ
إرشاد
އަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ
ސަބަބުން
إسلام
ދީނުގެ އެތައް ގިނަ ކަންތައްތައް މިހާރު މިވަނީ އޮޅުން ނުފިލާ ވަރަށް
އޮޅި
حقّ
ނުحقّ
އަށް ބަދަލުވެ،
باطِل
ކުރިއަރައި،
صحّ
ގޮތް ނިވައިކުރުމުގެ ތެރޭގައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް
ކަމެއް ކަމުގައި އަޅުގަނޑު މިފާހަގަކޮށްލަނީ
ފިރިހެނުންނާއި،
އަންހެނުން ހަމަހަމަ ކަމުގައި ލަވާ ހަޅޭގެ އަޑެވެ. އަޅުގަނޑު ބެލި
ފޮތްތަކުގެ ތެރެއިން މާތް
رسول
صلى الله عليه وسلمގެ
ސީރަތުން،
އަދި
إسلامންގެ
ހެޔޮ
قرن
ތަކުގެ
تاريخންވެސް،
އަދި އެއްވެސް
حدِيث
ފޮތަކުންވެސް މިދެބައިމީހުން އަޅުގަނޑުމެން މިޒަމާނުގައި
މިއެދޭގޮތަށް ހަމަހަމަ ވެގެން ވާތީ ނުފެނެއެވެ. މިހެންވެ،
މިކަމާމެދު ކޮންމެވެސް
تحقيق
އެއް ކޮށް
معلومات
ކޮޅެއް ޖަމާކޮށް،
އެ
معلومات
ކޮޅު މާތްވެގެންވާ
أخ
ންނާއި،
أُخت
ންނަށް ހުށަހަޅައިލާހިތް ވެގެން އަންނަނިވި ކަރުދާސް ތައް
ލިޔެލީމެވެ. ދުނިޔޭގެ އެންމެން ނުރުހުނަސް އަދި މިޒަމާނުގެ
ތަރައްޤީއަށް ނުފެތެޔޭ ބުންޏަސް އަދި ސަރުކާރުގެ ޕޮލިސީ އާއި
އިދިކޮޅުވެޔޭ ބުންޏަސް އަޅުގަނޑު ދެކޭ
حقّ
ބަހެއް ބުނެލުމުގެ މިނިވަންކަން އަޅުގަނޑަށް އޮންނަންވާނެ ކަމަށް
ފެނެއެވެ.
إسلام
ދީނުގެ
حقّ
ގައެވެ.
أخ
ންނާއި،
أُخت
ންނަށް ހެޔޮއެދިގެންނެވެ. އަދި އެންމެ ކުރިން
اﷲގެ
حضرةން
ދަރުމަޔާއި،
ثواب
އެދިގެންނެވެ. މާތް
الله
އަޅަމެންނަށް ހެޔޮބަސް އަހައި،
ހެޔޮ ތަކެތި ވިސްނައި،
ހެޔޮ ރަނގަޅު ގޮތަށް އުޅުމުގެ ހެޔޮ
توفِيق
ދެއްވާނދޭވެ.
آمِين.
إنّهُ
علَى
ما
يشاء
قدِير.
و
صلّى
الله
وسلّم
علَى
محمدٍ
وآله
وصحبه
أجمعين.
ފިހުރިސްތަށް ދިއުމަށް.
فصل
(1)
ފިރިހެނުންނާއި، އަންހެނުން ހަމަހަމަވާ ކަމުގައި ބުނުމަކީ
الله
އާއި، އެކަލާނގެ
رَسولއާގެ
ބަސްފުޅު ދޮގުކުރުން.
|
* އެކަކުވެސް
حقِيقة
އޮޅުވައިލާކަށް ނުވާނެ *
إسلام
دِين
އޮޅުވައިލާކަށް ނުވާނެ * އިރާއި،
ހަނދު ހަމަހަމައެކޭ ބުނާކަށް ނުވާނެ * ރޭގަނޑާއި ދުވާލު
ހަމަހަމައޭ ބުނާކަށް ނުވާނެ. * ފިރިހެނުންނާއި،
އަންހެނުން ހަމަހަމައޭ ބުނާކަށް ނުވާނެ. *
الله
އާއި،
رَسولއާގެ ބަސްފުޅު ދޮގުކުރާކަށް ނުވާނެ. * އެ ދެފަރާތުގެ ބަސްފުޅު
ދޮގުކޮށްފިއްޔާ އެމީހަކު
مُؤمِن
އަކަށް ނުވާނެ * ދެން އޭރުން ހުރެވޭނީ މައި ތޮށީގެވެސް ބޭރުގައި. |
އާދޭހެވެ! މިޒަމާނުގައި ވެރިކަން ކުރާ އެންމެ ވަރުގަދަ އެއް
نِظام
އަކީ އޮޅުވައިލުމާއި،
ޕްރޮޕަގެންޑާގެ
نِظام
އެވެ.
حقِيقَة
ފޮރުވުމާއި،
ދޮގު ހެދުމުގެ
نِظام
އެވެ. މިބުނާ
نِظام
އަކީ
جُمهورِى
نِظام
ކީއްކުރަންތޯއެވެ. މިޒަމާނުގެ އެއްވަނަ
نِظام
ކަމުގައި ތިޔަ އަޑުއަރުވާ ޑިމޮކްރަސީ (ނުވަތަ ދީން މުގުރާތީ)
އަށްވުރެވެސް
إسلام
دِين
ހަލާކު ކުރުމަށް މާމޮޅު
نِظام
އެކެވެ. މާކާމިޔާބު ނިޒާމެކެވެ.
މިހެން މިދެންނެވީ މިޒަމާނުގައި ދުނިޔޭގެ އެންމެ މަތީ ލީޑަރެއް
ކަމުގައި ގިނަ ބަޔަކު
قَبُول
ކުރާ އެމެރިކާގެ
رئِيس
ވެސް،
ދުނިޔޭގައި އިސްލާމުން އުޅޭ ހުރިހާ ތަނެއްހެން ގާތްގަނޑަކަށް ހަލާކު
ކުރަމުން
عدد
ނުކުރެވޭހާ ގިނަ މުސްލިމުން މަރަމުން،
ގެދޮރުތައް ސުންނާފަތި ކުރަމުންވެސް މިގޮވަނީ
إصلاح
ކުރަނީ ކަމުގައެވެ. ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރަނީ
ކަމުގައެވެ. ކުށެއް ނެތް އެތައް ފުރާނައެއް ދުއްވާލައި،
އެތައް ހާސް އަންހެނުންނެއް ހުވަފަތްކޮށް،
އެތައް ކުޑަކުދިންނެއް
يَتِيم
ކޮށް ހަދަމުންވެސް ހަމަ
إصلاح
ކުރަނީއެވެ. އެފަދަ ބޮޑުކޮށް
حقِيقة
އޮޅުވައިލަމުންވެސް ހަމަ
إصلاح
އެވެ. އޭނާއަށް ތާއީދުކުރާ މީހުންވެސް މަދެއް ނޫނެވެ. ހީވާގޮތުގައި
ހައްތާވެސް ވަނީ ގިނައެވެ.
އެކަމަކު ދަންނަވަންތޯއެވެ؟
އެއީ
إصلاح
ކުރުމެއް ނޫނެވެ. އެބާވަތުގެ އަށް
عمل
ކިޔާނީ
إفساد
އެވެ. ފަސާދަ ކުރުމެވެ.
"وَإِذَا
قِيلَ
لَهُمْ
لا
تُفْسِدُوا
فِي
الأرْضِ
قَالُوا
إِنَّمَا
نَحْنُ
مُصْلِحُونَ.
أَلاَ
إِنَّهُمْ
هُمُ
الْمُفْسِدُونَ
وَلٰكِنْ
لاَ
يَشْعُرُونَ"
(سورة
البقرة:
11, 12)
މާނައީ:
"'ކަލޭމެން
ބިމުގައި ފަސާދަ ނުކުރާށޭ' އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން
ބުނެއެވެ. 'ހަމަކަށަވަރުން އަހުރެމެނީ
إصلاح
ކުރާ މީހުންނެވެ.' ދަންނާށެވެ. ކަނޑައެޅިގެން އެމީހުން އެއީ
ފަސާދަކުރާ މީހުންނެވެ. އަދި އެކަމަކު އެމީހުންނަކަށް އެގޮތެއް
ނޭނގެއެވެ."
މިއެވެ.
މިއީ
حقِيقة
އޮޅުވާލާ މިފަދަ މީހުންނާމެދު
وحِى
ކުރައްވާފައިވާ އެއް ބަސްފުޅެވެ.
مُؤمِنން
ކަމުގައި ހެދިގެން އުޅުނު
مُنافِق
ންނާމެދު ބާވައިލައްވާފައިވާ ބަސްފުޅެކެވެ.
ފިރިހެނުންނާއި،
އަންހެނުން ހަމަހަމައޭ ބުނުމަކީ މިބާވަތުގެ އެންމެ ބޮޑު އެއް
އޮޅުވައިލުމެވެ. އެއްވެސް ކަހަލަ
قَيد
އެއް ނުކޮށް،
އަދި
تفصِيلއެއް
ނުދީ މިދެބައިމީހުން ހަމަހަމަ ކަމުގައި ބުނުމަކީ ޖާހިލުންނަށް
އޮޅުވައިލުމެވެ.
ތަންދޮރު ނޭނގޭ މީހުން މަގުފުރެއްދުމެކެވެ. އަދި އެފަދަ ބަސް
ތެދުކުރާނީ އެއަށްވުރެ ބޮޑު ޖާހިލެކެވެ. އަޅުގަނޑުމެންގެ
މިދިވެހިރާއްޖޭގައިވެސް ހަމަ،
މަތީ އިސްޓޭޖުގައި ތިއްބަވާ އަދިِ
عِلْمِى
ގޮތުން މަތިބޮޑުވެފައި ތިއްބެވި ބޭފުޅުންވެސް މިފަދަ އޮޅުވާލުން
އޮޅުވާލުމަށް މަސައްކަތް ކުރުމީ ކޮންފަދަ ހިތާމަހުރި ކަމެއްތޯއެވެ؟
ފިރިހެނުންނާއި،
އަންހެނުން ހަމަހަމައޭ އެބުނާ ދޮގުބަސް އެއީ
حقِيقة
އަކަށް ހެއްދެވޭތޯ ގޮތްގޮތަށް މަސައްކަތް ކުރައްވާ ކަހަލައެވެ. މިއީ
ދެން ކިހާ ބޮޑުކަމެއް ހެއްޔެވެ؟
މިހެން މިކަން ހުރީތީ އަޅުގަނޑު މި
قصد
ކުރަނީ މިދެފަރާތް،
އާދެ! ފިރިހެނުންނާއި،
އަންހެނުން މިހާ ބޮޑަށް ހަމަހަމަ މިވަނީ ކޮން ގޮތަކުންތޯ
ބަލައިލުމަށެވެ.
އަޅުގަނޑުމެންނީ މާތްވެގެންވާ މުސްލިމުން ކަމުގައި
إِقْرَارُ
ކުރަމުން ދާއިރު،
مسلمން
އެފަރާތަކަށް އަޅުވެތިވެ
سجِدة
ކުރަން ޖެހޭ މަތިވެރި މާތް
اللهގެ
ބަސްފުޅުވެސް ހަމަ އެއްޗަކަށް ނުވަނީތޯއެވެ؟
އަދި މަތިވެރި
الله
ފޮނުއްވި މާތް
رسولގެ
ބަސްފުޅުވެސް ހަމަ ހުވަފެނުގައި ފެންނަ ސައިބޯނި ބޮތްކަކަށް
ހަދަންވީތޯއެވެ؟
އެހެން ނުވާނެއެވެ. އޮޅުވައިލައިގެން ނުވާނެއެވެ. ނޭނގޭ ކަމަށްވެސް
ހަދައިގެން ނުވާނެއެވެ. ފައިސާއާއި،
دُنيوِى
އެހެނިހެން ބޭނުމަކަށް ތިމާގެ އީމާންކަމާއި،
حقّ
ބަސް ވިއްކައިލާކަށް ނުވާނެއެވެ.
قِيامة
ދުވަސް މިހާރު މިއޮއް އައިސް ބަނދަރުޖަހައި،
ނަގިލި ލަނީއެވެ. އެއީ ނައިސް ނުދާނޭ
حقِيقة
އެކެވެ.
"މިތާ ހުއްދަނޫންހައި އެދުންތައް އިނގޭތޯ
އެތާ
ނަރަކަ ވޭނާއި،
ހޫނުގެ އިނގޭތޯ"
އާދެ! މިގޮތުން އަޅުގަނޑު ފުރަތަމަވެސް ދަންނަވާލާ ހިތް ވަނީ
މިދެބައިމީހުންނާމެދު މަތިވެރި މާތް
الله
ބާވައިލައްވާފައިވާ ބަސްފުޅަކަށެވެ. ހަމަހަމަވާ ވަރު
ފެނިވަޑައިގެންފާނެއެވެ. އެއީ މިލިޔުމުގެ ދެވަނަ
فصل
އެވެ. އެ
فصلގެ
موضُوع
އަކީ:
ފިހުރިސްތަށް ދިއުމަށް.
فصل
(2)
ފިރިހެނުންނަކީ އަންހެނުންގެ ވެރިންނެވެ.
މި
موضُوع
ގައި އަޅުގަނޑު މިދަންނަވަނީ ފުރަތަމަވެސް އިންސާނުން ހެއްދެވި،
އާދެ! ހަމަހަމަ ކަމަށް ތިޔަ ވިދާޅުވާ ފިރިހެނުންނާއި،
އަންހެނުން ހެއްދެވި އެމީހުންގެ ސާހިބުވަންތަ މާތް
الله
ހަތްވަނަ އުޑުގެ މަތިން ބާވައިލައްވާފައިވާ ކީރިތި
قُرآنގެ
صرِيح
ބަސްފުޅެކެވެ.
مُحْكم
އާޔަތެކެވެ. އެއީ
سورة
النِّساء
ގެ 34 ވަނަ އާޔަތެވެ:
قال
الله
تعالى:
"الرِّجَالُ
قَوَّامُونَ
عَلَى
النِّسَاءِ
بِمَا
فَضَّلَ
اللهُ
بَعْضَهُمْ
عَلَى
بَعْضٍ
وَبِمَا
أَنْفَقُوا
مِنْ
أَمْوَالِهِمْ
فَالصَّالِحَاتُ
قَانِتَاتٌ
حَافِظَاتٌ
لِلْغَيْبِ
بِمَا
حَفِظَ
اللهُ
وَاللاَّتِي
تَخَافُونَ
نُشُوزَهُنَّ
فَعِظُوهُنَّ
وَاهْجُرُوهُنَّ
فِي
الْمَضَاجِعِ
وَاضْرِبُوهُنَّ
فَإِنْ
أَطَعْنَكُمْ
فَلاَ
تَبْغُوا
عَلَيْهِنَّ
سَبِيلاً
إِنَّ
اللهَ
كَانَ
عَلِيًّا
كَبِيرًا"
މާނައީ: ފިރިހެނުންނަކީ އަންހެނުން (މަގުން ނެއްޓޭހިނދު) ސީދާކޮށް،
ހަމަ މަގަށް އެޅުވުން މަތީ
قائِمވެ
ތިބޭ މީހުންނެވެ. މަގުގެ ރީނދޫ ރޮނގުގެ އެތެރެއަށް އެކަނބަލުން
ލައްވައި،
ސީދާކުރުން މަތީ
قائِمވެ
ތިބެންވާނެ މީހުންނެވެ. އެއީ އެމީހުންކުރެ އެއްބައެއްގެ މައްޗަށް
އަނެއް ބަޔަކު
الله
މާތްކުރެއްވި ކަމަށް ޓަކައެވެ. އަދި އެމީހުންގެ މުދާ ހޭދަކުރާ ކަމަށް
ޓަކައެވެ. (އެބަހީ ފިރިހެނުންގެ މުދަލުން އަންހެނުންނަށް ފިރިހެނުން
ހޭދަކުރުމުގެ ސަބަބުންވެސް އަންހެނުންގެ މައްޗަށް ފިރިހެނުން މާތް
ކުރެއްވިއެވެ.) ފަހެ
صالِح
މާތް އަންހެނުންނަކީ ކިޔަމަންތެރި އަންހެނުންނެވެ. އަދި
ސިއްރުކުރުމަށް
الله
އެކަނބަލުންނަށް އަންގަވާފައިވާ ކަންކަމަށް ފިރިމީހާގެ
غيب
ގައިވެސް ރައްކާތެރިވާ އަންހެނުންނެވެ. އަދި އެއިން ބޭކަނބަލެއްގެ
ނުކިޔަމަންތެރި ކަމާމެދު ކަލޭމެން ފިރިހެނުން ބިރުވެތިވާ
އަންހެނުންނަށް ކަލޭމެން ފިރިހެނުން
نصِيحة
ދީ
وعظ
ދޭށެވެ. އެވަރުން އެކަނބަލުން ކިޔަމަން ނުވެއްޖެއްޔާ އެކަނބަލުންނާ
އެކީ ނުނިދާށެވެ. އެކަނބަލުން ގާތު ރޭ ނުކުރާށެވެ. އަދި އެވަރުންވެސް
އެކަނބަލުން ކިޔަމަން ނުވެއްޖެއްޔާ
زخم
ނުވާ ގޮތަކަށް ކަލޭމެން ފިރިހެނުން އެކަނބަލުންގައި ޖަހާށެވެ.
ދެންފަހެ،
އެކަނބަލުން ކަލޭމެންނަށް ކިޔަމަން ވެއްޖެއްޔާ ދެން ކަލޭމެން
އެކަނބަލުންނަށް ދަތިކޮށް އަދަބުދީ ހަދާނެ ގޮތެއް ނެތެވެ.
ހަމަކަށަވަރުން
اللهއީ
ނުހަނު މަތިވެރިވެ ވޮޑިގެންވާ ހައިބަ
ބޮޑު ކަލާނގެއެވެ. މިއެވެ.
އާދެ! މި ބަރަކާތްތެރި ކީރިތި އާޔަތުގެ ފުރަތަމަ ޖުމްލަ
"الرِّجَالُ
قَوَّامُونَ
عَلَى
النِّسَاءِ"
މިތަންކޮޅު އެކަނިވެސް ތިޔަބޭފުޅުންގެ ތަރުޖަމާއަށް އެދެވެއެވެ.
އިނގިރޭސި ވޮލިއުމްއަކުން ބެއްލެވިޔަސް،
އަދި ދިވެހި ތަރުޖަމާއަކުން ބެއްލެވިޔަސް އަދި ނުވަތަ
عرب
ތަރުޖަމާއަކުން ބެއްލެވި ނަމަވެސް މައްސަލައެއް ނެތެވެ. ދިވެހި
ترجمةގެ
އިތުރުން އަޅުގަނޑު ބަލައިލީ
عرب
ބަހުން ވާ ދެތިން
ترجمة
އެކެވެ. އެއީ އެފަންނުގެ މަތީ
عالِمންގެ
ފޮތްފޮތެވެ. އެތަނުން އެންމެ ފުރަތަމަ
أَبُوْ
جَعْفَرُ
الطَّبرَِى
އެކަލޭގެފާނުގެ
مَشْهُوْرُ
ތަފުސީރު
جاَمِعُ
البَياَن
ގައިވާ އެތަންކޮޅުގެ ދިވެހި ތަރުޖަމާއެވެ.
