"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދީނީ ފޮތް

 

ورث الأنبياء

ނަބިއްޔުންގެ ތަރިކަ

މިފޮތަކީ ޢިލްމާއި ބެހޭގޮތުން ލިޔެވިފައިވާ ފޮތެކެވެ. ފޮތް ބަހާލެވިގެންވަނީ ދެބާބެއްގެ މައްޗަށެވެ. އެއީ ީ "باب التَّعَلُّم" އާއި "باب التَّعْلِيْم " އެވެ. އާދެ! އުނގެނުމުގެ ބާބާއި އުނގަންނައިދިނުމުގެ ބާބެވެ. އަދި މިދެބާބު ފެށުމުގެ ކުރިން  "فَضاَئِلُ القُرْآن "، (ޤުރުއާނުގެ މަތިވެރިކަމާއި) އާއި ބެހޭގޮތުން ޤުރުއާނާއި ސުންނަތުގެ އަލީގައި ކުރު މަޒުމޫނެއްވެސް މިފޮތުގައި އެކުލަވައިލާފައި ވެއެވެ. މިފޮތަކީ އަޅުގަނޑުމެންގެ ކޮންމެ އަޚަކާއި އުޚްތަކުވެސް ކިޔާލުން ވަރަށް މުހިއްމު ފޮތެކެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުންމަތް މިވަނީ ބައިބައިވެ ކަފިކަފިވެފައެވެ. އުންމަތުގެ މަޖްދާއި ޝަރަފް މިވަނީ ވެއްޔާއި މޮޑެވިފައެވެ. އަޅުގަނޑުމެން މިވަނީ ފުން އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ. ސަބަބަކީތޯއެވެ؟ އާދެ ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާއާއި، އިސްލާމްދީން ފުރިހަމައަށް މަޢުރިފާކޮށް ދެނެގަންނަން ނޭނގުމެވެ. ޙަޤީޤީ ޢިލްމަކީ ކޮބައިކަން ނޭނގުމެވެ. އެހެންކަމުން ޢިލްމުގެ މައުޟޫ މުހިއްމު ވަނީއެވެ. ފޮތުގައި ހިމެނޭ ބައިތައް ބެއްލެވުމަށް ފޮތުގެ 70 ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.

ފޮތުގެ ނަން: ورث الأنبياء - ނަބިއްޔުންގެ ތަރިކަ.

ލިޔެ ޖަމާކުރީ: محمد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު: 71 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1.12 MB

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)