|
އުދަ އެރުމާއި ފާޑުފާޑުގެ ބަލިތައް ޢާއްމުވުމާއި ތަޅާފޮޅާ މީހުން މަރާ
ހެދުމުގެ ސަބަބަކީ ކޮބައިތޯއެވެ؟
بسم الله الرّحمن الرحيم
الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه ومن
تبعهم بإحسان إلى يوم الدين.
الله
سبحانه وتعالى
ކީރިތި
ޤުރުއާނުގައި
ވަހީ
ކުރައްވާފައިވެއެވެ:"وَمَا
نُرْسِلُ بِالآياَتِ إِلاَّ تَخْوِيفاً"
(سورة الإسراء: 59).
މާނައީ:
"އަދި
އިންޒާރު
ކުރެއްވުމަށާއި
ބިރުގެންނެވުމަށް
މެނުވީ
ތިމަން
الله
އާޔަތްތައް
(ހެކިތައް)
ނުފޮނުއްވަމެވެ."
(ސޫރަތުލް
އިސްރާ:
59).
އޭ
ލޮބުވެތި
އަޚުންނާއި
އުޚުތުންނޭވެ!
ހޭއަރާށެވެ!
ދިމާވަމުން
މިދާ
އެކިކަހަލަ
ކަންތައްތަކާއި
މުޞީބާތްތަކުން
ޢިބްރަތް
ޙާޞިލްކޮށް
الله تعالىއަށް
ބިރުވެތިވާން
އަދިވެސް
ނުވަނީތޯއެވެ؟
ތިބާގެ
ރައްބު
ވަޢުދުވެވަޑައިގެންފައިވާ
ބިރުވެރި
ޤިޔާމަތް
ދުވަސް
މަތިން
ފަހެ
ތިބާ
ހަނދާން
ނެތުނީތޯއެވެ؟
މުއުމިނުންނަކީ
އެބައިމީހުންނަށް
ދިމާވާ
ކޮންމެ
ކަމަކުންވެސް
ޢިބްރަތްތައް
ޙާޞިލްކޮށް
اللهއަށް
ފުރިހަމައަށް
ކިޔަމަންތެރިވެ
ބިރުވެތިވާ
މީހުންނެވެ.
އެހެންކަމުން
ޙަޤީޤީ
ދުނިޔެއަށް
ލޯހުޅުވައި،
ތިބާގެ
ނަފްސު
ނަރަކައިގެ
އަލިފާނުން
ސަލާމަތް
ކުރުމަށް
އަވަސްވެގަންނާށެވެ.
އަޅުގަނޑުމެން ﷲއަށް އުރެދި ފާފަކުރުމުގައި ޙައްދުފަހަނާޅާ ދިޔުމުން
އެއިލާހުގެ ކޯފާ ޙައްޤުވެއްޖެއެވެ. ބިން ހެލުމާއި، ބޮޑު ރާޅާއި
ވާރޭގެ ތޫފާންތައް ޢާއްމު ވެއްޖެއެވެ. ތަޅާ ފޮޅުމާއި މީހުން ޤަތުލު
ކުރުމާއި ޞުލްޙަ މަސަލަސްކަން ގެއްލި ހަމަޖެހޭ ދިރިއުޅުމެއް
ވޭތުކުރެވޭކަށް ނެތެވެ. ރާބުއިމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމަކީ
މީހުންގެ ހިތްހަމަ ޖެހުންކަމުގައި ހަދައިފިއެވެ. ފަހެ
އަޅުގަނޑުމެންގެ
ތެރެއަށް
ޢާއްމުވެފައިމިވާ
ބަލިމަޑު
ކަމާއި،
ނުބައި
ބަލިތަކާއި،
ބިން
ހެލުންތަކާއި،
ބޮޑު
ރާޅު
އެރުމާއި،
ގުނާ
އަދަދު
ނުކުރެވޭ
ވަރަށް
މީސްތަކުން
ޤަތުލު
ކޮށް
މަރަމުންދާއިރު،
ތިޔައިގެ
ތެރެއިން
އެއްވެސް
ބޭފުޅަކު
މިކަންކަމާއިމެދު
ރަނގަޅަށް
ވިސްނަވާލެއްވިންތޯއެވެ.