1.
އެކަލޭގެފާނު ވިދާޅުވިއެވެ. (އޭގެ ތަރުޖަމާ) ފިރިހެނުންނަކީ
އަންހެނުން އަދަބުވެރި ކުރުމުގައްޔާއި،
އަންހެނުން ވިޔާނުދާ ކަންތައްތައް ކުރިޔަ ނުދީ އެކަނބަލުންގެ
އަތްތަކުގައި ހިފެހެއްޓުން މަތީ
قائِمވެ
ތިބޭނޭ މީހުންނެވެ. އެއީ
الله
تعالَىގެ
ރަސްކަންފުޅަށްޓަކައި އަދި ފިރިންގެ
حقّ
ގައި އެކަނބަލުން އަދާކުރަންޖެހޭ ކަންތައްތައް އަދާކުރުމުގައެވެ.
މިއެވެ.
·
إبن
عبّاس
رَضِيَ
اللهُ
عَنْهُماގެ
އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައި ވަނީ ފިރިހެނުންނަކީ
الله
އަށް
ކިޔަމަންތެރި ވުމަށާއި،
އަދި ފިރިންނަށް ކިޔަމަންތެރި ވުމަށް އަންހެނުންނަށް އެކަލާނގެ
އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމަށް އެކަނބަލުންނަށް
އަމުރުކުރާ އަމުރުވެރީންނެވެ. އެކަނބަލުންގެ ފިރިންނަށް
إحسان
ތެރި ވުމަށާއި،
އޭނާގެ މުދަލުގެ މައްޗަށް ރައްކާތެރި ވުމަށާއިއެވެ. އަދި ފިރިން
އެމީހުންގެ މުދަލުން އެކަނބަލުންނަށް ހޭދަކޮށް ހަދާ ކަމަށްޓަކައި،
އެކަނބަލުންގެ މައްޗަށް ފިރިންނަށް ޓަކައި ވާ މާތްކަމެއް ވެއެވެ.
މިއެވެ.
2.
تَفسيرُ قُرطُبِى
: އެ
تفسير
ގައި ވާ އެ
عِبارة
ގެ މާނައީ: ފިރިހެނުންނަކީ އަންހެނުން ސީދާކުރުން މަތީ
قائِمވެ
ތިބޭ މީހުންނެވެ. އެއީ އަންނަނިވި ދާއިރާގައެވެ. އެކަނބަލުން
އަދަބުވެރި ކުރުވުމާއި،
އެކަނބަލުން ބޭރަށް ނުކުމެ މަގުމަތީ ހޭވިއުޅުން މަނާކުރުމާއި،
އެކަނބަލުން ގޭގައި ބެއިތިއްބުމާއި،
މިފަދަ ކަންކަމުގައި
قائِمވެ
ތިބޭ މީހުންނެވެ.
3.
تَفْسِيْرُ ابْنِ كَثِِيْر
ގައި: އެ
عِبارة
ގެ
ترجمة
އަކީ: ފިރިހެނުންނަކީ އަންހެނުންގެ
رئِيس
އެވެ. އަދި އޭނާގެ ބޮޑުމީހާއެވެ. އަދި އޭނާގެ
حاكِم
އެވެ. އެކަނބަލުން މަގުން ނެއްޓި ކަސިޔާރު ވެއްޖެނަމަ އެކަނބަލުން
ސީދާކޮށް،
މަގަށް އަޅުވައި،
އަދި އަދަބުވެރި ކުރުވާ މީހާއެވެ. އެހެނީ ފިރިހެނުން
އަންހެނުންނަށްވުރެ މާތްވެގެން ވެއެވެ. ފިރިހެނުން
އަންހެނުންނަށްވުރެ މާހެޔޮވެގެން ވެއެވެ. އެހެންވެ
نبِى
ކަން ފިރިހެނުންނަށް
خاصّ
ވެގެން ވެއެވެ. އަދި ތަނުގެ ބޮޑު ވެރިކަންވެސް (އެބަހީ
رئِيس
ކަން)
خاصّ
ވެގެން ވަނީ ފިރިހެނުންނަށެވެ.
އެއީ
رسول الله صلى الله عليه وسلمގެ
މިއަންނަ ބަސްފުޅަށްޓަކައެވެ.
"لَنْ يُفْلِحُ قَوْمٌ وَلَّوْا أَمْرَهُمْ إمْرَأَةٌ"
މިއެވެ.
(رواه
البُخارِى
7099 -
مِنْ حَدِيْثِ عَبْدِالرَّحْمنِ ابْنِ أَبِى بَكْر عَنْ أبِيْهِ) =
މާނައީ:
"އެބައެއްގެ
އަމުރުވެރިކަމަށް އަންހެނަކު ވެރިކޮށްފި އެއްވެސް ބައެއް ކާމިޔާބު
ނުވާނެއެވެ. މިއެވެ.
4.
ދިވެހި
ترجمة
ގައި އޮތް
عِبارة
އަކީ: ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ
ބެލެހެއްޓުމުގައި ގާއިމުވެ ތިބޭ މީހުންނެވެ. މިއެވެ.
ޝައްކެއްވެސް ނެތެވެ. އިސްވެދިޔަ ކީރިތި އާޔަތުގެ މާނަޔާއި،
އަދި އާޔަތުގެ ފުރަތަމަ ޖުމުލަޔާ
މެދު ބައެއް
مُفسِّرން
ވިދާޅުވި ބަސްފުޅުތަކުގެ ތަރުޖަމާ މިބަޔާންވެ ދިޔައީއެވެ. މި
معلُومات
ތަކަށް ބަލާއިރު،
ފިރިހެނުންނާއި،
އަންހެނުން ހަމަހަމަ ވާނެޔޭ ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި
ކިޔެއް ހެއްޔެވެ؟
ފިރިހެނުންނަކީ އަންހެނުންގެ ވެރިންނެވެ. އަންހެނުންނަކީ
ފިރިހެނުންގެ އަމުރުގެ ދަށުގައި،
އަދި ފިރިހެނުންގެ އަމުރަށް ކިޔަމަން ވާންޖެހޭނެ ބައެކެވެ. އެއީ
اللهގެ
އަމުރުފުޅެވެ.
قانُون
އަކުން އަދި
إعلان
އަކުން މިއަމުރުފުޅު ބަދަލު ނުކުރެވޭނެއެވެ. މިހެން ވީއިރު،
މިދެބައިމީހުން ހަމަހަމަ ކަމުގައި ބުނާ ބުނުމަކީ
اللهގެ
ބަސްފުޅު ދޮގުކުރުމެވެ. އެހެން އެބުނާ މީހުންނަކީ
حقِيقة
އޮޅުވާލާ މީހުންނެވެ. ދޮގުވެރީންނެވެ. އިސްވެ ދިޔަ އާޔަތުގެ
صرِيح
نصّން
އެކަނިވެސް އެކަން ސާބިތު ވެއެވެ. މިހެނީ އަނބިމީހާ ނުކިޔަމަންތެރިވެ
ބަސް ނުއެހީމާ އޭނާއަށް ނަސޭހަތާއި،
وعظ
ދިނުމަށް އެއަންގަވަނީ ފިރިހެނުންނަށެވެ.
نَصِيحَة
ދީ،
ބަސް ނުއެހިނަމަ ދެން އެއަންގަވަނީ އަނބިމީހާ ގާތު ރޭ ނުކުރުމަށެވެ.
އެވަގުތުވެސް،
ފިރިހެނުން އޭނާގެ ދެވަނަ އަނތްބެއް ހޯދައިގެން އެ
حلال
އަނބިމީހާ ގާތު ރޭކުރުމާއި،
އޭނާގެ ފަރާތުން އަރާމު ލިބިގަތުމުގެ މިނިވަންކަން ފިރިހެނުންނަށް
الله
ދެއްވާފައި ވެއެވެ. ނަމަވެސް ބަސް ނުއެހި އަނބިމީހާއަކަށް އެހެން
حلال
ފިރިއެއް ނުވެއެވެ. މިކަމަކީވެސް ފިރިހެނުންނަށް
الله
ދެއްވާފައިވާ މަތިވެރި ދަރަޖައެކެވެ.
*
تنبِيه:
الله سُبْحانه و تعالَى
ފިރިހެނުން ދެވަނަ،
ތިންވަނަ އަދި ހަތަރުވަނަ އަންހެނަކާ އިނުމުގެ ހުއްދަ ދެއްވާފައި ވާ
މަތިވެރި
إِلهِى حِكْمَةُގެ
ބައެއް އުސްއަލި،
މިފަދަ ކަންކަމުންވެސް ރަނގަޅަށް ހާމަވެއެވެ. އެހެނީ ތިމާ އިނދެގެން
އުޅޭ އެންމެ އަނބިމީހާ ބަސްނުއެހީމާ އޭނާ ގާތު ފިރިމީހާ ރޭނުކޮށް
އޭނާގެ ފަރާތުން އަރާމު ލިބިގަތުން ނެތީމާ ފިރިހެނާއަށް މަޖުބޫރުވާނީ
ބަސް ނުއެހި އަނބިމީހާ އެ
حال
ގައިވެސް ގެނެސް ގާތްކުރާށެވެ. އަދި އެހެންވުމަކީ އަންހެނާގެ ބަސް
ނުއެހުން އިތުރުވާ ކަމެކެވެ. ދެވަނަ އެހެން އަނތްބެއް އޮތްނަމަ
އެހެން ނުވާނެއެވެ.
"فاعتبِرُوا ياأُولِى الأبصار"
ދެންފަހެ،
ތިންވަނަ އަމުރަކަށް އާޔަތުގައި އެވަނީ ބަސްނުއެހި އަނބިމީހާ ގައިގާ
ފިރިހެނުންގެ އަތުން ޖެހުމެވެ. އަނބިމީހާ ފިރިމީހާގެ ގައިގާ ޖެހުމެއް
ނެތެވެ. މިކަންކަން މިހެން ހުރިއިރުވެސް ހަމަ ދެފަރާތް ހަމަހަމައީ
ތޯއެވެ؟
އެހެން ކަމަށް ވަންޏާ އަލިފާނާ ފެނާވެސް ހަމަހަމައޭ ބުނަން
ކަމުދާނެއެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(3)
އަންހެނުންނަށް
رسُول
ކަން ނުދެއްވައި!
އިންސާނުންނާއި
الله تعالى حَوَالُ
ކުރައްވާ އެންމެ މާތް އެންމެ
شَرَفُ
ވެރި
مَقَامُ
އަކީ
نَبِى
ކަމާއި،
رسُول
ކަމެވެ. އިންސާނުންގެ މުޅި ސީރަތަށް ބަލާއިރު،
އެއްވެސް ޒަމާނެއްގައި އެއްވެސް ތާކަށް
رسُول
ކަމައިގެން އަންހެނަކު ނުފޮނުއްވައެވެ. އެކަމުގެ ތެދު
حقِيقة
ކީރިތި
قُرانގެ
صرِيح عِبارة
ން ފެންނާން އެބައޮތެވެ.
الله تعالى وحِى
ކުރެއްވިއެވެ.
"وَمَا أَرْسَلْنَا مِنْ قَبْلِكَ إِلاَّ رِجَالاً نُوحِي
إِلَيْهِمْ مِنْ أَهْلِ الْقُرَى.....
"
{سورة
يُوسُف:
109}
މާނައީ،
އޭ
رسُول الله
އެވެ. ރަށްރަށުގެ
أهل
ވެރިންގެ ތެރެއިން ހަމަ ސީދާ ފިރިހެނުން މެނުވީ ކަލޭގެފާނުގެ
ކުރިންވެސް
رسُول
ކަމައިގެން ތިމަން ރަސްކަލާނގެ އެމީހުންގެ ތެރެއަށް ނުފޮނުއްވަމެވެ.
އެ ބޭކަލުންނަށް ތިމަން ރަސްކަލާނގެ
وحِى
ބާވައިލައްވަމެވެ. މިއެވެ.
މި އާޔަތުގެ
تفسِير
ގައި
إبن كثِير رحِمه الله
ބަޔާން ދިގުކުރައްވާފައި ވެއެވެ. އޭގެ
خُلاصة
އަކީ
الله
تعالَى خبر
ދެއްވަނީ އެކަލާނގެ
رسُول
ކަމައިގެން ފޮނުއްވީ އިންސާނުންގެ ތެރެއިން ހަމައެކަނި
ފިރިހެނުންނެވެ. އަންހެނުންގެ ތެރެއަކުން ނޫނެވެ. މިއެވެ.
އަދި އެހެން އާޔަތެއްގައި
وَحِى
ކުރައްވާފައި ވެއެވެ.
"وَمَا أَرْسَلْنَا قَبْلَكَ إِلا رِجَالا نُوحِي إِلَيْهِمْ
فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ"
(سورة الأنبياء:
7)
މާނައީ (އޭ
رَسُولُ اللهِ
އެވެ.) އެބައިމީހުންނަށް ތިމަން ރަސްކަލާނގެ
وَحِى
ބާވައިލައްވާފައިވާ ފިރިހެނުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް
ތިމަން ރަސްކަލާނގެ
رَسُولُ
ކަމައިގެން ނުފޮނުއްވަމެވެ. ފަހެ ކަލޭމެންނަށް ނޭނގެންޏާ އެކަމުގެ
أهل
ވެރި
عِلم
ވެރިންކުރެން ނިކަން އަހައިބަލާށެވެ. މިއެވެ.
·
إسلامންގެ
خلِيفة
ކަމެއް އަދި ރަސްކަމެއްވެސް އަންހެނަކަށް ނުދެއްވައި:
ފަހެ
نَبِى
ކަމާއި
رَسُولُ
ކަމުގައި އަންހެނުންނަށް
مقام
ނެތްކަން
قرانގެ
صَرِيح عبارةން
ރަނގަޅަށް ސާބިތުވެއްޖެއެވެ. މިކަން މިހެން އޮތުމުގެ ސަބަބުން
އިސްލާމް ދީނުގެ ހެޔޮ
قَرْنُ
ތަކުގައި (ދީނުގެ ރަންޒަމާނުގައި)
حَقِيقِى إسلام دين
ދުނިޔޭގައި ވެރިކަން ކުރި ދުވަސްވަރު އަދި
إسلامى خِلافَةގެ
ޒަމާނުގައިވެސް
خلِيفة
އެއްގެ
مقام
އަދި ރަސްކަލެއްގެ
أمير
ކަމެއްގެ މަގާމުގައި އަންހެނަކުގެ ނަން ކިޔޭ އަޑު އިވިފައެއް
ނުވެއެވެ. تاريخ
ކީއްކުރަންތޯއެވެ؟
سيرة
ފޮތެއްގައިވެސް
صحّ
މަގުން ލިޔެވިގެން ނުވެއެވެ. އޭރު ތިއްބެވި
علم
ވެރިންނާއި،
مُفتِي
އިން ކީރިތި
قرانގެ
އާޔަތްތަކަށާއި، އަދި ކީރިތި رَسُولއާގެ
ބަސްފުޅާއި،
عمل
ފުޅުތަކަށް ބައްލަވައި
خلِيفة
ކަމެއްވެސް، ރަސްކަމެއްވެސް އަދި
أمير
ކަމެއްވެސް އެއިން ބޭކަނބަލަކަށް ދެއްވިކަން އެނގޭކަށް ނެތެވެ.
އެބޭކަލުންނަށްވެސް ކީރިތި
قرءانގެ
އާޔަތްތަކުގެ މާނަޔާއި، އަދި މާތް
سُنّة
ގެ
مُراد
އެނގިވަޑައިގަންނަވާ ކަމާއި، އަދި އެބޭކަލުން، އާދެ! މާތްވެގެންވާ
أصحاب
ބޭކަލުންގެ
عمل
ފުޅުތަކަށް
الله
ރުހިވޮޑިގެން ވާކަން އެތައް ގޮތަކުން އެނގެން އެބައޮތެވެ.
"رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ" (التوبة:
100).
މިބަސްފުޅު އެބޭކަލުންގެ
حقّ
ގައި
الله وَحِى
ކުރައްވާފައި ވެއެވެ. އެބަހީ
الله
އެބޭކަލުންނަށް ރުހިވޮޑިގަންނަވައިފިއެވެ. އަދި އެބޭކަލުންވެސް
الله
އާމެދު ރުހިގެން ވެއެވެ. މިއެވެ. އަޅުގަނޑުމެންގެ މިދުވަސްވަރު ގިނަ
عَدَدއެއްގެ
ކަރުދާސްތަކެއް ހިއްޕަވައިގެން ތިއްބެވި
عالِمން
ދަންނަ ވަރަށް، އެބޭކަލުންނަށް އެނގިވަޑައިނުގެންނެވި ނަމަވެސް
އެބޭކަލުން އެތިއްބެވީ
مَقْصَد حاصِل
ކުރައްވައިގެންނެވެ. އެއީ
اللهގެ
ރުހިވޮޑިގަތުމެވެ.
إسلامންގެ
عَملގެ
ގޯލަކީ، ލަނޑުދަނޑިއަކީ އެއީއެވެ.
އާދެ!
رسول الله
صلى الله عليه وسلمގެ
ބަސްފުޅު
"لَن يُفْلِحَ قَوْمٌ وَلَّوْا أَمْرَهُم إمْرَأَةٌ"
މިބަސްފުޅު
دَلِيْل
ކުރާގޮތުން ފިރިހެނުންނަށް އަމުރުވެވޭ ފަދަ ކަންކަމުގައި އަންހެނުން
އިސްކުރުމީ
رسول الله
صلى الله عليه وسلم،
ރުހިވަޑައި ނުގަންނަވާ ކަމެކެވެ. މިހެންވެ އެކަލޭގެފާނުގެ
حَياة
ޕުޅުގައިވެސް
އެއްވެސް ކަމެއްގައި ފިރިހެނުންގެ މައްޗަށް އަންހެނުން
އިސްނުކުރައްވައެވެ. އެއްވެސް ތަނެއްގެ
أمير
އަކަށް، އަތޮޅުވެރިޔަކަށް އަންހެނަކު ނުފޮނުއްވައެވެ. އެއްވެސް
ހަނގުރާމައެއްގެ ދިދަވެސް އެއިން ބޭކަނބަލަކަށް ނުދެއްވައެވެ.
