ދީނީ ފޮތް
މުޖްތަމަޢުގެ މުތްތައް
އިސްލާމްދީނުގައި އަންހެނުން އަދާކުރާ ދައުރަކީ ފިރިހެނުން އަދާކުރާ ދައުރަށްވުރެ ކުޑަދައުރެއްނޫނެވެ. އަނބިމީހާއަކީ ގޭގެ އޮޅިގަނޑެވެ. އަންހެނުންނަކީ މުޖްތަމަޢުގެ ޒީނަތްތެރިކަމެވެ. ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމެއްގެ ބިންގަލަކީ ދީންވެރި، ހެޔޮލަފާ، ޞާލިޙް އަންބެކެވެ. އާޢިލާއެއްގެ އުފާވެރިކަމާއި ހަމަޖެހުން ބިނާވެފައި އޮންނާނީ އަނބިމީހާގެ ސުލޫކާއި އަޚްލާޤުގެ މައްޗަށެވެ. ދަރީން ތަރުބިއްޔަތުކޮށް، ރަނގަޅު އަޚްލާޤާއި ސުލޫކު އެކުދީންގެ ކިބައިގައި އަށަގަންނުވައި އެކުދީން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ އެކަނބަލުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން، ދަރީން އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި އަނބިމިހާއަކީ އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ މީހަކަށްވުމީ ކޮންމެހެން ބޭނުންކަމެކެވެ. ތިމާގެ ދަރީންނަށް އިސްލާމްދީނުގައި ކަންތައްތައް އޮންނަ ގޮތް އޮޅުންފިލުވައިދީ ދީން އުނގަންނައި ދެވޭނީ ތިމާއަށް ދީން ފަހުމް ވެގެންނެވެ. ކޮންމެއަކަސް މިފޮތުގައި ލިޔުންތެރިޔާ ބަޔާން ކުރައްވާފައިވަނީ، މުސްލިމް އަންހެނާގެ ދިރިއުޅުން ޒީނަތްތެރިކުރުމަށް ބޭނުންކުރެވިދާނެ ގަހަނާތަކެވެ.
ފޮތުގެ ނަން: މުޖްތަމަޢުގެ މުތްތައް
ލިޔުއްވީ: މުޙައްމަދު ޝާފިޢު.
ޞަފްޙާގެ ޢަދަދު: 15 ޞަފްޙާ (A5 ސައިޒް).
ފައިލް ސައިޒް: 254 KB
dheenee-news@hotmail.com