ތަރައްޤީވެ
ކުރިއަރާފައި
މިވާދުނިޔޭގައި
މިފަދަ
ކަންކަމުން
ރައްކާތެރިވެ
ސަލާމަތްވުމަށްޓަކައި
ފަހުގެ
ޒަމާނީ
ޓެކްނޮލޮޖީގެ
ވަސީލަތްތައް
ޤާއިމްކޮށް
ހަރުކުރެވިފައިވާ
އިރުވެސް
ކޮންމެ
މިފަދަ
މުޞީބާތެއް ނުވަތަ ކަމެއް ކުރިމަތިމިވަނީީ
އަޅުގަނޑުމެންނަށް
ނޭނގި
ތިއްބައެވެ.
ނުވަތަ
ރޭކާވެސް
ނުލައެވެ.
ފަހެ
މީގެ
ސަބަބަކީ
ކޮބައިތޯއެވެ؟
الله سبحانه وتعالى
ކީރިތި
ޤުރުއާނުގައި
ވަހީ
ކުރައްވާފައިވެއެވެ:"وَكَذَلِكَ
أَخْذُ رَبِّكَ إِذَا أَخَذَ القُرَى وَهِيَ ظَالِمَةٌ إِنَّ
أَخْذَهُ أَلِيْمٌ شَدِيْدٌ"
(سورة هود: 102).
މާނައީ:
"
އަދި
ރަށްރަށުގެ
އަހުލުވެރީން
އަނިޔާވެރިވެގެން
(އެބަހީ:
ނުބައި
ކަންތައްތައް
ކުރުން
ޢާއްމުވެއްޖެނަމަ)،
ކަލޭގެފާނުގެ
ވެރި
ރައްބު
އެބައެއްގެ
ކިބައިން
ޢުޤޫބާތް
ހިއްޕަވާނަމަ
އެގޮތަށް
ޢުޤޫބާތް
ހިއްޕަވައެވެ.
ހަމަކަށަވަރުން
އެކަލާނގެ
ޢުޤޫބާތަކީ
ވޭންދެނިވިގެންވާ
އަދި
ވަރުގަދަވެގެންވާ
ޢުޤޫބާތެކެވެ."
(ސޫރަތު
ހޫދް:102).
ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު
ކުރައްވާފައިވެއެވެ.
"مَا َظَهَر فِي قَوْمٍ الرِّبَا وَالزِّنَا إلاّ أحَلُّوْا
بِأَنْفُسِهِمْ عِقَابُ اللهِ عز وجل "
މާނައީ
:
ބައެއްގެ
ތެރޭގައި
ރިބާއާއި
ޒިނޭކުރުން
ފާޅުވެ
އާއްމުވެއްޖެނަމަ،
ފަހެ
އެބަޔަކު
އަމިއްލައަށް
الله تعالىގެ
ޢުޤޫބާތް
ޙައްޤުވެގަނެ
އެއަށް
ހުށަހެޅިގެންފިއެވެެެ."
އެހެން
ހަދީޘެއްގައި
އެކަލޭގެފާނު
ޙަދީޘްފުޅު
ކުރައްވާފައިވެއެވެ:
"يا معشر المهاجرين، خمسٌ إذا ابتليتم بهن، وأعوذ بالله أن تدركوهن:
1.
لم تظهر الفاحشة في قوم قط حتى يُعلنوا بها إلا فَشَا فيهم الطاعون
والأوجاع التي لم تكن مَضَتْ في أسلافهم الذين مَضَوا .
2.
ولم ينقصوا المكيال والميزان ، إلا أُخذوا بالسنين وشدة المئونة وجور
السلطان عليهم .
3.
ولم يمنعوا زكاة أموالهم إلا مُنِعُوا القَطْر من السماء ، ولولا
البهائم لم يُمطروا .
4.
ولم ينقضوا عهد الله وعهد رسوله إلا سلَّط الله عليهم عدواً من
غيرهم،فأخذوا بعض ما في أيديهم.