رسول الله
صلى الله عليه وسلمގެ
އާލާސްކަންފުޅު ބޮޑުވެގެން ނަމާދުފުޅަށް ނިކުމެވަޑައި ނުގެންނެވޭވަރު
ވުމުންވެސް އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ އަނބިކަނބަލުން
ކަމުގައިވާ
عائِشَة
رَضِيَ الله عنها
ވެސް މީސްތަކުންނާއިގެން
إمامވެ
ނަމާދުކުރެއްވުމަށް ނުފޮނުއްވައެވެ. އަދި އެކަލޭގެފާނު ލޯބިފުޅުވާ
ދަރިކަނބަލުން
فاطمة
ގެފާނުވެސް ފޮނުއްވީއެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟
إمامވެ
ނަމާދުކުރުމަށް ފޮނުއްވީ
أبو بكرالصَِدَِيق رَضِيَ اللهُ عَنْه
އެވެ. މިކަންކަމީ އެންމެން ދަންނަ
حقِيقة
ތަކެކެވެ.
އާދެ! މިގޮތަށް މިކަންކަން
ހަމަޖެއްސެވީ ދެދުނިޔެއަށް ކައުކުރެއްވުނު މި
أمّةގެ މާތް
نبىއާއެވެ.
އެކަލޭގެފާނަށްފަހު އެކަލޭގެފާނާ
تَبع ވެވަޑައިގެން
ތިއްބެވި މާތް
أصحابންވެސް ކަންތައް
ކުރެއްވީ ހަމަ އެފަދައިންނެވެ. މިދެންނެވި މާތް ސާހިބުންވެސް
އަންހެނުންނަށް ހަމަ އެމީހުންގެ
حقّ مقام
ނުދެއްވީތޯއެވެ؟ އެބޭބޭކަލުންނީ އެންމެ މާތް
قَرْنގައި އުޅުއްވި
ރަން މެޑެލްގެ
أهل ވެރިންނެވެ.
މިބޭބޭކަލުންނީ ދީނުގެ
نظرގައި ސަތޭކަ
نَمبر ލިބިވަޑައިގެން
تَوْبَة ސޫރަތުގެ
ސަތޭކަވަނަ އާޔަތުގައި
الله تعالى
އެބޭކަލުންނަށް ރުހިވޮޑިގެން ވާކަން އަންގަވައި، އަދި އެބޭކަލުންވެސް
އެކަލާނގެއަށް ރުހިގެން ވާކަން އެންގެވި ބޭކަލުންނެވެ. އަދި
ބޮޑުވެގެންވާ ނަސީބަކީ އެއީކަންވެސް އެންގެވިއެވެ. މިފަދަ މާތް
ބޭކަލުންވެސް އަންހެން ކުދިންގެ
حقّ އެކުދިންނަށް
އަދާ ނުކޮށްދެއްވީތޯއެވެ؟ އަޅުގަނޑުމެންގެ މިޒަމާނުގެ
عِلمވެރިން
ހޭބޯނާރައި މަސައްކަތް ކުރަނީ އެކުދިންގެ
حقّ
އަދާ
ނުކުރެވިގެންނެވެ. އެކުރައްވާ މަސައްކަތް ގަދަ ކަމުން،
ފިރިހެނުންނާ އެއް ސަފަށް
عَمَلِي
މައިދާނުގައި އަންހެނުން
ރޯބަރަހަނާކޮށް ނެރެވިއްޖެއެވެ. ބުރުގާ ފޮތިކޮޅެއް އެޅި ކުއްޖަކުވެސް
އެފޮތިކޮޅު އަޅާފައިވަނީ އެކުއްޖަކު މަސައްކަތް ކުރާ އިދާރާއެއްގެ
قَواعِد އާއި
އިދިކޮޅަށެވެ. ދެޖިންސު ހަމަހަމަ ވެގެން މިއޮއްދަނީ އިބްލީހާއި،
އޭނާގެ އެކުވެރީން ޕާޓީ ހަދާހާވެސް ފެންވަރަށެވެ.
خَبر ފަތުރާ
ވަސީލަތްތަކުން ވެސް މިދެބައިމީހުން ހަމަހަމަ ކަމުގައި ގޮވައި،
ފިރިހެން އަތޮޅުވެރީންނާއި، އަންހެން އަތޮޅުވެރީންނެވެ. މައްސަލައަކީ
ދެބައިމީހުންނަށް ދެނަން ކިޔާތީއެވެ. ކަތްދާ ކިޔާ މީހުންނަށް
يُوسف ނުވަތަ ދަލޭކާ
ކިޔާ މީހުންނަށް
سُلَيمان ނުކިޔާންވީ
ކީއްވެ ބާވައެވެ؟! ކޮންމެއަކަސް، އެޒަމާނުގެ
مَسْئُولވެރިންނާއި،
މިހާރުގެ
مَسْئُولވެރިންނާ
ދެމެދު
فَرَق އެބހުއްޓެވެ.
މިތަނުން ބޮޑަށް ވިސްނިފައި، އަންހެނުންގެ
حقّ ތަކަށް ބޮޑަށް
ރައްކާތެރިވީ ކޮން ބައެއް ބާވައެވެ؟ އެކަމަކު، ކުރީގެ މީހުންނަށް
اللهގެ
ރުހިވޮޑިގަތުން އޮތްކަން އެނގެން އެބައޮތެވެ.
"فاعتبِرُوا يا أُولِى الأبصار"
إسلامންގެ
މާތް
نَبِىއާގެ
أصُول
ތަކާއި،
أُسْوة
حَسَنَةގެ
މާތް ނަމޫނާ ފައިދަށަށް އެއްލާލައިފައި، ކާފަރުންނާއި،
دِينގެ
عَداوة
ތެރިންގެ
أصُول
ތަކާއި، ގޮތްތަކަށް މީސްތަކުން އެއްކޮށް ލަންބާފައި، އަދި ބާކީ ތިބި
ކުޑަކުދިން އެފަދަ ނުބައި ގޮތްގޮތަށް ހާނުވައި
تربِية
ކުރަމުންވެސް،
إسلامން
ކާފަރުންގެ ދަށުވެފައިވާތީ
عَجائِب
ވާންވީ ހެއްޔެވެ؟ މިކަމުގައިވެސް
مَسْئُولވާ
ބަޔަކު ތިބޭން ވާނެއެވެ. އެއީ ތަނުގައި ތިބި ނަގާކިޔާ މީހުން
ނޫންބާވައެވެ؟
ފިހުރިސްތަށް ދިއުމަށް.
فصل
(4)
ފިރިހެނުންނަށްވުރެ އަންހެނުން ދެގޮތުން އުނިވާނެ!
ފިރިހެނުންނަށްވުރެ އަންހެނުން ދެގޮތުން އުނިވާނޭ ކަމުގައި
رسول الله صلى الله عليه وسلم,
صَرِيح
ކޮށް
حَدِيث
ކުރައްވާފައި ވެއެވެ. އަންހެނުންނާއި، ފިރިހެނުން ހަމަހަމަ
ވާކަމުގައި އަޅުގަނޑުމެން އަޑުއަރުވަމުން ދާއިރު، މިމާތްވެގެންވާ
إسلام
ދީނާއިގެން ވަޑައިގެންނެވި މާތް
رسولއާގެ
ބަސްފުޅު ދެނެގަތުން ކޮންމެހެން ބޭނުންވާނެއެވެ. އެހެނީ އެކަލޭގެފާނު
ކަމަކަށް
حُكم
ކުރައްވައި، ގޮތެއް ނިންމަވާފައި ވާނަމަ ދެން
مُؤْمِن
ފިރިހެނަކަށްވެސް އަދި
مُؤْمِن
އަންހެނަކަށްވެސް އެޔާމެދު، ނުވަތަ އެ
حُكم
އަކާމެދު ގޮތްކިޔައި، ފާޑުކިއުން ހުއްދަ ނުވާނެއެވެ. އެއީ
اللهގެ
أمر
ފުޅެވެ. މިހެންވީއިރު މި
مَوضُوع
ގައި މިވަނީ އެކަލޭގެފާނުގެ ބަސްފުޅާއި،
حُكمފުޅު ލިބިފައެވެ. ވިދާޅުވަމާ ހިންގަވާށެވެ.
أبُو سَعِيدُ الخُدْرِى رَضِيَ اللهُ عَنْهގެ
އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"خَرَجَ رَسُولُ الله, فِى أَضْحَى- أَوْ فِى فِطْر- إلَى
المُصَلَّى فَمَرَّ عَلَى النِّساءِ وَقالَ: يا مَعْشَرَالنِّسَاءِ
تَصَدَّقْنَ فَإِنِّى أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ
فَقُلْنَ وَبِمَ يارَسُولَ اللهِ؟ قال: تَكْثرْنَ اللَّعْنَ
وَتَكْفُرْنَ الْعَشِيْرَ ما رَأَيْتُ مِن ناقِصاتِ عَقْلٍ وَدِينٍ
أَذْهَبَ اللُّبِّ الرَّجُلِ الْحازِمِ مِن إحْداكُنَّ – قُلْنَ:
مانُقْصانُ دِيْنِناوَ عَقْلِنا يا رَسُولَ اللهِ؟ قال: أَلَيْسَ
شَهادَة ُالْمَرْأَةِ نِصْفُ شَهادَةُالرَّجُلِ؟ قُلْنَ: بَلَى, قال:
فَذالِكَ مِن نُقْصانِ عَقْلِها. أَلَيْسَ إذا حاضَتْ لَمْ تُصَلِّ
وَلَمْ تَصُمْ – قُلْنَ بَلَى. قال: فَذالِكَ مِن نُقْصانِ دِيْنِها"
(صَحِيحُ البُخارى
304 ވަނަ
حَدِيث).
މާނައީ:
أَضْحَى عِيد
ދުވަހު ނުވަތަ
فِطْر عِيد
ދުވަހު
رسول الله صلى الله عليه وسلم، عِيد
ނަމާދުކުރައްވާ ތަނަށް ނުކުމެވަޑައިގެންނެވިއެވެ. (ދެން ނަމާދުފުޅު
ކުރެއްވުމަށް ފަހު) އަންހެނުންތައް ތިބި ތަނަށް ވަޑައިގެންނެވިއެވެ.
އަދި
حَدِيث
ކުރެއްވިއެވެ. އޭ، އަންހެނުންގެ
جَماعةގެ މީހުންނޭވެ. ތިޔަކަނބަލުން
صَدَقة
ދެއްވާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ދެއްކެވުނީ
ނަރަކައިގެ ގިނަ މީހުންނަކީ އަންހެނުން ކަމުގައެވެ. އެކަނބަލުން
ދެންނެވިއެވެ. އޭ
رسول الله
އެވެ. އެއީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު
حَدِيث
ކުރެއްވިއެވެ. ތިޔަކަނބަލުން
لَعْنَة
ގިނަކުރަނީއެވެ.
شَكْوَىތައް ގިނައީއެވެ. އަދި ފިރިމީހާއަށް ކާފަރުވަނީއެވެ. އަދި
ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ހިފެހެއްޓުންތެރި، ބުއްދިވެރި
ފިރިހެނުންގެ ސަލާމަތް ބުއްދިވެސް ތިޔައިން ބައެއް ބޭކަނބަލުންގެ
ސަބަބުން ދުއްވާލާ ތަނެވެ. (އެއީ ތިޔަ ކަނބަލުންގެ
شَكْوَىތައް ގިނަވެފައި، ބޭނުންތައް ގިނަވުމުގެ ސަބަބުންނެވެ.) އެކަނބަލުން
ދެންނެވިއެވެ. އޭ
رسول الله
އެވެ. އަޅުގަނޑުމެންގެ
دِينއާއި، ބުއްދީގެ އުނިކަމަކީ ކޮބައިތޯއެވެ؟
އެކަލޭގެފާނު
حَدِيث
ކުރެއްވިއެވެ. އަޅެފަހެ އަންހެނުންގެ ހެކިބަހަކީ ފިރިހެނުންގެ
ދެބައިކުޅަ އެއްބައި ކަމުގައި ނުވޭ ހެއްޔެވެ؟ އެކަނބަލުން
ދެންނެވިއެވެ. އާދޭހެވެ! ތިޔަހެންނެވެ. އެކަލޭގެފާނު
حَدِيث
ކުރެއްވިއެވެ. އެއީ އެކަނބަލުންގެ ބުއްދީގެ އުނިކަމެވެ. އަދި
އަންހެނާ
حَيْض
ވެގެންވާހިނދު އެކަނބަލުން ނަމާދުނުކުރާ ކަމުގައި، އަދި ރޯދަނުހިފާ
ކަމުގައި ނުވޭ ހެއްޔެވެ؟ އެބަހީ އެކަމުގެ ދުވަސްވަރު ނަމާދުކޮށް
ރޯދަހިފާ ނުހަދާނެއެވެ. އެއީ ހުއްދަކަމެއް ނޫނެވެ. އެކަނބަލުން
ދެންނެވިއެވެ. އާދޭހެވެ. ތިޔައީ ތެދުފުޅެވެ. އެކަލޭގެފާނު
حَدِيث
ކުރެއްވިއެވެ. އެއީ އެކަނބަލުންގެ
دِينގެ
ގޮތުން އުނިކަމެވެ. މިއެވެ.
ދަންނައެވެ. އަންހެނުން ބުއްދީގެ ގޮތުން އުނިކަމުގައި އެވިދާޅުވި
ގޮތުގެ ފުރިހަމަ
تَفصِيل
ކީރިތި
قُرْآن
ގައިވާ އެންމެ ދިގު އާޔަތުގެ މެދަކާ ހިސާބުގައި އޮތް ބަސްފުޅުގައި
ވެއެވެ. އެއީ ވަކި މުއްދަތަކަށް ދަރަނީގެ އެގްރީމެންޓް ލިޔާއިރު
ހެކިކުރުމުގެ މައްސަލާގައެވެ. އެއީ
بَقَرَة
ސޫރަތުގެ 282 ވަނަ އާޔަތުގެ
"وَاسْتَشْهِدُوا
شَهِيدَيْنِ مِنْ رِجَالِكُمْ فَإِنْ لَمْ يَكُونَا رَجُلَيْنِ
فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ
تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الأخْرَى"
މި
عِبارة
ތަކެވެ. މިތާނގެ މާނައީ، ދެންފަހެ ކަލޭމެންގެ ފިރިހެނުން ކުރެ
ދެމީހުން އެކަމުގައި ހެކިކުރުވާށެވެ. ފަހެ ދެ ފިރިހެނުން ނެތީވިއްޔާ
އެއް ފިރިހެނަކާ ހެކީންގެ ތެރެއިން ތިޔަބައިމީހުން ރުހޭ ދެ
އަންހެނުންނެވެ. އެއީ އެދެ އަންހެނުން ކުރެ އެކަކު (ހެކި ދޭންވީ
ވަގުތު ހެކި ދޭންވީ ގޮތް) ހަނދާން ނެތިއްޖެނަމަ އަނެކަކަށް ހަނދުމަ
ކޮށްދިނުމަށެވެ. މިއެވެ.
* އެކަނބަލުންގެ
دِينގެ
ގޮތުން އުނިކަމޭ ވިދާޅުވި މައްސަލައަކީ ހުރިހާ އަންހެނުން ތެރޭގައި
مَشْهُور
ކަމެކެވެ. އެއީ
حَيض
ވުމެވެ. އެދުވަސްވަރު އެކަނބަލުން ނަމާދުކޮށް ރޯދަހިފާ އަދި
جِماع
ވެ ނުހަދާނެއެވެ. ހުއްދަ ނުވާނެއެވެ. އެކަމަކު ފިރިހެނުން އެމީހުންގެ
އެދުވަސްވަރުވެސް ނަމާދުކޮށް ރޯދަހިފާނެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް، ހަމަ އަންހެނުންނާއި،
ފިރިހެނުން ހަމަހަމައީ ތޯއެވެ؟ ތެދުވެރި މާތް ރަސޫލާގެ މާތް ކީރިތި
ދޫފުޅުން، ފިރިހެނުންނަށްވުރެ އަންހެނުން ދެގޮތުން އުނިވާނޭ ވާހަކަ
ވިދާޅުވީމާ އަދި އެކަމުގެ
تَفصِيل
ވެސް ދެއްވީމާ ދެންވެސް އެދެފަރާތް ހަމަހަމަ ކަމުގައި ބުނަން
ކެރެންވާނެ ދުލެއް ނުވަތަ އަނގައެއް
إسلامންގެ
ތެރޭގައި އޮންނަން ވާނެ ހެއްޔެވެ؟ އެހެން ބުނެފި މީހެއްގެ
إيمان
ކަން އަމަށުން އޮންނާނެ ބާވައެވެ؟ ނޯންނާނެއެވެ.
اللهގެ
ކީރިތި ފޮތުގައްޔާއި، އަދި މާތް
رَسُول
الله
صلى الله عليه وسلمގެ
ބަސްފުޅުން މިހާ ސާފުކޮށް
بَيان
ކުރައްވާފައި ވާއިރު އެއްވެސް
تَفصِيل
އެއް ނެތި މިދެ
جِنس
ހަމަހަމައޭ
إسلام
އަކު ބުނާކަށް ނުވާނެއެވެ. ކާފަރުންނާއި،
غَير
مُسلِمންނަކަށް
އެއީ މައްސަލައެއް ނޫނެވެ. އެގޮތަކީ އެމީހުން އެތިބީ އެއަށްވުރެ
މާބޮޑު ދޮގެއް ހަދައިފައެވެ.
الله
އަށް
شَرِيكން
ވާކަމުގައި ބުނެ އެގޮތަށް ނިންމައިގެންނެވެ. އަދި އަޅުގަނޑުގެ
މިވާހަކަތަކަކީ
مُسلِمން
ނޫން މީހުންނާ ބެހޭ ވާހަކައެއް ނޫނެވެ. ނަމަވެސް މިއީ
مُسلِمންނޭ
ބުނާ މީހުންނަށް ހަމައެކަނި ލިޔެވޭ ލިޔުންކޮޅެކެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(5)
ދިރިއުޅުމުގެ މަސައްކަތްކުރަން ފިރިހެނުންނަށް ވަކި މައިދާނެއް.
އަންހެނުންނަށް ވަކި މައިދާނެއް.
إسلام
دِين
އައުމުގެ ކުރިން
جاهِلِيّة
ޒަމާނުގައި އަންހެނުންނަކީ އެއްވެސް
كَرامة
އެއް، އެއްވެސް އަގެއް ނެތް، އަދި އެމީހުންގެ އެއްވެސް
كِيَانُ
އެއް ނެތް ދެރަ، ނިކަމެތި ބަޔަކު ކަމުގައި ވެގެން ވިއެވެ. އެމީހުންގެ
عِفَّة
ތެރިކަމާއި،
عِزّة
النّفس
އަކީ ފިރިހެނުންގެ އަމިއްލަ އެދުން ކަމުގައި އޮތީ ވެފައެވެ. ވިޔަފާރި
މުދަލުގެ ގޮތުގައި ބާޒާރަށްވެސް ހުށަހެޅެމުން، ގަނެވި، ވިކެވެމުން
ދިޔައެވެ. ދެރަކަމާއި، ނިކަމެތިކަމުގެ ކޮޅެއް އެކަނބަލުންނަކަށް
ނުވެއެވެ. ދިރިތިއްބައި އޭގެ ބައެއް ކުދިން ވަޅުވެސް ލެވުނީއެވެ.
ހުރިހާ ދެރަކަމަކާއި، ހުރިހާ ނިކަމެތިކަމަކީ އެކަނބަލުންނަށްޓަކައި
ދުނިޔެއަށް ފޮނުއްވާފައިވާ ތަކެތި ކަހަލައެވެ. މިވާހަކަތަކަކީ
تارِيخ
ފޮތްތަކާއި،
سِيرَة
ފޮތްތަކުގައި ފައިލްކުރެވިފައިވާ ވާހަކަތަކެވެ. އެހެންވެ،
އެވާހަކަތައް ދިގުކުރާކަށް ނެތީމެވެ.
ނަމަވެސް ދަންނަވަންތޯއެވެ؟
إسلام
دِينގެ
އަލިގަދަ
نُورން
ދުނިޔެ އަލިކޮށްލީ އަންހެނުންނަށްވެސް އެކަނބަލުންގެ
كَرامَة
އާއި، ބާއްޖަވެރިކަން އެކަނބަލުންނަށްވެސް އޮތްކަން
إعلان
ކުރައްވަމުންނެވެ. އެކަނބަލުންނަކީވެސް އަގުހުރި ބައެއް ކަމުގައި
ގުނަމުންނެވެ. ފިރިހެނުންނަށް ހެވާއި ނުބައި،
ثَواب
އާއި
عَذاب
ކަނޑައެޅިގެންވީ ފަދައިން އަންހެނުންނަށްވެސް ހެވާއި ނުބައި،
ثَواب
އާއި
عَذاب
ކަނޑައެޅިގެންނެވެ. އަރާމާއި،
لَذّة
ވެސް، އުނދަގުލާއި، ދަތިކަންވެސް ހަމަ ދެފަރާތަށް އޮންނަ ގޮތަށެވެ.
އެކަމަކު ހަމަ ކޮންމެހެން އެކަންކަމުގައި ދެފަރާތް ހަމަހަމަ ވުމެއް
ލާޒިމެއް ނޫނެވެ.
އަދި ކިއެއްތޯއެވެ؟ ދުނިޔޭގެ މި
حَياةގެ
عَمَلِي
މައިދާނުގައި ތަފާތެވެ. ދެބައިމީހުންގެ
مَسْئُولِيّة
ވެސް ތަފާތެވެ. ކޮންމެ ބަޔަކަށްވެސް ކަނޑައެޅިގެން ވަކި
ދާއިރާއެކެވެ. ފިރިހެނުންނަށް ވަކި ދާއިރާއެކެވެ. އަންހެނުންނަށް
ވަކި ދާއިރާއެކެވެ. އެއީ
إسلام
دِينގެ
ފަރާތުން ނިންމަވާފައިވާ ގޮތެވެ.
خَلْق
ތަކުން ހެއްދެވި، އަދި މުޅި
كائِناتގެ
ވެރި ފަރާތުން ހަމަޖެއްސެވި ގޮތެވެ.
الله
ނިޔާކުރެއްވި ގޮތެވެ.
قانُون
ހަދާ މަޖްލިސްގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން
އަތް އުފުލައިގެން އެ
قانُون
ބަދަލުކުރުން
إسلامންނަށް
ހުއްދަވެގެން ނުވެއެވެ.
إسلامން
ނޫން މީހުންގެ ވާހަކަ އަދި މިލިޔުމުގައި ނުދައްކާނަމެވެ.
އާދެ! އިސްލާމުންނަށް
قانُون
އާއި،
قَواعِد
ކަނޑައަޅުއްވާދެއްވި މާތް
اللهގެ
حَضْرَةން
ފޮނުއްވުނު މާތް
رَسُولއާގެ
ބަސްފުޅުން އެނގި
بَيانވާ
ގޮތުގައި މިދެބައިމީހުން މަސައްކަތްކުރަން މިޖެހެނީ ދެ
مَيْدان
އެއްގައެވެ. އަންހެނުން މަސައްކަތްކުރާނެ ތަނެއް ކަމުގައި ދެއްވާފައި
މިވަނީ ފިރިމީހާގެ ގެޔާއި، އޭނާގެ މުދަލާއި، ދަރިން ބެލެހެއްޓުމެވެ.
ގެޔާ ދުރު ހިސާބު ބޭރެއް ނޫނެވެ. ފިރިހެނުންގެ ދާއިރާއަކީ ބޭރާއި،
އަދި ގޭތެރެއެވެ. ކޮންމެ ބަޔަކަށްވެސް އެބަޔަކަށް
مُناسبވާ
ގޮތަށެވެ. ރަނގަޅު ގޮތަށެވެ. ނަމަވެސް މިގޮތް ރަނގަޅު އަދި މޮޅު
ގޮތެއް ކަމުގައި
قَبُول
ކުރާނީ ފުރިހަމަ އިސްލާމުންނެވެ. އިސްލާމުންނަށް ވެގެން އުޅޭ
ދޮގުވެރިންނެއް ނޫނެވެ. ޑުޕްލިކޭޓް އިސްލާމުންނަށް މިގޮތް
ރަނގަޅުނުވެ ހިނގައިދާނެއެވެ. އެހެނީ
إلهي
قانُون
އަށް ފުރިހަމައަށް ބޯނުލެނބޭ އަދި އެ
قانون
ކަމުނުދާ މީހުންނަކީ އިސްލާމުން ކަމުގައި ހެދިގެން އިސްލާމުންނާ އެކީ
އުޅުނަސް އަދި އެބައިމީހުންނާ އެއްތަށިން ކެޔަސް އެމީހުންނީ ފުރިހަމަ
އިސްލާމުން ކަމުގައި ނުވާނެ
ބައެކެވެ. އެއީ ބައެއް މަސްވެރިން ބުނާހެން 'މަހެއް ނޫނެވެ. މަސް
ކަހަލަ އެއްޗެކެވެ.'
މި
فَصل
ގައި އަޅުގަނޑު މި ދަންނަވަނީ
الله
އަހުރެމެންގެ ގާތަށް
رَسُول
ކަމައިގެން ފޮނުއްވި މަތިވެރި މާތް
رَسُولގެ
ބަސްފުޅެކެވެ.
صَحّ
ސަނަދުން އައިސްފައިވާ
صَحّ
حَدِيث
އެކެވެ. އަދި މިބަސްފުޅަކީ ފިރިހެނުންނާއި، އަންހެނުން ހަމަހަމައޭ
ކިޔައިގެން މިލަވާ ހަޅޭއާއި، އަރައިރުމުގެ
فَيْصِلة
އެވެ. އެބަސްފުޅު ކެންސަލްކޮށް،
باطِل
ނުކޮށްލެވޭނޭ
حَقّ
ބަސްފުޅެވެ. ކޮންމެ މުސްލިމު ފިރިހެނަކާއި، އަންހެނަކު އެބަސްފުޅަށް
ބޯލަނބައި ކިޔަމަންތެރި ވާންޖެހޭ ބަސްފުޅެވެ. އެކަލޭގެފާނު
حَدِيث
ކުރެއްވިއެވެ.
"كُلُّكُمْ راعٍ وَكُلُّكُمْ مَسْئُولُ عَنْ رَعِيَّتِهِ وَالرَّجُلُ
راعٍ فِى أهْلِهِ وَهُوَ مَسْئُولُ عَنْ رَعِيَّتِهِ وَالمَرْأَةُ
راعِيَةٌ فِى بَيْتِ زَوْجِها (وَفِى رِوايَةٍ وَالْمَرْأَةُ
راعِيَةٌ عَلى بَيْتِ بَعْلِها وَوَلَدِهِ) وَمَسْئُولَةٌ عَن
رَعِيَّتِها , وَالْخادِمُ راعٍ فِى مالِ سَيِّدِهِ وَمَسْئُولٌ عَنْ
رَعِيَّتِهِ – قال – وَحَسِبْتُ أَنْ قَدْ قال والرَّجُلُ راعٍ فِى
مالِ أبِيْهِ وَ مَسْئُولٌ عَنْ رَعِيَّتِهِ – وَكُلُّكُمْ راعٍ
وَمَسْئُولٌ عَنْ رَعِيَّتِهِ" (صَحِيْح البُخارِى
893 ވަނަ
حَدِيْث).
މިމާނައިގާ
صَحِيْح البُخارِىގެ
ކިތަންމެ ތަނެއްގައި ކުޑަކޮށް ބައެއް
كَلِمًة
ތަފާތުކޮށް ވެއެވެ. އަދި އެހެން ބައެއް
حَدِيْث
ފޮތްތަކުގައިވެސް މި
حَدِيْث
ރިވާވެގެން ވެއެވެ.
حَدِيْث
އަކީ ހަމަ
صَحّ حَدِيْث
އެކެވެ.
މި
حَدِيْث
ގައި އެކުލެވިގެންވާ މާނައީ: (އޭ މީސްތަކުންނޭވެ.) ކަލޭމެންކުރެ
ކޮންމެ މީހަކީ
راعِي
އެކެވެ. (އެބަހީ ކަންތައްތަކެއް ބެލެހެއްޓުމާ
حَوال
ވެ
مَسْئُول
ވެގެންވާ މީހެކެވެ.) އަދި ކަލޭމެންކުރެ ކޮންމެ މީހަކީ އެމީހަކު
ބަލަހައްޓަންޖެހުނު ބަޔަކާމެދު (ނުވަތަ ކަމާމެދު)
مَسْئُول
ވެގެންވާ މީހެކެވެ. އެބަޔަކާމެދު އަދި އެ
ކަމަކާ
މެދު
قِيامَة
ދުވަހުން ސުވާލުވެވޭނޭ މީހެކެވެ. އެމީހަކާ
الله
ސުވާލުކުރައްވާނެއެވެ.
إمام
އެއީ، އެބަހީ ތަނުގެ އެންމެބޮޑު ވެރިޔާ ނުވަތަ
رَئِيْس
އެއީ
راعِي
އެކެވެ. އެބަހީ އޭނާގެ ވެރިކަމުގައިވީ އެންމެހައި ކަމަކާމެދު އަދި
އެންމެހައި ބަޔަކާ
مَسْئُول
ވެ
حَوال
ވެގެންވާ މީހާއެވެ.
قِيامة
ދުވަހުން އެހުރިހާ ކަމަކާމެދު އޭނާއާ ސުވާލުވެވޭނެއެވެ.
الله
ސުވާލުކުރައްވާނެއެވެ. ގޭގެ ފިރިހެނާއީ އޭނާގެ
أهْل
ވެރިންގެ
راعِي
އެވެ. ގޭގެ އެންމެން ބަލަހައްޓާ މީހާއެވެ. އަދި
قِيامة
ދުވަހުން އެމީހުންގެ ކަންކަމާމެދު އޭނާއާ ސުވާލުވެވޭނެއެވެ.
الله
ސުވާލުކުރައްވާނެތެވެ. އަދި އަންހެނާއީ (އަނބިމީހާއީ)
راعِيَة
އެކެވެ. އެއީ އެކަނބުލޭގެ ފިރިމީހާގެ ގޭގެ ކަންތައް ބަލަހައްޓާ
މީހާއެވެ. އަދި އެހެން ރިވާޔަތެއްގައި ވާގޮތުން އޭނާގެ ފިރިމީހާގެ
ގޭގެ ކަންތައްތަކާއި، އަދި ފިރިމީހާގެ ދަރިންގެ ކަންތައް
ބަލަހައްޓަންޖެހޭ މީހާއެވެ. އަދި
قِيامة
ދުވަހުން އެކަނބުލޭގެއާ
مَسْئُولވީ
ކަންކަމާމެދު ސުވާލުވެވޭނެއެވެ.
الله
ސުވާލުކުރައްވާނެތެވެ. އަދި
خادِم
މީހާއީ، އެބަހީ ނޯކަރު މީހާއީ އޭނާގެ ސާހިބު މީހާގެ މުދާ
ބެލެހެއްޓުމުގެ
راعِي
އެވެ. އަދި އޭނާއަކީ އޭނާއާ އެ
حَوالވި
ކަންކަމާމެދު ސުވާލުވެވޭނޭ މީހެކެވެ.
الله
ސުވާލުކުރައްވާނޭ މީހެކެވެ.
حَدِيْث
ރިވާކުރެއްވި
راوِي
ވިދާޅުވިއެވެ. 'އަހުރެންނަށް ހީވާގޮތުގައި އަދި ވިދާޅުވިއެވެ.
ފިރިހެން މީހާއީ އޭނާގެ ބައްޕަގެ މުދާވެސް ބެލެހެއްޓުމުގެ
راعِي
އެވެ. އެކަމާމެދު އޭނާއާ ސުވާލުވެވޭނެއެވެ. އަދި ކަލޭމެންކުރެ ކޮންމެ
މީހަކީ
راعِي
އެކެވެ. އެބަހީ އޭނާއާ
حَوال
ވެވޭ ކަންތައް ބަލަހައްޓަން ޖެހޭނޭ މީހެކެވެ. އަދި އެކަމާމެދު
قِيامَة
ދުވަހުން އޭނާއާ ސުވާލުވެވޭނެއެވެ.
الله
ސުވާލުކުރައްވާނެއެވެ.' މިއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި މި
حَدِيْثގެ
تَرْجَمَة
މިއޮތީ ހަމަ ކޮންމެ މީހަކަށްވެސް އެނގޭފަދަ ތިލަ ފަށުގައި އެހާ
ސާފުކޮށް
صَرِيْح
ކޮންނެވެ. ފިރިހެނުން
حَرَكاة
ތެރިވާން މިޖެހެނީ ގޭތެރެޔާއި، އަދި ބޭރުގައެވެ. ނަމަވެސް އެޔާ
خِلاف
އަށް އަންހެނުން
حَرَكاة
ތެރިވާން މިޖެހެނީ ހަމައެކަނި ގޭތެރޭގައެވެ. ފިރިމީހާގެ ގޭތެރެޔާއި،
އޭނާގެ ދަރިންނާއި، އޭނާގެ މުދަލާއިގެންނެވެ.
صَحِيْحُ البُخارِىގެ
شَرح فَتْحُ البارِى
ގައި
إبْن حَجَر الْعَسْقَلانِى
ވިދާޅުވެފައިވާ
عِبارَة
އަކީ
(وَرِعايَةُ
المَرْأَةِ تَدْبِيْرُ أَمْرِالْبَيْتِ وَالأَوْلادِ وَالنَّصِيْحَةُ
لِزَوْجٍ فِى كُلِّ ذالِكَ)
މާނައީ: އަދި އަންހެނުން ގޭތެރެ ބެލެހެއްޓުމަކީ ގޭތެރޭގެ
ކަންތައްތަކާމެދު
تَدْبِيْر
ކޮށް ރަނގަޅުވާނޭ ގޮތް ވިސްނައި، ދަރިންނާއި، އަދި
خادِمންގެ
ކަންތައްތަކާމެދު ވިސްނާ
فِكْر
ކުރުމެވެ. އަދި އެހުރިހާ ކަމެއްގައިވެސް ފިރިމީހާއަށް
إخْلاص
ތެރިވުމެވެ. މިއެވެ.
އަޅުގަނޑު
بَيان
މިކުރި
حَدِيْث
بَيان
ކޮށްދޭ ގޮތުގައި އަންހެނުންގެ
وَظِيْفَة
އާއި، އަދި
وَظِيْفَة
އަދާކުރާނޭ ތަންވެސް ނުހަނު ސާފުކޮށް މިއޮތީ ފެންނާށެވެ. އެއީ
الله
އާއި، އެކަލާނގެ
رَسُولއާ
حَوال
ކޮށްދެއްވި
عِزَّةތެރި
ބަރަކާތްތެރި
وَظِيْفَة
އެވެ. އަދި އެއްވެސް
حال
އެއްގައި ގަޑިން ގަޑިޔަށް އޮފީހަށް ގޮސް އޮފީހުގެ ފޮތްތަކާއި،
ފައިލްތައް ތަރުތީބުކޮށް
يَوْمِيَّة
ތަކާއި،
حاضِرِيތައް
ބަލައި މިނިސްޓަރ ވަޑައިގަންނަވާއިރު މޫނާއި، ކަރުދޮށުގައި ފުށް
ޖަހައި ޒާތްޒާތުގެ މީރުވަސް ދުވާ ސެންޓު ޖަހައި އޭނާޔާ
إسْتِقْبال
ކުރުމަކަށް ނޫނެވެ. ނުވަތަ އަތޮޅުވެރިންނާއި،
މިނިސްޓަރުންގެ
جَلْسَة
އަށް
بَيانއެއް
ލިޔެ ފިރިހެނުންނާ ކޮނޑާކޮނޑު ޖެހޭވަރަށް ނުވަތަ އަތާއި އަތް
ޖެހޭވަރަށް ގައިގޯޅިވެ، ފިރިހެނުންނަށް ތިމާގެ ސެންޓުވަސް ދުވާ
ހިސާބުގައި ތިބުމަކަށް ނޫނެވެ. އަދި ކިއެއްތޯއެވެ؟
الله
އާއި، އެކަލާނގެ
رَسُول
ދެއްވި
عِزَّةތެރި
ބަރަކާތްތެރި
وَظِيْفَة
އަދާކުރުމަށެވެ. އެ
وَظِيْفِة
އަކީތޯއެވެ؟ ތިމާގެ ފިރިމީހާގެ ގޭގެ ހުރިހާ ކަމެއް ހިންގުމާއި، އަދި
އޭނާގެ ދަރިފުޅުމެން ބެލެހެއްޓުމުގެ
وَظِيْفَة
އެވެ. އެ
وَظِيْفَة
ނަގާ ފުރަގަހަށް އެއްލާލައިފައި،
أصْلއަށް
ބަލާއިރު ތިމާޔާ ރަސްމީ ގޮތުން
حَوال
ނުކުރާ
وَظِيْفَة
އަކަށް ގޮސް ތިމާގެ
عِزَّة
އާއި،
قَدَر
ހިލޭ ފިރިހެނުންގެ
هَوى
نَفْسއާ
ކުޅުމަށް
حَوال
ކުރުމީ ކޮންފަދަ ހިތާމަހުރި ކަމެއް ތޯއެވެ؟ ދެން އޭނާޔާ
دِينِى
ގޮތުން
حَوال
ކުރައްވާފައިވާ
وَظِيْفَةގެ
مَسْئُولِيَّة
އާމެދު
قِيامَة
ދުވަހުން
الله
ސުވާލުކުރައްވައިފިއްޔާ ދެން
الله
އަށް ދަންނަވާނީ ކޮން ޖަވާބެއްތޯއެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި
قِيامة
ދުވަހަކީ ނައިސް ނުދާނޭ ދުވަހެކެވެ.
اللهގެ
وَعْدފުޅު
އެއީ
تَنْفِيْذ
ވާނޭ އެއްޗެކެވެ. ލޯބިވާ އަންހެން ކުދިންނޭވެ! ތިޔަ ކުދިންގެ
مَسْئُولِيَّة
އާމެދު
الله
އަށް ދަންނަވާނޭ
جَوابއެއް
ތައްޔާރުކުރައްވައިގެން ތިއްބަވާށެވެ.