5.
وما لم تحكم أئمتهم بكتاب الله ويتخيروا مما أنزل الله ، إلا جعل
الله بأسهم بينهم" .
(رواه ابن ماجة وحسَّنه العلامة الألباني)
މާނައީ:
"އޭ
މުހާޖިރުންނޭވެ.
ފަސްކަމެއް
ތިޔަބައިމީހުންނާއި
ކުރިމަތިވެ
އޭގެ
ފިތުނަވެރިކަން
ޖެހިއްޖެނަމައެވެ،
ފަހެ
އެކަންތައްތައް
ތިޔަބައިމީހުންނާއި
ލައިނުގަތުމަށް،
ތިމަންކަލޭގެފާނު
الله تعالىގެ
ޙަޟްރަތުން
(އެބަހީ އެއިލާހުގެ ޙަޟްރަތުން
ރައްކައުތެރިކަމަށް)
އެދެމެވެ.
(އެކަންކަމަކީ):
1.
ބައެއްގެ
ތެރޭގައި
ފާޙިޝްކަންތައްތައް
ފައުޅުވެ،
އެކަންތައްތައް
އިޢުލާނުކޮށް
ޢާއްމުކުރުން
ނެތިނުދެއެވެ.
ފަހެ
އެހިނދު
އެބައެއްގެ
ތެރޭގައި
ޠާޢޫންއާއި
(ގައިން
ގަޔަށް
އަރާ
ބަލިތަކާއި)
އެމީހުންގެ
ކުރީން
އެއްވެސް
ބަޔަކު
ދެކެފައި ނުވާފަދަ
އާބަލިތަކާއި
ރޯގާތަކާއި
ތަދުމަޑުކަން
ފެތުރި
އާއްމުވެދެއެވެ.
2.
އަދި
މިނެކިރުމުގައި
މަކަރާއި
ޙީލަތް
ހެދުން
ނެތި
ނުދެއެވެ.
އެހިނދު
އެތަކެއް
އަހަރުދުވަހެއްގެ
ތަދުމަޑުކަމާއި
ދަތި
އުނދަގޫތައް
އެބައިމީހުންނާއި
ކުރިމަތި
ކުރުވައެވެ.
އަދި
ނުބައި
ނުލަފާ
އަނިޔާވެރި
ވެރީން
އެމީހުންގެ
މައްޗަށް
ވެރިކުރުވެއެވެ.
3.
އަދި
އެބައިމީހުންގެ
މުދަލުން
ޒަކާތް
ނެރުން
މަނާވެގަންނަކަމުގައި
މެނުވީ
ނުވެއެވެ.
އެހިނދު
އެބައިމީހުންގެ
މައްޗަށް
އުޑުން
ވާރޭ
ވެއްސެވުން
މަނާ
ކުރެވެއެވެ.
ފަހެ
ނައަމި
ސޫފި
ނުވާނަމަ
އެބައިމީހުންގެ
މައްޗަށް
ހަމަ
އެއްގޮތަކަށްވެސް
ވާރޭ
ނުވެހުނީހެވެ.
(މުތަރުޖިމުގެ ބަސް: މިއީ ވާރޭ ނުވެހުމުގެ ސަަބަބުންނެވެ. ހަމަ
މިގޮތަށް ވާރޭ ވައްސަވައިގެންވެސް ﷲ ތަޢާލާ މީސްތަކުންނަށް ޢަޛާބު
ދެއްވަވައެވެ. މިގޮތުން
އަނބިދަރީންނާއި ގާތް
ތިމާގެ މީހުންނާއި
މުދަލާއި ގޯތި ގެދޮރު ހަލާކުވެ
ދިއުމާއި މިފަދަ
އެތަކެއް ބޮޑު މުޞީބާތްތަކެއް ވާރޭ ވެހުމުގެ ސަބަބުންވެސް
ކުރިމަތިވެއެވެ.)
4.
އަދި
އެބައިމީހުން
الله تعالىއާއި
އެއިލާހުގެ
ރަސޫލާއަށް
ހިފި
އަހުދަށް
ބޭވަފާތެރިވާ
ބައެއް
ކަމުގައި
މެނުވީ
ނުވެއެވެ.