الله
އަށް އޮޅުވައިވެސް ނުލެވޭނެއެވެ. – ފިރިމީހާގެ ކުދިންކޮޅާއި އޭނާގެ
ގެދޮރު ކޮންމެވެސް ނޯކަރަކާ – ބަންގާޅީއަކާ – ނުވަތަ ކޮންމެވެސް
ބިދޭސީއަކު ވިޔަސް
حَوال
ކޮއްފައި ތިމާ އޮފީހަށް ގޮސް ހިލޭ ފިރިހެން ކުދިންނާއެކު ލޯބީގެ
ދަރުބާރު ހުޅުވައިލީމާ
ދެން
قِيامَة
ދުވަހުން
الله
ކުރައްވާނޭ ކަމަށް އަންގަވާފައިވާ ސުވާލަށް ދެން ދަންނަވާނީ ކޮން
ޖަވާބެއްތޯއެވެ؟ ހިތާމަހުރި ކަމެކެވެ. ލޯބިވާ އަންހެން ކުދިންނޭވެ.
ދުނިޔޭގެ ވަގުތީ ކުޑަ މަޖާކޮޅެއްގެ ބަދަލުގައި
آخِرَةގެ
ނިމުމެއް ނެތް
حَياة
ބަރުބާދު ނުކުރައްވާށެވެ. ތިމާގެ
أصْل
مَسْئُولِيَّة
އަށް ކުރިމަތިލައްވާށެވެ. ގެއިން ބޭރުގައި
وَظِيْفَة
އަދާކުރަން ދިއުމަކީ ތިޔަކުދިންނާ
الله
حَوال
ކުރެއްވި
وَظِيْفَة
އެއް ނޫނެވެ.
އަޅުގަނޑު މިދަންނަވަނީ އަންހެނުން އެކީއެކަށް މަސައްކަތެއް ކުރުމަށް
ގެއިން ބޭރަށް ނުކުތުމަކީ
حَرام
ކަމެއް ކަމަކަށް ނޫނެވެ. އެކަނބަލުން ބޭރުގައި މަސައްކަތް ކުރުން
ހުއްދަ ވެދާނޭ ވަކި
حالت
އެއް
دِيْنގެ
ބޮޑެތި
عالِمން
ފާހަގަކުރައްވާފައި ވެއެވެ. އެއީ އިސްވެދިޔަ އާޔަތްތަކަށާއި،
حَدِيْث
ތަކަށް ބައްލަވާފައި އޭގެ އަލީގައި އެބޭކަލުން ކަނޑައަޅުއްވާފައިވާ
حالَة
އެކެވެ. އެ
حالَة
މެދުވެރިވެއްޖެ
حال
އެއްގައި އެކަނބަލުން ގެއިން ބޭރުގައި މަސައްކަތްކުރުން ހުއްދަވެދާނޭ
ކަމަށް އެބޭކަލުން ވިދާޅުވެއެވެ. އެކަމަކު އެއީ ވަކި
شَرْط
ތަކަކާ އެކުގައެވެ.
އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުން ހުއްދަވެދާނޭ ސަބަބު:
o
مُجْتَمَع
އަށް ކޮންމެހެން ކުރަންޖެހުނު ކަމެއް ކުރުމަށް ފިރިހެނަކު ނުލިބުން.
އެފަދަ
حال
ގައި އެކަން ކުރެވޭފަދަ އަންހެނަކު ހުރިނަމަ އޭނާއަށް ދެވިދާނެއެވެ.
އެއީ އަންނަނިވި
شَرْط
ތަކާ އެކުގައެވެ.
o
އަންހެން މީހާ ގޭގައި ކުރަންޖެހޭ އަސާސީ މަސައްކަތް ފުރިހަމަކޮށްފައި
ވުން.
o
ބޭރުގައި ކުރަން ދިމާވި މަސައްކަތަކީ އަންހެނުން ކުރާ ޒާތުގެ، އަދި
އަންހެނުންގެ ދާއިރާގެ
عَمَل
އަކަށް ވުން – މަސައްކަތަކަށް ވުން. އެއީ މިސާލަކަށް: އަންހެނުންނަށް
تَعْلِيْم
ދިނުންފަދަ ނުވަތަ އަންހެނުންނަށް ޑޮކްޓަރީކަން ކޮށްދިނުންފަދަ
ނުވަތަ އަންހެނުންނަށް ނަރުސްކަން ކޮށްދިނުންފަދަ ކަންކަމެވެ.
އަންހެނުންގެ ދާއިރާގައޭ މިބުނީ އެކަންކަން ކުރުން ފިރިހެނުންނާ
މައްސުނި ނުވާގޮތަށް ވަކި އޭރިޔާއެއްގައި ވުމެވެ.
o
އަންހެނުންނަށް އެނގުން ވާޖިބުވާ މިންވަރަށް އެކަނބަލުންގެ
دِيْنގެ
ކަންތައްތަކާއި، ދުންޔަވީ ގޮތުން ލާޒިމުވާ ވަރަށް އުނގެނުމަށް
ބޭރުތެރެއަށް ނުކުންނާން ޖެހުން.
o
އަދި ދަންނައެވެ. މިހެން ދިމާވެގެން އެކަނބަލުން ނުކުންނަން
ދިމާވެއްޖެއްޔާވެސް އެކަނބަލުން ނުކުންނަންވާނީ ދީނުގެ ފަރާތުން
އެކަނބަލުން ނިވައިވުމަށް އަންގަވާފައިވާ ވަރަށް ނިވައިވެގެންނެވެ.
އިސްލާމްދީން ފެށިގެން އައިކޮޅުގައި ވެސް އަންހެނުން ދީނުގެ
ކަންތައްތައް ދަސްކޮށް ހެދީ ހަމަ އެފަދައިންނެވެ. މިސްކިތަށް ގޮސް
އުޅުމުގައިވެސް ހަމަ އެ
قَواعِد
އެވެ.
އާދެ! މި ބަޔާންވެ ދިޔަ
قَواعِدން
މެނުވީ އަންހެނުން ބޭރުގައި ފިރިހެނުންނާ އެއް
مَيْدان
އެއްގައި އެއްބަޔަކަށް ވެގެން އަދި ލައިއުޅޭ ހެދުމުގައިވެސް އެހާބޮޑު
ފަރަގެއް ނެތި ފިރިހެނުން
ލާ
ކޮރަކަށް ކޮރެއް ލަމުން ދެ
جِنْس
އެކުއެކުގައި މަސައްކަތްކޮށް ކާފަރުންނާއި، ދެންވެސް
غَيْر
مُسْلِم
އަންހެނުން އުޅޭގޮތަށް
مُسْلِم
އަންހެނުން އުޅުމަކީ އެއްވެސް
حال
އެއްގައި އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ކީރިތި މާތް
رَسُولއާގެ
ޒަމާނަށް ބައްލަވާށެވެ. އަދި އެއަށްފަހު
خُلَفاء
الرَّاشِدُونގެ
ޒަމާނަށް، ދެން އޭގެ ފަހުންވެސް އިސްލާމްދީނުގެ އަސަރެއްވެސް
ހިނގަމުންދާ ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައިވެސް
އިސްލާމް އަންހެން ކުދިން އިސްލާމް ނޫން ކުދިންނާ އެއްގޮތްވެ،
ފިރިހެނުންނާ ހަމަހަމަވެގެން ނުއުޅެއެވެ.
"لَقَدْ كانَ لَكُمْ فِى رَسُولِ اللهِ أُسْوَةٌ حَسَنَةٌ لِمَن
كانَ يَرْجُوا اللهَ وَالْيَوْمِ الآخِرَ وَذَكَرَاللهَ كَثِيْرا"
(أحزاب:
21).
މިއީ އަޅުގަނޑުމެން އަބަދު ތަކުރާރުކުރާ ބަސްފުޅެކެވެ. މާތްވެގެންވާ
رَسُولއާގެ
ބަސްފުޅާއި،
عَمَل
ފުޅުގައި ކަލޭމެނަށް ރަނގަޅު ރިވެތި ނަމޫނާ ވެއެވެ. އެކަމަކު އެއީ
الله
އާއި، އަދި
آخِرَة
ދުވަހަށް ބިރުވެތިވާ ބަޔަކަށެވެ. އަދި ގިނަގިނައިން
الله
ހަނދާންކޮށް
ذِكْر
ކުރާ ބަޔަކަށެވެ. މިފަދަ ބަސްފުޅުތަކަށް މަލާމާތްކޮށް، އަދި
ކަންތައްތައް ފާސިދުކުރާ ހަތިޔާރަކަށް އެބަސްފުޅު ހަދާކަށް
ނުވާނެއެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(6)
އަންހެނުންގެ
جِهاد
ދަންނައެވެ.
اللهގެ
މަގުގައި
جِهاد
ކޮށް ހަނގުރާމަ ކުރުމަކީ
إسْلام
دِيْنގެ
ކުރިބޯށިތަކުގެ ތެރެއިންވެސް އެންމެ މަތީ ކުރިބޯއްޓެވެ. އެކަމުގައި
އަންހެނުންވެސް ކޮންމެވެސް މާނައެއްގައި ބައިވެރިވެއެވެ. ނަމަވެސް
އެއީ ފިރިހެނުން ފަދައިން
مَيْدان
ގައި ހަތިޔާރު ހިފައިގެން
عَدُوّންގެ
ކުރިމައްޗަށް ސީދާ ނުކުންނަ ގޮތަކަށް ނޫނެވެ. އަންހެނުންގެ ޖިހާދު
رَسُولُ اللهِ
صَلَّى
اللهُ عَلَيْهِ وَسَلَّمގެ
ޒަމާނުގައި އޮތްގޮތް ސިފަކުރައްވައި
عائِشًة رَضِىَ اللهُ عَنْهاގެ
އަރިހުން ރިވާކުރައްވައި
الإمام
البُخارِى رَحِمَهُ الله
އެކަލޭގެފާނުގެ
صَحِيْح
ގައި ލިޔުއްވާފައި ވެއެވެ.
عائِشَة رَضِىَ اللهُ عَنْها
ވިދާޅުވިއެވެ.
"إسْتَأْذَنْتُ النَّبِىّ صَلَّى اللهُ عَلَيْهِ وَسَلَّم فِى
الجِهاد. فَقال: جِهادُ كُنَّ الحَجّ" (صَحِيْحُ البُخارِى
ގެ 2875 ވަނަ
حَدِيْث).
މާނައީ، އަހުރެން
جِهاد
އަށްދިއުމަށް
نَبِيّއާ
صَلَّى اللهُ عَلَيْهِ وَسَلَّمގެ
އަރިހުގައި އަހުރެން އިޒުނަ އެދުނީމެވެ. ފަހެ އެކަލޭގެފާނު
حَدِيْث
ކުރެއްވިއެވެ. ތިޔަ ކަނބަލުންގެ
جِهاد
އަކީ
حَجّ
އެވެ.
حَجّ
އަށް ދިއުމެވެ. މިއެވެ.
އަދި
صَحِيْحُ
البُخارِىގެ
2880 ވަނަ
حَدِيْث
ގައި އެކުލެވިގެންވާ މާނަވެސް ދަންނަވައިލާނަމެވެ. ވިދާޅުވާށެވެ.
أنَسْ
ވިދާޅުވިއެވެ.
أُحْد
ހަނގުރާމައިގެ ދުވަހު
نَبِىّއާ
صَلَّى اللهُ عَلَيْهِ وَسَلَّمގެ
އަރިހުގައި ތިއްބެވި
أصْحاب
ބޭކަލުންގެ މައްޗަށް
مُشْرِكންގެ
މީހުން އަރައިގަނތް ހިނދު އަދި އެބޭކަލުންކުރެ ބައެއް ބޭކަލުން
نَبِىއާގެ
އަރިހުން ވަކިވެގެން ވަޑައިގެންނެވުނު ހިނދުވެސް ހަމަ ކަށަވަރުން
أبُو
بَكْر
ގެފާނުގެ ދަރިކަނބަލުން
عائِشًة رَضِىَ لله عَنْها
އާއި،
أُمّ سُلَيْم
(رَضِىَ الله عَنْها)
އާ ދެކަނބަލުން ފެން ހަންތައް ހިއްޕަވައިގެން ވަޑައިގެން
މީސްތަކުންނަށް ފެން ބޯންދެއްވާތަން ހަމަކަށަވަރުން އަހުރެން
ދުށީމެވެ. މިއެވެ. އަދި މިނޫންވެސް މިމާނައިގައިވާ ބައެއް
حَدِيْث
އެބަހުއްޓެވެ.
މި
حَدِيْثގެ
شَرْح
ލިޔުއްވަމުން
فَتْحُ البَارِى
ގައި
إبْن حَجَر
ލިޔުއްވާފައިވާ ތަނުގެ މާނައިގައި ވަނީ "އަންހެނުން ހަނގުރާމައަށް
ވަޑައިގެން ކުރައްވާ ކަމަކީ ބަލިމީހުންނަށް ފަރުވާ ކުރުމުގައި
އެހީވުމާއި، ފެން ގެނެސްދެއްވުމާއި، ވެއްޓިފައިވާ ދުނި
ނަގައިދެއްވުމާއި، އަދިވެސް މިބާވަތުގެ ކަންކަމެވެ. އަދި އެއްވެސް
حال
އެއްގައި އެކަނބަލުން ހަތިޔާރު ހިއްޕަވައިގެން ހަނގުރާމަކުރައްވަން
ނުކުމެވަޑައިގެންނެވިކަން އެނގިފައެއް ނެތެވެ. ނަމަވެސް ހަތިޔާރެއް
އައިސް، ނުރައްކާ ވެއްޖެއްޔާ އަމިއްލަ
نَفْس
دِفاع
ކުރެއްވުން އޮވެއެވެ. މިއެވެ. (فَتْحُ
البارِى:
جـ6
–
ص80:
المَكْتَبَة السَّلَفِيَّة)
ދަންނައެވެ!
إسلامى فُتُوحاتގެ
ދުވަސްވަރު އަންހެނުން ތިބި ފޭލިގެއަކަށް
دُشْمَنން
އަރައިގަނތް ހިނދު
خَولَة بِنت أزْوَر
އާއި، އަދިވެސް ބައެއް ބޭކަނބަލުން އެކަނބަލުންނަށް އަތުޖެހުނު
އެއްޗެއް ހިއްޕަވައިގެން ނުކުމެ
دُشْمَنންގެ
ފަހަތުން ދުވެ، އެމީހުން ފައްސާ ދުރަށްލުން އެއީ އަންހެނުންވެސް
مَيْدان
ގައި ހަނގުރާމަކުރަން ނުކުމެ ފިރިހެނުންނެކޭ އެއްގޮތަށް
ހަނގުރާމަކުރާ ކަމުގައި ބެލެވޭނޭ ކަމެއް ނޫނެވެ. އޭގެ
دَلِيل
އެއް ނޫނެވެ. އެއީ ދިމާވި
خاصّ
މައްސަލައެކެވެ. އެފަދަ ގޮތެއް ދިމާވެއްޖެއްޔާ އަންހެނުން
ކީއްކުރަންތޯއެވެ؟ ބަލިމީހަކަސް އަދި ކުޑަކުއްޖަކަސް އެވަގުތު
ދުޝްމިނުންނާ ދިމާކޮށް އެމީހުންގެ ކިބައިން
دِفاع
ވެގަތުން ވާޖިބުވާނެއެވެ.
نَبِىّ
އާ
صَلَّى اللهُ عَلَيْهِ وَسَلَّمގެ
ޒަމާނުގައިވެސް، އަދި އޭގެ ފަހުގެ
خُلَفاءُ
الرّاشِدُونގެ
ޒަމާނުގައިވެސް، އަދި އޭގެ ފަހުންވެސް
إسْلامِى
އެއްވެސް ލަޝްކަރެއްގައި އަންހެނަކަށް ހަނގުރާމައިގެ ދިދައެއް ދެއްވި
ކަމެއް، އަދި އެއިން ބޭކަނބަލަކު އެއްވެސް ލަޝްކަރެއްގެ ވެރިއަކަށް
ލެއްވިކަން އެނގޭކަށް ނެތެވެ. އަދި ކީއްކުރަންތޯއެވެ؟ މާތްވެގެންވާ
قَرْن
ތަކުގައި، ފިރިހެނުންގެ މައްޗަށް އަމުރުކުރެވޭ ގޮތަށް އެއްވެސް
ވެރިކަމެއް އަންހެނުންނަށް ދެއްވިކަން އެނގޭކަށް ނެތެވެ. އެއްވެސް
ރަށަކަށް އަތޮޅުވެރިކަމު، ނުވަތަ އެއްވެސް މިނިސްޓްރީއެއްގެ
މިނިސްޓަރުކަން ފިރިހެނުން ފިޔަވައި އަންހެނުންނަށް ދެއްވިކަން
އެނގޭކަށް ނެތެވެ. ތެދެކެވެ. މީހަކު ބުނެފާނެއެވެ. 'އެފަދަ
وَظِيْفَة
އެކަނބަލުންނަށް ނުދޭކަށް
قُرْان
ގައި ނެތެއް ނޫންހެއްޔެވެ؟' އެއީ ތެދެކެވެ. މިސާލަކަށް ނަމާދަށް
ހުންނައިރު ލޯބީގެ ލަވައެއް ނުކިޔާކަށްވެސް
قُرْانއަކު
ނެތެވެ. މަގުފުރެދިފައިވާ ޖާހިލަކު މެނުވީ އެފަދަ ވާހަކަ
ނުދައްކާނެއެވެ.
ނަމަވެސް ދަންނަވަންތޯއެވެ. އަންހެނުންނަށް އެފަދަ
وَظِيْفَة
ނުދެއްވުން ހަމަރަގަނޅަށް ސުންނަތުން ސާބިތުވެއެވެ. އެހެނީ
رَسُول الله صَلَّى اللهُ عَلَيْهِ وَسَلَّمގެ
ސުންނަތް ސާބިތުވާ އެއްގޮތަކީ އެކަލޭގެފާނުންގެ ބަސްފުޅުންނެވެ.
އަނެއްގޮތަކީ އެކަލޭގެފާނުންގެ ޢަމަލުފުޅުންނެވެ. އަނެއްގޮތަކީ
تَقْرِيْرُންނެވެ.
މީގެތެރެއިން މިކަންތަށް ސާބިތުވެފައި ވަނީ އެބަހީ އަންހެނުން
ފިރިހެނުންގެ މައްޗަށް އިސްނުކުރުން ސާބިތުވެފައި މިވަނީ އެކަލޭގެ
ފާނުންގެ ސީދާ ޢަމަލުފުޅުންނެވެ. މިހެންވީއިރު
صَحَّ سُنَّةން
ސާބިތުވެއްޖެ ކޮންމެ ކަމަކީ إسْلاَمُން
عَمَلُ
ކުރަންޖެހޭނެ ކަންކަމެވެ.
އެންމެ ހިތާމަހުރި ކަމަކީ އަޅުގަނޑުމެންނީ
إسْلامން
ކަމުގައި ހަރުއަޑުން ގޮވަމުން ދާއިރު، އަދި
إسْلام
ދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާއީ އެންމެ ރަނގަޅު، މޮޅު
ނަމޫނާ ކަމުގައި
إقْرار
ކުރަމުން ދާއިރު އެމާތް ސާހިބާގެ ބަސްފުޅުންނާއި،
عَمَل
ފުޅުން އަޅުގަނޑުމެން އެއްވެސް ފައިދާއެއް ލިބިނުގަންނަ ކަމެވެ. އަދި
އެޔާ މުޅިން
خِلافއަށް
އެކަލޭގެފާނާއި، އަދި
إسْلامންގެ
عَداوة
ތެރި
مُشْرِك
ންނާއި، އަދި އެނޫންވެސް
غَيْر مُسْلِمންގެ
أُصُول
ތަކާއި،
قانُون
ތައް އެއީ މާ ހަރުދަނާ އަދި ޒަމާނަށް މާހަމަޖެހޭ އެއްޗެތި ކަމުގައި
ދެކެ، އެقانُون
ތަކާއި،
قَواعِد
ތައް، ތިމާމެންގެ ދީނީ އަދި
دُنْيَوِى
ކަންކަމުގައި ހިންގައި އެތަކެއްޗަށް
تَرْحِيْب
ދެވޭކަމެވެ. އަދި މިހެން ހެދުމުގެ ސަބަބުން
غَيْر مُسْلِمންގެ
ކުރިމަތީގައި އިސްލާމުންގެ އަގުވެއްޓި އަދި އިސްލާމުންނަކީ އެމީހުން
ކުޅޭ ބޯޅައަކަށް ވެގެން ދިއުމެވެ. އަދި މިހުރިހާ ކަމަކަށްވުރެ
ދެރަކަމަކީ މާތްވެގެންވާ
رَسُول الله صَلَّى اللهُ عَلَيْهِ وَسَلَّم
ގައި
އެހުރި މޮޅު، އަދި ރަނގަޅު ރީތި ނަމޫނާ ތިމާމެންގެ ފައިދަށަށް
އެއްލާލައި، އެންމެ ފަހުން ތިމާމެން ދީނުންވެސް ބޭރުވެގެން ދިއުމެވެ.
އެހެންނާފަހެ! އެމާތް ސާހިބާ ވަނީ ފިރިހެނުންނާއި، އަންހެނުން
މަސައްކަތް ކުރާނޭ ދާއިރާތައް ކަނޑައަޅުއްވާ ދެއްވައި،
ދެބައިމީހުންގެ
مَسْئُولِيَّة
ވަކިވަކިން އަންގަވާފައެވެ. އެވާހަކަތައް މިލިއުމުގައި މިހާރު ވާނީ
އިސްވެ ގޮސްފައެވެ.
އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭނޭ ފަދައިން
الله
އާއި، އެކަލާނގެ
رَسُولއާ
ކަމަކާ ދޭތެރޭ ގޮތެއް ނިންމަވައި ހަމަޖައްސަވައިފިއްޔާ ދެން އެޔާމެދު
ފާޑުކިޔައި އަމިއްލަ ގޮތް ހެދުން އެއްވެސް އިސްލާމަކަށް ހުއްދަ
ނުވާނެއެވެ.
إلهي
ބަސްފުޅު އައްސަވާށެވެ.
"وَما كانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إذا قَضَى الله
وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الخِيَرَةُ مِنْ أَمْرِهِمْ
وَمَنْ يَعْصِ اللهَ وَرَسُولَهُ فَقَدْ ضَلَّ ضَللاً مُبِيْنًا"
(الأحزاب: 36)
މާނައީ،
الله
އާއި، އެކަލާނގެ
رَسُولއާ
ކަމަކާމެދު ގޮތެއް ކަނޑައަޅުއްވައި، ނިޔާކުރައްވައިފިއްޔާ ދެން
مُؤْمِن
ފިރިހެނަކަށްވެސް، އަދި
مُؤْمِن
އަންހެނަކަށްވެސް އެކަމާމެދު ގޮތްކިޔައި ތިމާމެން އެޔާ
خِلاف
ގޮތެއް
إخْتِيار
ކުރުން ހުއްދަވެގެން ނުވެއެވެ. (އެޔާ އިދިކޮޅު ގޮތެއް
إخْتِيار
ކޮށްފި ނަމަ
الله
އާއި، އެކަލާނގެ
رَسُول
އާ އަށް އުރެދުނީއެވެ.) އަދި
الله
އާއި، އެކަލާނގެ
رَسُولއާއަށް
އުރެދިއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އެމީހަކު
ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ. މިއެވެ.
މިހެން މިހުރިހާ ކަމެއް ހުރިއިރު އެކަލޭގެފާނުގެ މާތް އިރުޝާދުތަކާ
ގާތްނުވެ އަދި އެޔާ
خِلافއަށް
އަންހެނުން ބޭރަށް ނެރެ، މިނިސްޓަރުކަމު، އަދި އަތޮޅުވެރިކަމު، އަދި
ނުވަތަ ކަތީބު ކަމު، އަދި މިނޫންވެސް ފިރިހެނުންގެ މައްޗަށް އަމުރު
ހިންގޭފަދަ
مَقام
ތަކަށް އެކަމަށް އެކަށީގެންވާ ފިރިހެނުން ތިބުމާއެކު، އެކަނބަލުން
އިސްކުރުން އިސްލާމް ދީނުގެ ހަމަތަކުން ހުއްދަވާ ގޮތަކީ ފަހެ
ކޮބައިބާވައެވެ؟؟؟
މިއީ ދެން ކިހާ ބޮޑުކަމެއް ހެއްޔެވެ؟
މިދެޖިންސު މިހާ ބޮޑަށް ހަމަހަމަވާ ކަމުގައި އަނގަފުޅާކުރަމުން
ދާއިރު
الله
އާއި، އެކަލާނގެ
رَسُولއާގެ
އެއްވެސް އަގެއް ނެތީ ބާވައެވެ؟
إسْلام
دِيْنގެ
ބޮޑު
أصْل
އަކާ މިހާވަރަށް އިދިވަމުން ދާއިރުވެސް މިކަމާއިމެދު ކަންބޮޑުވާ
إسْلامން
މިރާއްޖޭގައިވެސް ނެތީ ބާވައެވެ؟ ހިތާމަހުރި ކަމެކެވެ. ސައްތައިން
ސައްތަ އިސްލާމުން ކަމުގައި ވާތީ ވާގޮތްވެސް ކަންނޭގެ އެވެ. ހަމަ
ގައިމު
مُحَمَّد
صَلَّى اللهُ عَلَيْهِ وَسَلَّم
އަށް ބާވައިލެއްވި އިސްލާމް ދީނުގައި މިކަން މިގޮތަކަށް އޮތް
ކަމަކަށް
ފެންނާކަށް ނެތެވެ.
އަޅުގަނޑު މިވާހަކަ މިހާވަރަށްވެސް މިލިއުނީ
اللهގެ
حَضْرَة
ގައި އަޅުގަނޑުގެ
ذِمَّة
އެއް ނުއޮތުމަށް ޓަކައެވެ. އަޅުގަނޑު މިކަމަށް ދެކޮޅުހަދާ ވަރު
އެކަލާނގެ ދެނެވޮޑިގެން ވާނެއެވެ. އަދި އެޔާއެކު މިކަރުދާސްތައް
ކިޔައިލި މީހަކަށްވެސް މިކަން އެންގުމަށް ޓަކައެވެ. ކުށްވެރި
ނުވާނެތީއެއް ނޫނެވެ.
إسْلام
دِيْنގެ
دِفاع
ގައި ކުރެވޭ ކަމެއްގެ ގޮތުންނެވެ. އިސްލާމްދީނުގެ ފަރާތުން
دِفاع
ކުރުމަކީ އެންމެންގެވެސް
حَقّ
އެކެވެ. ކޮންމެ
مُسْلِمއެއްގެ
ފެންވަރު ހުރިވަރަކުން އެއީ ކޮންމެ
مُسْلِمއެއްގެ
ވާޖިބެކެވެ. ދުނިޔޭގެ އެންމެން މިކަމާ އިދިކޮޅުވިޔަސް އެއީ
އަޅުގަނޑަށް ފަރުވާލެއް ހުރިކަމެއް ނޫނެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(7)
ފިރިހެނުންނަށް
وَظِيْفَة
މަދުވުން.
ކޮންމެ ކަމެއްވެސް އެކަމެއް ހަމައިން ނެއްޓި، ހަމަ ނަހަމައަށް
ބަދަލުވެއްޖެއްޔާ އެކިބާވަތުގެ ގެއްލުމާއި، އުނދަގޫ ދިމާވާނެއެވެ.
ފިރިހެނުންނަށް ލިބެންވާ
وَظِيْفَة
ނުލިބި، ވަޒީފާގެ ދަތިކަމުގެ ވާހަކަ ދެކެވޭ އަޑުއިވެއެވެ. އަޅުގަނޑު
ދެކޭގޮތުގައި ރާއްޖޭގައިވެސް
وَظِيْفَة
އެއް މަދެއް ނޫނެވެ. ނަމަވެސް
حَقِيْقَة
ގައި
وَظِيْفَةގެ
حَقّ
ވެރި ނޫން ބައެއް އެކަމުގައި
مَشْغُول
ވާން ހަދައިގެން
وَظِيْفَةގެ
حَقّ
ވެރިންނަށް އެމީހުންގެ ފުރިހަމަ
حَقّ
ނުލިބުނީމާ
وَظِيْفَة
މަދުކަމުގައި ވަނީއެވެ.
ކުރިންވެސް
بَيان
ކުރި ފަދައިން އަންހެނުންނަކީ ވަރަށް
خاصّ
ގޮތްތަކެއް މެދުވެރިވެގެން މެނުވީ ގެއިން ބޭރުގައި މަސައްކަތްކުރުން
އޮތް ބައެއް ނޫނެވެ. އެމީހުންގެ މަސައްކަތުގެ މަރުކަޒަކީ ފިރިމީހާގެ
ގެއެވެ. އޭނާގެ ދަރިންނާއި، އޭނާގެ މުދާ ބެލެހެއްޓުމެވެ. އެއީ
މާތްވެގެންވާ މާތް
رَسُول صَلَّى اللهُ عَلَيْهِ وَسَلَّمގެ
صَحّ
އަދި
صَرِيْح حَدِيْثން
އެނގެން އޮތް ކަމެކެވެ. އަޅުގަނޑު މިދަންނަވަނީ އިސްލާމް
އަންހެނުންގެ ވާހަކައެވެ. މިދެންނެވި ހުރިހާ އަންހެނުން އެމީހުންނަށް
دِيْنގެ
ފަރާތުން
حَوال
ކުރެއްވި ވަޒީފާއަށް އައިސް، އެކަމުގައި
مَشْغُول
ވާނަމަ އޮފީހުގައި އެމީހުން ތިބެންވާ ގޮނޑިތަކުގައި އެތައް ބައިވަރު
ފިރިހެނުންނަށް އިށީންދެވޭނެއެވެ. އިސްލާމުންގެ ތެރޭގައި
އޮންނަންވާނޭ
حَقِيْقَة
އަކީ މިއީ ނޫންތޯއެވެ؟
އެހެން ނަމަވެސް މިބޮޑު
حَقِيْقَة
ނު
حَقِيْقَة
އަކަށް ހަދައި އޮފީސްތައް ފުރައި އަންހެނުން ލައި އެކުދިންގެ
ފަރިބަލަން ދެތިން ފިރިހެނުން ތިބުމުން ފިރިހެނުންނަށް
وَظِيْفَة
މަދުވާނޭ ނޫންތޯއެވެ؟
ފަށްފަށުން ދެންނެވޭ ފަދައިން އަންހެނުން ވަޒީފާ އަދާކުރަން
ޖެހިފައިވަނީ ގޭގައެވެ. މިފޮތުގެ ކުރީގެ ބާބެއްގައި
بَيان
ކޮށްދެވިފައިވާ (كُلُّكُمْ
راعٍ وَكُلُّكُمْ مَسْئُول)
މި
حَدِيْث
ގައި ވަނީ އަންހެނުންނަށްވެސް
مَسْئُولِيَّة
ވާކަން އަންގަވައި، އަދި އެ
مَسْئُولِيَّة
ބަޔާންކޮށްދެއްވާފައެވެ. އެއީ (وَالمَرْأَةُ
راعِيَةٌ فِى بَيْتِ زَوْجِها)
މި
عِبارة
ންނެވެ. އެތަން އަދި އެއްފަހަރު ކިއުއްވާށެވެ.
ތަނަކު ބަޔަކު އުޅޭހާ ގޮތަކަށް އިސްލާމް އަންހެން ކުދިން
ގޮތެއްފޮތެއް ނެތިގެން އުޅޭކަށް ނުޖެހެއެވެ.
إسْلام
دِيْن
ގައި އެކަނބަލުންނާއިގެން
مَسْئُول
ވާހައި
قابِلِيَّة
ކަން އެބަހުއްޓެވެ.
غَيْر
مُسْلِمންގެ
قَواعِد
ތަކަށް
إسْلامން
ބަދަލުވާން ވެއްޖެއްޔާ ވަރަށް އުނދަގޫ ވާނެއެވެ. އެހެނީ އިސްލާމުން
ނޫން އެހެން މީހުންނަކީ
آخِرَة
އާމެދު ސަމާލު ވާންޖެހޭ ބައެއް ނޫނެވެ. އެކަމަކު އިސްލާމުންގެ
ލަނޑުދަނޑިއަކީ
آخِرَةގެ
ކާމިޔާބީއެވެ. އެމީހުން އެކަމަށް ސަމާލު ވާންޖެހެއެވެ. ދެން
މިދެބައިމީހުން އެއްބަޔަކު އުޅޭ ގޮތަކަށް އަނެއް ބަޔަކު އުޅޭނީ
ކިހިނަކުން ހެއްޔެވެ؟
ދެން އެކަމަކު އަހުރެންގެ މި ވާހަކައަށް ކަންފަތެއް ދޭނީ
ކާކުހެއްޔެވެ؟
މުޅި ދުނިޔޭގެ ހުރިހާ ތާކު މިއޮތީ ޑިމޮކްރަސީގެ ކުނިބިސް
ދުއްވާފައެވެ.
مُسْلِمންނާއި،
غَيْر
مُسْلِمން
ހަމަހަމައެވެ. ފިރިހެނުންނާއި، އަންހެނުން ހަމަހަމައެވެ. ކުނޑިޔާއި،
ބިހާ އެކުވެފައެވެ. ދެން ވާނޭގޮތް ވަނީއެވެ. ހިތާމަހުރި ކަމެކެވެ.
މިއީވެސް ހަމަ ދުނިޔޭގެ
تارِيْخގެ
صَفْحَة
އެކެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(8)
ފިރިހެނުން ކުރަމުންދާ ބުރަ މަސައްކަތުގެ ދަރުމަ، އަންހެނުންނަށްވެސް
ލިބިދާނެފަދަ ގޮތެއް މިއޮތީ.
ދަންނައެވެ. ފިރިހެނުން ކުރަމުންދާ ބުރަ، އަދި އުނދަގޫ މަސައްކަތުން
ލިބިދާނޭ ދަރުމަޔާއި،
ثَواب
އަންހެނުންނަށްވެސް ލިބިދާނޭފަދަ ގޮތެއް އެބައޮތެވެ. ނަމަވެސް
عَمَل
ކުރުމުގެ
مَيْدان
ދެބައިމީހުންނަށް ތަފާތެވެ. ދަރުމަޔާއި،
ثَواب
ހަމަހަމައެވެ. ކޮންމެ ބައެއްވެސް އެބަޔަކު މަސައްކަތް ކުރަން ދީނުގެ
ފަރާތުން އަންގަވާފައިވާ ގޮތަށް އެދާއިރާގައި މަސައްކަތް
ކުރުމުންނެވެ. މިކަން އަޅުގަނޑުމެންނަށް މިއެނގެން އޮތީ
رَسُول الله صَلَّى اللهُ عَلَيْهِ وَسَلَّمގެ
حَدِيْث
އަކުންނެވެ. އެއީ ދިގު
حَدِيْث
އެކެވެ. ނަމަވެސް އެ
حَدِيْثގެ
نَصّ
އަހުރެން ތިޔަ ލޯބިވާ އަންހެން ކުދީންނަށް މިހުށައަޅަނީ ތިޔަކުދިން
އެވާހަކައިން އެދެވޭ ފައިދާއެއް
حاصِل
ކުރައްވާނޭ ކަމުގެ
أُمِّيْد
ގައެވެ.