އެހިނދު
الله تعالى
އެހެން
ބަޔަކު
އެބައިމީހުންގެ
މައްޗަށް
ޢަދުއްވުން
ކަމުގައި
ލައްވަވައި
އެބައިމީހުންގެ
އަތްތަކުގައިވާ
މުދާތަކުން
ބައެއް
ޖަހައިގަނުވައެވެ.
5.
އަދި
އެބައިމީހުންގެ
ވެރީން
الله تعالىގެ
ފޮތަށް
ޙުކުމް
ނުކޮށް
އަދި
އެއިލާހު
ބާއްވަވާލެއްވެވި
ޙުކުމްތައް ފިޔަވައި އެހެން
ޙުކުމްތައް
ޚިޔާރު
ކުރާ
ބަޔަކު
ކަމުގައި
ނޫނީ
ނުވެއެވެ.
އެހިނދު
އެބައެއްގެ
ކަންތައް
އެބައިމީހުންނާއި
ހަވާލު
ކުރެވެއެވެ.
(އެބަހީ:
ތަޅާފޮޅުމާއި
ހަމަނުޖެހުމުގެ
ތެރެއަށް
އެބަޔަކު
ދޫކޮށްލައްވައެވެ.)"
ފަހެ
މިއީ
މިއަދު
އަޅުގަނޑުމެންގެ
ޙާލު
ނޫންތޯއެވެ؟
މީގެ
ތެރެއިން
އަޅުގަނޑުމެންގެ
ތެރޭގައިނެތީ
ފަހެ
ކޮންކަމެއްތޯއެވެ؟
ކޮންމެއަކަސް
ބަލާލި
ކޮންމެ
ދިމާލަކުން
ފެންނަމުން
މިދަނީ
މިކަންތައްތަކަށް
މީހުން
އަރައިގަންނަމުން
ދާތަނެވެ.
ޣާފިލްކަމުގެ
ތެރޭގައިތިބެ
الله تعالىގެ
ޢަޛާބަށް
އަޅުގަނޑުމެން
މިތިބަ
ހުށަހެޅިގަންނަނީއެވެ.
أعوذ بالله.
ފަހެ
ތިބާ
الله
އަށް
އުރެދުމުގެ
މަތީގައި
ވަނިކޮށް،
މަލަކުލް
މައުތު
ވަޑައިގެން
ތިބާގެ
މަރު
ހިއްޕެވުމުގެ
ކުރިން
ފާފަތަކުން
އެއްކިބާވެ
އަށް
ފުރިހަމަ
ގޮތުގައި
ތައުބާވާށެވެ.
މުޖުތަމަޢުގައި
ފެތުރިފައިމިވާ
ފާޙިޝް
ކަންތައްތަކާއި،
މުންކަރާތް
ތަކާއި
ބަލިމަޑުކަމުން
އަޅުގަނޑުމެންގެ
ދަރިންނާއި
ވަޠަން
ސަލާމަތްކުރަން
ބޭނުންނަމަ
ފުރަތަމަ
ތިބާ
އެފަދަ
ކަންތައްތަކުން
އަވަހަށް
ދުރުހެލިވެގަންނާށެވެ.
ރަސޫލު
الله
ޞައްލަ
الله
ޢަލައިހި
ވަސައްލަމަ
ޙަދީޘްފުޅު
ކުރައްވާފައިވެއެވެ:
"ބުއްދިވެރިޔަކީ
ތިމާގެ
ނަފްސުގެ
ހިސާބު
ބަލައި،
އާޚިރަތަށްޓަކައި
މަސައްކަތް
ކުރާ
މީހާއެވެ.
އަދި
ނުކުޅެދޭ
މީހަކީ
ހަވާނަފްސުގެ
އެދުންތަކަށް
ނަފްސު
ދޫކޮށްލުމަށްފަހު
اللهގެ
ޙަޟްރަތުން
އަމާންކަން
ލިބުމަށް
އެދޭ
މީހާއެވެ."
وآخر دعوانا
أن الحمد لله رب العالمين |