بَيْهَقِى
އެކަލޭގެފާނުގެ
شُعَبُ
الإيْمان
ގައި
أسْماء بِنْت يَزِيْدُ
الأنْصارِيَّةގެ
އަރިހުން ރިވާކުރައްވާފައި ވެއެވެ. އެވާހަކައަކީ
"أنَّها
أَتَتِ النّبىَّ صَلّى اللهُ عليه وسلّمَ و هُوَ بَيْنَ أصْحابِهِ
فَقال: بِأبِى أنتَ وَ أُمِّى إنّى وافِدَةُ النِّساء إلَيْكَ
وَأعْلَم نَفْسِى لَكَ الْفِداء أمّا إنّهُ ماَ مِنْ اِمرأةٍ
كَائِنةٌ فِى شَرْقٍ وَلاَ غَرْبٍ سَمِعَتْ بمَِخْرَجِى هَذَا أَوْ
لمَ تَسْمَعُ إَِلاَّ وَهِىَ عَلى مِْثلِ رَأْي أَنَّ اللهَ بَعَثَكَ
بِالْحَقِّ إِلَى الِّرجَالِ وَالنِّسَاءِ فَآمَنَّا بِكَ وَبِإلِهكَ
الَّذِى أَرْسَلَكَ وَإِنَّا مَعْشَرَ النِّسَاءِ مَحْصُوْرَاتٌ
مَقْصُوْرَاتٌ قَوَاعِدَ بُيوتِكُم وَمَقْضَى شَهَوَاتِكُم
وَحَامِلاَتِ أَوْلادِكُم وَإِنَّكُم مَعَاشِرَالرِّجَالِ
فُضِّلْتُمْ عَلَيْنَا باِلْجُمْعَةِ وَالجَمًاعَةِ وَعِيَاَدةِ
اْلَمَرْضَى وَشُهُوْدِ اْلجَنَائِزِ وَالْحَجِّ بَعْدَالْحَجِّ
وَأَفْضَلُ مِنْ ذَالِكَ الجِِْهَادُ فِِى سَبِيْل اللِه وَإِنَّ
الرَّجُلَ مِنْكُمْ إِذَا خَرَجَ حَاجًا أَوْ مُعْتَمِرًا أَوْ
مُرَابطًاً حَفِظْنَا لَكُمْ أَمْوَالَكُمْ وَغَزَلْنَا لَكُمْ
أَثْوَاباً وَرَبَّيْنَا لَكُمْ أَوْلادَكُمْ فَمَا نُشَارِكُكُمْ
فِى الأَجْرِ يَا رَسُولَ اللهِ؟ قاَلَ: فَالْتَفَتَ النَِّبِىُّ
صَلّى اللهُ عليه وسلّم إِلىَ أَصْحَابِهِ بِوَجْهِهِ كُلِّهِ ثمُّ
قاَلَ: هَلْ سَمِعْتُمْ مَقَالَةَ امْرَأَةٍ قَطُّ أَحْسَنُ مِنْ
مَسْأَلَتِهَا فِى أَمْرِ دِيْنِهَا مِنْ هَذِهِ؟ فَقَالُُوا: ياَ
رَسُولَ اللهِ مَا ظَنَنَّا أَنَّ المْرَأَةَ تهَتَدِى اِلَى مِثْلِ
هَذَا. فاَلْتَفَتَ النَِّبىّ صَلّى اللهُ عليه وسلّم إليَهْاَ ثمُّ
َّقاَلَ لهَاَ: اِنْصَرِفِي أَيَّتُهاَ المْرَأْةَُ وَأَعْلَمِي مَنْ
خَلْفَك مِنَ النِّسَاءِ أَنََّ حُسْنَ تَبَعُّلِ إِحْدَاكُنَّ
لِزَوْجِهَا وَطَلبَِهَا مَرْضَاتِهِ وَاتِّبَاعِهَا مُوَافَقَتَهُ
تَعْدِلُ ذَلِكَ كُلِّهِ. قاَلَ: فَأَدْبَرَتِ الْمَرْأةُ وَ هِىَ
تهُللُ وَتُكَبِّرُ اِسْتِبْشَارًا"
މާނައީ: (އެއްދުވަހަކު)
أسْماء بِنْت يَزِيْدُ الأنْصارِيَّة
ކިޔާ ބޭކަނބަލަކު
نَبِىّއާ
صَلّى اللهُ عليه وسلّمَ،
އެކަލޭގެފާނުގެ
أصحابންގެ
އަރިހުގައި ވަޑައިގެން އިންނަވަނިކޮށް ވަޑައިގެން ދެންނެވިއެވެ. އޭ
رَسُولُ
اللهِ
އެވެ. ތިމަން ކަމަނާގެ ބައްޕައާއި، މަންމަ ކަލޭގެފާނަށް ފިދާއެވެ.
ތިމަންކަމަނާ މިއައީ އަންހެނުންގެ
جَماعَة
އެއްގެ ފަރާތުން (وَفْد
އެއްގެ ފަރާތުން) ކަލޭގެފާނުގެ އަރިހަށް ފޮނުއްވީމައެވެ. ތިމަން
ކަމަނާގެ
نَفْس
ކަލޭގެފާނަށް
فِداء
އެވެ. އިރުމަތީގައިވެސް، ހުޅަނގުގައިވެސް ތިމަން ކަމަނާގެ މި
ނުކުތުމުގެ
مَقْصَدގެ
އަޑުއެހި ކޮންމެ މީހަކަސް އަދި އަޑު ނުއިވޭ އަންހެނަކު ހުއްޓަސް
އެކޮންމެ މީހެއްގެ
رَأْي
އަކީ ހަމަ އެއް
رَأْي
އެކެވެ. ހުރިހާ އަންހެނުންގެ ބަހަކީ ހަމަ އެއް ބަހެކެވެ. ތިމަން
ކަމަނާގެ
رَأْي
އެވެ.
"ހަމަކަށަވަރުން ކަލޭގެފާނު
رَسُول
ކަމާއިގެން ފޮނުއްވާފައިވަނީ ފިރިހެނުންނާއި، އަންހެނުންގެ ގާތަށެވެ.
ދެންފަހެ ތިމަން ބޭކަނބަލުން ކަލޭގެފާނަށް އީމާންވެ، ކަލޭގެފާނަށް
تَبَع
ވެއްޖައީމެވެ. އަހުރެމެން އަންހެނުންގެ
جَماعَة
މިވަނީ ތިޔަބޭކަލުންގެ ގެތަކުގައި ހިފެހެއްޓިފައެވެ. ގެތަކުގެ
އަސާސުތައް ހިފެހެއްޓުމުގައި ބަންދުވެފައެވެ. އަދި ތިޔަބޭކަލުންގެ
شَهْوَة
ފުއްދައިދޭ ބަޔަކު ކަމުގައެވެ. އަދި ތިޔަބޭކަލުންގެ ދަރިންނާއިގެން
ބަލިވެއިނުމުގައެވެ. އެކުދިން ވިހައިގެން ބެލެހެއްޓުމުގައެވެ. އަދި
ފިރިހެނުންގެ ތިޔަ
جَماعَة
އަޅުގަނޑުމެން އަންހެނުންގެ
جَماعَةގެ
މައްޗަށް މާތްކުރެވިގެންނެވެ. އެއީ ހުކުރު ނަމާދުގެ
جَماعَة
އަށް ދިއުން ކަނޑައެޅިގެން ވުމާއި، އަދިވެސް އެހެނިހެން
جَماعَة
ތަކަށްވެސް ދިއުމާއި، އަދި ބަލިމީހުންނަށް ގޮވާލަން ދިއުމާއި،
ކަށުކަމާކެމީގެ ކަންތަކަށްވެސް
حاضِر
ވުން ކަނޑައެޅިގެން އޮތުމާއި، އަދި އެއް
حَجّ
އަށްފަހު އަނެއް
حَجّ
އަށްވެސް ދިއުމެވެ. އަދި މިހުރިހާ ކަމަކަށްވުރެ މާތްވެގެންވާ
اللهُގެ
މަގުގައި
جِهاد
ކުރުންވެސް އެމީހުންނަށް ކަނޑައެޅިގެން ވުމެވެ. (މިއިން ކޮންމެ
ކަމެއްގައި އެމީހުންނަށް ގިނަ ދަރުމަޔާއި، ސަވާބެވެ.)
އަދި ފިރިހެނުން
حَجّ
އަށް ނުވަތަ
عُمْرَة
އަށް ނުވަތަ
مُرابِطا
އަށް (ހަނގުރާމައިގެ ފާރަވެރިކަމަށް) ނުކުމެއްޖެއްޔާ އަޅުގަނޑުމެން
އަންހެނުން ފިރިހެނުންގެ މުދާ ރައްކާ ކުރަމުއެވެ. އަދި ފިރިހެނުންގެ
ފޭރާން ތައްޔާރުކޮށް ފަހައިދީ ހަދަމެވެ. އަދި ފިރިހެނުންގެ ކުދިން
ބަލަހައްޓައި،
تَرْبِيَّة
ކުރަމުއެވެ.
އޭ
رَسُولُ اللهِ
އެވެ. ފިރިހެނުންނަށް ލިބިގެން މިވާ ގިނަ ހެޔޮތަކުގައި އަޅުގަނޑުމެން
އަންހެނުންވެސް ބައިވެރި ކުރައްވަންވީ ނޫންތޯއެވެ؟ (އަޅުގަނޑުގެ
ވާހަކައަކީ މިއީއެވެ.)"
ދެންފަހެ
رَسُولُ اللهِ صَلّى اللهُ عليه وسلّمَ
އެކަލޭގެފާނުގެ
أصْحابންނާ
ދިމާއަށް އެނބުރިވަޑައިގެން
حَدِيْث
ކުރެއްވިއެވެ. އެމީހެއްގެ
دِيْن
އާމެދު މިހާ ރަނގަޅު ސުވާލެއް ކުރެއްވި އެއްވެސް އަންހެނަކު
ތިޔަބޭކަލުންނަށް އެނގިވަޑައިގެން ވޭތޯއެވެ؟ އެބޭކަލުން
ދެންނެވިއެވެ. އޭ
رَسُولُ اللهِ
އެވެ. އަންހެނުނަށް މިވަރުގ
ެތެދުމަގެއް ވާކަމަކަށް އަޅުގަޑުމެން ހީނުކުރަމެވެ.
ދެން
رَسُولُ اللهِ صَلّى اللهُ عليه وسلّمَ
(އެކަމަނާއަށް)
حَدِيْث
ކުރެއްވިއެވެ. އޭ
أسْماء
އެވެ. ކަމަނާ ވަޑައިގަންނަވާށެވެ. އަދި ކަމަނާގެ ފަހަތުގައިވާ
އެހެނިހެން އަންހެނުންނަށްވެސް އަންގަވާށެވެ. 'ތިޔައިން ބޭކަނބަލަކު
އޭނާގެ ފިރިމީހާއާއެކު ރަނގަޅު ގޮތުގައި ލޯބިކޮށްދިނުމާއި، އަދި
ފިރިމީހާގެ ރުހުން ހޯދުމަށް އެދިގަތުމާއި، އަދި ފިރިމީހާ އެއްބަސްވެ
مُوافِقވާ
ކަންކަމުގައި އޭނާޔާ އަންހެނުން
تَبَع
ވުމާއި މިކަންކަން، ކަމަނާ ތިޔަ އެދިވަޑައިގެންނެވި ހުރިހާ ކަމަކާ
ހަމަހަމައެވެ. (އެބަހީ އެކަމުން ލިބޭ ދަރުމަޔާއި،
ثَواب
ހަމަހަމައެވެ.)' މިއެވެ. ދެންފަހެ،
أسْماء
އެނބުރި ވަޑައިގެންނެވީ އުފަލުން
تَهْلِيل
ކިޔަމުން،
تَكْبِيْر
ކިޔަމުންނެވެ. މިއެވެ.
ޝައްކެއްވެސް ނެތެވެ. މި
عِبْرَةތެރި
ވާހަކަ އޮޅުމެއް ނެތި އަޅުގަނޑުމެންނަށް
بَيان
ކޮށްދެއްވަނީ ފިރިހެނުން
آخِرَة
އަށްޓަކައި
ثَواب
އާއި، ދަރުމަ
حاصِل
ކުރުމަށް މަގެއް ވާކަމާއި، އަދި އަންހެނުންނަށްވެސް އެމީހުންގެ
آخِرَة
އަށް ޓަކައި
ثَواب
އާއި، ދަރުމަ
حاصِل
ކުރުމަށް މަގެއް ވާކަމެވެ. އަދި ދެބައިމީހުންނަށް ވަނީ ތަފާތު
ދެމަގެކެވެ. ނަމަވެސް ކޮންމެ ބަޔަކަށް
ثَواب
އާއި، ދަރުމަ ލިބުން ވެއެވެ. ފިރިހެނުންނަށް އޮތީ އެމީހުންގެ
ގަދަފަދަ ހަށިގަނޑާ ގުޅޭގޮތުން ގަދަ މަސައްކަތެވެ. ދިރިއުޅުމުގެ
ހުރިހާ
مَيْدان
އެއްގައެވެ. އަންހެނުންނަށް އޮތީ އެމީހުންގެ ލޫޅާފަތި، ރީތި، ޗާލޫ،
އަދި ހިތްގައިމު ހަށިގަނޑާ ގުޅޭ ލޯބިވެތި މަސައްކަތެވެ.
ފިރިހެނުންނާއެކު ލޯބިކޮށްދިނުމާއި، އެމީހުންނާއެކު މަޖާ ނަގައި،
ފިރިހެނުން ހިތްހަމަޖައްސައިދިނުމެވެ. މިއީ ދެން އަންހެނުންނަށް
ކޮންފަދަ އުފާވެރި ހިތްގައިމު
خَبَر
އެއްތޯއެވެ؟
އޭ ލޯބިވާ އަންހެންކުދީންނޭވެ! ތިޔަކުދިންގެ ތިޔަ ރީތި، ނަލަ އަދި
ލޫޅާފަތި ހަށިގަނޑާއެކު ފިރިހެނުންގެ ތެރެއަށް ނުކުމެ،
މަސައްކަތްކޮށް، ދާހިއްލާ ގުނބުހިލި، ވަރުބަލިވާކަށް ނުޖެހެއެވެ.
ތިޔަކުދިންނާ
اللهُ
حَوال
ކުރެއްވި
عِزَّة
ތެރި، ލުއިފަސޭހަ މަޖާ
وَظِيْفَة
އަދާކުރައްވާށެވެ. ފިރިމީހާ ހިތްހަމަޖައްސައިދެއްވުމެވެ. އަދި
ފިރމީހާގެ ގެޔާއި، އޭނާގެ ދަރިންނާއި، އަދި ދެން އޭނާގެ މުދާ
ބަލަހައްޓައިދިނުމެވެ. އެއީ ތިޔަކަނބަލުންގެ
مَسْؤُؤلِيَّة
އެވެ.
قِيامَة
ދުވަހުން އެކަންކަމާމެދު
سُؤال
ކުރައްވާނެ ކަމަށް
صَحّ
حَدِيْثން
ސާބިތެވެ. ވީމާ، އަންހެނުން ވިސްނާލަން ޖެހޭ ކުޑަކުޑަ ތަންކޮޅަކީ
ސީދާ
اللهُ
އާއި، އެކަލާނގެ
رَسُولއާ
އަށް އަނބިމީހާ އުރެދެވޭފަދަ ކަމަކަށް ފިރިމީހާ އަމުރުކުރޭތޯ އެވެ.
އެފަދަ ކަމަކަށް، އާދެ!
اللهُ
އާއި، އެކަލާނގެ
رَسُولއާ
އަށް އުރެދެވޭފަދަ ކަމަކަށް ފިރިމީހާ
أمْر
ކުރިނަމަ ދެން އޭނާއަށް ކިޔަމަންވުމެއް ނެތެވެ.
حَدِيْث
ގައި ވަނީ
"لاطاعَةَ
لِمَخْلُوقٍ
فِى
مَعْصِيَةِ
الْخالِق"
މިފަދައިންނެވެ. އެބަހީ: ތިމާ ހެއްދެވި
خالِق
ވަންތަ
اللهُ
އަށް އުރެދެވޭ ކަމެއްގައި އެއްވެސް
مَخْلُوق
އަކަށް ކިޔަމަންވުމެއް ނެތެވެ. މިއެވެ. ދެން އެހެން ހުރިހާ
حالَة
އެއްގައިވެސް ފިރިމީހާއަށް ކިޔަމަން ވުމެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(9)
އެއީ އޮޅުމެއް ނުވަތަ އޮޅުވާލުމެއް.
عِلْمُ
ވެރިން ކަމުގައި ހެދިގެން އުޅޭބައެއް މީހުން ފިރިހެނުންނާއި
އަންހެނުން ހަމައޭ ކިޔައިގެން ވާހަކަ ދައްކަމުން ގޮސް، އޭގެ
ދަލީލަކަށް
قُرْآنُގެ
ބައެއް އާޔަތްވެސް ކިޔަމުންދެއަވެ. އަދި އެކިއުއްވާ އާޔަތުގެ
އަލީގައި އަންހެނުންތައްވެސް ހަމަ އެކައްޗަކަށް ވެގެން
ތެޅިބައިލަނީއެވެ. އެބުނާ ހަމަހަމައެއް އެވަނީކޮން
نَظر
އަކުންތޯ ބަލައެއްނުލައެވެ. ވެރިކަމުގެ؛ އަތޮޅުވެރިކަމުގެ؛ އަދި
މިނޫންވެސް އެހެނިހެން މަޤާމުތަކަށްވެސް މީހުންބޭނުންވެގެން
إِعْلاَن
ކޮށްލާ އިރަށް އަންހެނުންވެސް ކުރިމަތިލުމުގެ ދޮރު މިވަނީ
ހުޅުވާލެވިފައެވެ. ކުރިމަތިލަނީއެވެ. ކަތީބުކަން، އަތޮޅުވެރިކަން،
މެންބަރުކަން، ވަޒީރުކަން އަދި ރައީސްކަންވެސް އެކަނބަލުންނަކަށް
ދައްޗެއްނޫނެވެ. ހަމަހެއުވަރެވެ. ވާނީވެސް އެހެންތާއެވެ. ދެފަރާތް
އެހާ ހަމަހަމައެވެ. ހަމަހަމަކަމުގެ އާޔަތްވެސް އެމީހުން ދެކޭގޮތުގައި
މިއޮތީއެވެ. ވިދާޅުވާށެވެ.
"مَنْ
عَمِلَ صَالِحاً مِّن ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ
فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم
بِأَحْسَنِ مَا كَانُواْ يَعْمَلُونَ"
(النَّحْلُ
:(97
މާނައީ: ފިރިހެނަކު ނަމަވެސް ނުވަތަ އަންހެނަކުނަމަވެސް
إِيْمَان
ވެގެން ހުރެ
صَالِح
عَمَل
ކޮށްފި ކޮންމެ މީހަކު (ދަންނައެވެ. ) ފަހެ ހަމަކަށަވަރުން
ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅުވެގެންވާ ދިރިއުޅުމެއް (حَيَاة
އެއް) ދެއްވާހުށީމެވެ. އަދި އެމީހުން ކުރާކަމުގައިވީ
ކަންތައްތަކަށްވުރެ މާރަނގަޅު ހެޔޮ ދަރުމަ ތިމަން ރަސްކަލާނގެ
އެމީހުންނަށް ދެއްވާނެކަން ކަށަވަރެވެ. މިއެވެ. ފިރިހެނުންނާއި
އަންހެނުން ހަމަހަމަ ކަމުގައި ހަދައިގެންވާހަކަ ދައްކާ މީހުން
މިދެބައިމީހުން ހަމަހަމަ ކަމުގެ
دَلِيْلُ
އަކަށް މިދެންނެވި އާޔަތް ނުވަތަ އެމާނައިގެ އާޔަތެއް ކިޔައެވެ.
ނަމަވެސް ސުވާލަކީ އެއީ ކޮންކަމެއްގައި ހަމަވާވާހަކައެއްތޯއެވެ.
ދަންނަވަންތޯއެވެ. މިއާޔަތުގައި މިވަނީ
ކޮންމެ ބަޔަކުވެސް އެބަޔަކަށް ދީނުގެ ފަރާތުން ޙަވާލު ކުރެއްވި
ކަންތައް ރަގަނޅު ކުރީމާ
اللهُ
ދެއްވާނޭ އިނާމުގެ ވާހަކައެވެ. އެއީ ރަނގަޅު
حَيَاةُ
ދެއްވާނެ ވާހަކައެވެ. ދުނިޔޭގައި އުޅޭއިރު ފިރިހެނުންނާއި އަންހެނުން
عَمَليِ
مَيْدانُ
ގައި ހަމަހަމަވާ ވާހަކައެއްނޫނެވެ. ފިރިހެނުން އޮފީހަށް ދިޔައިމާ
އަންހެނުންވެސް އޮފީހަށް
ދާން ވާނެ
ވާހަކައެއްނޫނެވެ. އޮޅުވައި ނުލައްވާށެވެ، މިއާޔަތުގެ ތަރުޖަމާގައި
مُفَسِّرُން
ދެތިން
ނުގުތާއެއް ފާހަގަ
ކުރައްވައެވެ. ފުރަތަމަ ނުގުތާއަކީ އާޔަތުގައި އެވާ ރަނގަޅު
حَيَاةُގެ
މާނައަކީ ކޮބައިތޯއެވެ. މިނުގުތާއެވެ.
تَفْسِيْرُ
قُرْطُبِىއާއި
تَفْسِيْرُ
ابْنِ
كَثِيْرއާއި
އަދި
تَفْسِيْرُ
الطَّبَرِى
އަދި މިނޫންވެސް ބައެއް
تَفْسِيْر
ފޮތްތަކުގައި ބަޔާން ކުރައްވާފައި ވަނީ ހަމަ ދާދި އެއްމާނައެކެވެ.
އެކި
تَفْسِيْرُ
ގައި
عِبِارةގެ
ކުޑަތަފާތެއް ހުއްޓަސް އެއީ ހަމައެކައްޗެކެވެ. އެބޭބޭކަލުންގެ
ބަސްތައް
جَمَع
ކުރީމާ ރަނގަޅު
حَيَاةއެއްގެ
މުރާދަކަށްވަނީ އެހެންޏާ
حَلاَل
رِزق
އެވެ. ނުވަތަ ފުއްދުންތެރިކަމެވެ. ނުވަތަ ބާއްޖަވެރިކަމެކެވެ. ނުވަތަﷲއަށް
ކިޔަމަންތެރި ވުމަށް
تَوفِيق
ދެއްވުމެވެ. މިއެވެ.
އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ސުވަރުގެ ދެއްވާނެ ވާހަކަ
ކަމަށެވެ. ކޮންމެއަކަސް އެފަދަ ރަނގަޅު
حَيَاةއެއް
ދެއްވުމަށް ދެ
شَرُط
އެއްވާކަން އާޔަތުގެ
صَرِيحَ
عِبِارةން
އެބަ އެނގެއެވެ. އެއީ:
1.
اللهُ
އަށާއި އެކަލާނގެ
رَسُوْلއާ
އަށް އީމާންވެގެން ވުމެވެ.
2.
ދެވަނަ
شَرُط
އަކީ އެމީހަކު
صَالِح
عَمَل
ކުރުމެވެ.
صَالِح
عَمَل
ކަމުގައި
ابْنِ
كَثِيْرގެ
تَفْسِيْرُ
ގައި މިއާޔަތުގެ
تَفْسِيْرُ
ލިޔުއްވަމުން ލިޔުއްވާފައިވަނީ
صَالِح
عَمَل
އަކީ
اللهُ
تَعَالَىގެ
ފޮތާއި
تَبَع
ވެގެންވާ އަދި އެކަލާނގެ
رَسُوْلއާގެ
سُنَّة
އާއި
تَبَع
ވެގެންވާ
عَمَل
އެވެ. އެފަދަ
عَمَل
ކޮށްފިނަމަ މުއުމިނު ފިރިހެނަކަސް އަދި މުއުމިނު އަންހެނަކަސް
އެމީހަކަށް އެކަލާނގެ ރަނގަޅު
حَيَاةއެއް
ދެއްވާނެއެވެ. މިއެވެ. ވީމާ ދެބައިމީހުންވެސް
عَمَل
ކުރުމުގައި ދެ
مَيْدَانއެއް
ވާކަމާއި އަދި ދެބައި މީހުން ކުރަންޖެހޭ
عَمَلގާ
ތަފާތު ހުރިކަން މިލިޔުންތަކުގައި ބަޔާންވެ ހިނގައްޖެއެވެ. އެއީ ﷲ
އާއި އެކާލާނގެ
رَسُوْلއާ
ރުހިވޮޑިގަންނަވާ
عَمَل
އެވެ.
صَالِح
عَمَل
އަކަށްވާނީ އެދެފަރާތުގެ އަމުރާ
خِلاف
ނުވާ
عَمَل
އެވެ. އަންހެނުން އެއްވެސް ހަމައެއް ލަމައެއްނެތި ބޭރަށްނުކުމެ ހިލޭ
ފިރިހެނުންނާއެކު މައްސުނިވެ ފުރިހަމައަށް ނިވައިނުވެތިބެ ދެޖިންސު
އެއްކޮށް މަސައްކަތްކޮށް، ކުޅެ މަޖާނެގުމުން
صَالِح عَمَل
އަކަށް ވާނެބާވައެވެ؟؟ އާޔަތުގައި އެއަންގަވާ ރަނގަޅު
حَيَاةގެ
އަހުލުވެރިން ކަމުގައި ވާނެބާވައެވެ. ނުވާނެއެވެ.
ދެން އަނެއްކޮޅުން ބަލާއިރު އާޔަތުގައި އެވަނީ ރަނގަޅު
حَيَاةއެއް
ދެއްވާނެ ވާހަކައެވެ. އެހެންވީއިރު ފިރިހެނުންނަށް ދެއްވާނެ ރަނގަޅު
حَيَاةއެއް
َއަންހެނުންނަށް
ދެއްވުމެއް އަދި ލާޒިމެއް ނޫނެވެ. އަންހެނުންނަށް އެމީހުންނާ
އެކަށިގެންވާ ރަނގަޅު
حَيَاةއެއް
ކަމުގައިވެސް ވެދާނެއެވެ. އަދި ފިރިހެނުންނަށްވެސް އެމީހުންނާ
އެކަށީގެންވާ ރަނގަޅު
حَيَاةއެއް
ކަމުގައިވުންވެސް އެކަށީގެން ވެއެވެ. މިހެން މިދެންނެވީ
ފިރިހެނުންނަށް ސުވަރުގޭގައި އެތައް
حُوْرُ
العَيْن
އެއް ލިބޭނެކަމުގެ ޚަބަރު އެބަހުއްޓެވެ. ނަމަވެސް އެންމެ
އަންހެނަކަށް އެތައް ފިރިންނެއް ލިބޭނޭކަމުގެ
خَبَرُ އެއްނެތެވެ.
ދެބައިމީހުންނަށް ދެއްވާނެ ރަނގަޅު
حَيَاة
ހަމަ އަކުރުން އަކުރަށް ސެންޓުން ސެންޓަށް ހަމަހަމަ ވުން ލާޒިމެއް
ނޫނެވެ.
ދެން އަނެއްކަމަކީ ކީރިތި
قُرْآن
ގައި ގާތްގަޑަކަށް މިފަދަ މާނަދޭ ދެތިން އާޔަތެއް ވެއެވެ.
އެއްއާޔަތަކީ
نِسَاء
ސޫރަތުގެ 124 ވަނަ އާޔަތެވެ. އަނެއްއާޔަތަކީ
النحل
ސޫރަތުގެ 97
ވަނައާޔަތެވެ. އަނެއްއާޔަތަކީ
غَافِر
ސޫރަތުގެ
40 ވަނަ އާޔަތެވެ. މިއާތްތަކުގެ
سَبَبُ النُّزُول
އަށް ބަލާއިރު މިއީ
يَهوديންނާއި
نَصَارَىއިންނާއި
އަދި
مُشْرِكُންނާއި
މިއެންމެންގެ މައްޗަށް ބާވައި ލައްވާފައިވާ ރައްދެއްކަމުގައިވިއެވެ.
قُرْطُُبِِى تَفْسِيْرُ
ގައި
نَحَلُ
ސޫރަތުގެ 97 ވަނަ އާޔަތުގެ ތަފްސީރު ލިއުއްވަމުން ލިއުއްވާފައި
ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
اَبُو صَالِح
ވިދާޅުވިއެވެ.
تَوْرَاة ُގެ
އަހުލުވެރިން
ކުރެ
ބަޔަކާއި
اِنْجِيْلُގެ
އަހުލުވެރިން
ކުރެ
ބަޔަކާއި އަދި
ބުދަށް އަޅުކަން
ކުރާބަޔަކާއި އެއްވެތިބެ އެއްބަޔަކު އަނެއްބަޔަކަށް ބުނެއެވެ.
އަހުރެމެން މާމޮޅެވެ. ދެންތިބި
މީހުންވެސް ބުނަނީ އަހުރެމެން މާމޮޅެވެ. އަދި
އަނެއް
ބަޔަކުވެސް ބުނަނީ އަހުރެމެން މާމޮޅެވެ. ދެންފަހެ
اللهُ تَعَالَى
މިއެންމެންގެ މައްޗަށް ރައްދުކުރައްވައި މިއާޔަތް ބާވައިލެއްވިއެވެ.
ކޮންމެ ބައެއް ނަމަވެސް
اللهُ
އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ
صَالِح
عَمَلُ
ކުރިއްޔާ އެބަޔަކަށް ރަގަޅު
حَيَاةއެއް
ދެއްވާނެކަން އެންގެވީއެވެ.
يَهودي
އަކަސް
نَصَارَى
އަކަސް އަދި
ސީދާ
مُشْرِكُ
އަކަސް އެ
شَرْطُ
ތައް ހަމަވެއްޖެއްޔާއި އެރަނގަޅު
حَيَاة
ދެއްވާނެއެވެ. ދެން އޭރުން ކިޔޭނީ އިސްލާމުންގެ ނަމުންނެވެ.
މިއާޔަތަކީ އެއްގޮތަކަށްވެސް ތިޔަ ވިދާޅުވާގޮތަށް އަންހެނުންނާއި
ފިރިހެނުން އެއްވެސް ތަފާތެއްނެތި ދިރިއުޅުމުގެ ހުރިހާ
މައިދާނެއްގައި އަދި ހުރިހާ މަސައްކަތެއްގައި ހަމަހަމަވާ
ވާހަކައެއްނޫނެވެ. އަދި އެހެންނޫނަސް އިސްލާމުދީނުގެ
عَدَاوَةތެރިން
އަބަދުވެސް މަސައްކަތް ކުރާނީ މިބާވަތުގެ އޮޅުވާލެވިދާ ފަދަ
އާޔަތަކުން ޖާހިލުންނަށް އޮޅުވާލުމަށެވެ. އެވާހަކަ
آلُ عِمْرَان
ސޫރަތް ފެށޭތާގައި
وَحِي
ކުރައްވާފައި ވެއެވެ. އެއީ
"فَأَمَّا الَّذِينَ في قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا
تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ
وَمَا يَعْلَمُ تَأْوِيلَهُ إِلاَّ اللَّهُ"
(آلُ
عِمْرَان:7).
މާނައީ ފަހެ އެބައިމީހުންގެ ހިތްތަކުގައި
حَقُّ
އާއިދުރަށް ލެބޭގޮތް ހުރިމީހުން ދަންނައެވެ. ފަހެ އެމީހުން
تَبَعِ
ވާނީ ( ކީރިތި
قُرآن
ގެ) އާޔަތްތަކުގެ ތެރެއިން
مُتَشَابِه
އާޔަތްތަކަށެވެ. އެއީ
މީސްތަކުން
ފިތުނަވެރި
ކުރުވުމަށެވެ.
އަދި
އެމީހުން
ބޭނުންގޮތަކަށް
އެމީހުންގެ
هَوَى
نَفُسُ
އެދޭ ގޮތަކަށް އެއާޔަތްތަކުގެ
تَأوِيْل
ކުރުމަށް އެދިގެންނެވެ. އެމީހުން ބޭނުންގޮތަކަށް ބަދަލުކޮށްލަން
އެދިގެންނެވެ. އެކަމަކު އެފަދަ އާޔަތުގެ އަސްލު ފުރިހަމަ މާނަ
ހަމައެކަނި
اللهُ
އަށް މެނުވީ ނޭނގޭނެއެވެ. މިއެވެ.
·
ދަންނައެވެ.
مُتَشَابِه
އާޔަތަކީ ދެގޮތަކަށް ނުވަތަ އެއަށްވުރެ ގިނަގޮތްގޮތައް މާނަ
ކުރެވިދާފަދަ ގޮތަށް ހުންނަ އާޔަތެވެ.
قُرآن
ގައި ދެންހުންނާނީ
مُحْكََم
އާޔަތެވެ. އެއީ މާނަ ސާފު ސީދާކޮށް މާނަ ކިޔޭ ގޮތަށް ހުންނަ
އާޔަތެވެ.
އަދި އަސްލަށް ބަލާއިރު އަޅުގަޑު މިވާހަކަދައްކާ
النَّحْل
ސޫރަތުގެ 97 ވަނަ އާޔަތަކީ ހަމަސާފުކޮށް އޮޅުމެއްނެތި މާނަ އެނގޭ
އާޔަތެކެވެ. އެއީ ކޮންމެ ބަޔަކަށް ނިސްބަތްވާ ކޮންމެ މީހެއް ނަމަވެސް
އަދި ފިރިހެނަކަސް އަންހެނަކަސް
إيْمَانْ
ވެގެން
صَالِح
عَمَلُ
ކުރިއްޔާ އެމީހަކަށް ރަގަޅު ޙަޔާތެއް ދެއްވާނެ ވާހަކައެވެ.
ދެންމިވާހަކަ މިލިއުމާއި އެކަށީގެންވާ ވަރަށް ވުރެ މާދިގުވާތީ
ކުރުކޮށްލީއެވެ. ބުއްދިވެރިންނަށް އިޝާރަތަކުންވެސް ފުދޭނެއެވެ.
ފިހުރިސްތަށް ދިއުމަށް.
فصل
(10)
ރަނގަޅު ނޫން
سُرُخِي
އެއް
އަޅުގަނޑުގެ މިވާހަކަ މާދިގުވާ ވަރުން ކުރުކޮށްލެވޭތޯ މަސައްކަތް
ކުރަމުންވެސް އަދިވެސް ހަމަ އެއްޗެއް ދަންނަވައިނުލައި ނިންމޭކަށް
ނެތެވެ. ވާނީވެސް އެހެންނެވެ. އިސްލާމް ދީނުގެ
عَدَاوَةތެރިން
އަބަދުވެސް މަސައްކަތްކުރަނީ ކުރެވެން އޮތްވަރަކުން
إسْلاَم دِيْن
އޮޅުވާ އަދި
دِيْنُގެ
أصُوْلُ
ތައް ބަރުބާދު ކުރެވޭތޯއެވެ.
إسْلاَم
دِيْن
ގައި މިހާ ހާމަކޮށް އޮތްކަމެއްވެސް، އާދެ! ފިރިހެނުންނާއި
އަންހެނުންގެ މިހާ ބޮޑު ތަފާތު ކަމެއް ހުރުމާއި އެކުވެސް
ދެބައިމީހުން ހަމަހަމަ ކަމުގައި ވާހަކަ ދައްކާ މީސްތަކުންނަށް އޮޅުވާ
ވާވައްދާ ހަދަނީއެވެ. އަދިއެކަމުގައި ރަގަޅު
عَالِمُންކަމުގައި
ގުނައިލެވޭ ބައެއް މީހުންވެސް ބައިވެރިވެ އެއޮޅުވައިލުން
حَقِيْقَةއަކަށް
ހެދޭތޯ ހިތްވަރު ކުރައްވަނީއެވެ. ކިހާ ހިތާމަ ހުރިކަމެއްތޯއެވެ.
މީގެތެރޭގައި މިހާރު ރާއްޖޭގައި މަތީ ގްރޭޑު ތަކަށް ކިޔަވައިދޭ
ފޮތެއްގައި އޮތް
سُرخِيْ
އަކާއިމެދު ހިތާމަ ކުރީމެވެ. އެއީ ގްރޭޑު ދިހައެއްގެ އިސްލާމިކު
ސްޓަޑީޒް ކިޔާ ފޮތުގެ 104 ވަނަ
صَفْحَةގެ
އަރިމަތި
سُرْخِي،
"ފިރިހެނުންނާއި އަންހެނުންގެ ހަމަހަމަކަން"، މި
سُرخِي
އެވެ. މިސުރުޚީގެ ދަށުގައި ލިއުއްވާ ލިއުއްވުން ފައްޓަވާފައިވަނީ
"އާދަމުގެ ދަރިވަންތަ ކަމުގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ
ބަޔަކު ކަމުގައިވާއިރު އަންހެނުންނާއި ފިރިހެނުންނާއި ދެމެދުގައި
ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށް ބުއްދި ލާޒިމު ކުރެއެވެ."
މިއެވެ.
އަޅުގަނޑު ދެކޭގޮތުގައި މިވާހަކަ އަކީ ފިކުރީ ހަނގުރާމައިގެ
ބަނޑުތެރެއިން އައިސްފައިވާ ވާހަކައެކެވެ. އެއީ ވަރަށް ހެއްވާ އަދި
ލަދުގަންނަން ޖެހޭ ވާހައެކެވެ. މިހެނީ އެވާހަކައަކީ
عِلْم
އަށް ނިސްބަތްވާ މީހަކު ބުނާ ކަހަލަ އެއްޗެއް ނޫނެވެ. މިހެން
މިދެންނެވީ
اِسَلاَم
دِيْنُގެ
ބައެއް ކަންތަކަކީ ބުއްދިއަށް އަތުލައި ނުގަނެވޭނެ ކަންކަމެވެ.
އަޅުކަމުގެ ގޮތުން ކުރާ ބައެއް ކަންތަކަކީވެސް ބުއްދިން އަތުލައި
ނުގަނެވޭނެ ކަންކަމެވެ. މިސާލަކަށް
حَجُّގެ
ބައެއް ކަންތައް ހިމެނެއެވެ.
جمْرَة
އަށް ހިލައުކުން
عَرَفَاة
ގައި ހުރުން
مُزْدَلِفَة
ގައި ރޭކުރުން
مِنَى
ގައި ރޭކުރުން މިކަންކަމަށް ބުއްދިން ނެގެނީ ކޮން ފައިދާއެއް ތޯއެވެ.
ހަމައެކަނި
اللَّهُ
އާއި
رَسُوْلُ
އެކަންކަން ކުރަން އެންގެވީތީ ކުރުން ނޫން އެހެން ކޮންކަމެއްތޯއެވެ.
عَرَفَاة
ގައި ހުންނައިރުވެސް އެތާ އެއްޗެއް ނުކިޔަވައި ހުއްޓަސް އަދި ނުވަތަ
ނިދާފައި އޮތަސް
عَرَفَاة
ގައި ހުރުމުގެ ރުކުން ފުރިހަމަވެއެވެ. އެޔާ
خِلاَف
އަށް
عرَفَات
ގައި ހުރުމުގެ ބަދަލުގައި ގެފުޅު ކައިރީ ހުރެ ނަމާދު ކުރިޔަސް
حَجُّ
ގައި
عرَفَاتގައި
ހުރުމުގެ ރުކުން ފުރިހަމަ ނުވާނެއެވެ.
جَمْرَة
އަށް ހިލައުކުމުގެ ކަންތައްވެސް ހަމައެހެންނެވެ. މިޒާތުގެ އެތައް
ކަމެކެވެ.
عَلِي
رَضِىَ اللَّهُ عَنْهُ
ވިދާޅުވެފައިވާ ބަސްފުޅެއްގެ ތަރުޖަމާގައިވަނީ: ދީނަކީ ބުއްދީގެ
މައްޗަށް ބިނާވެ |