|
ކަށުނަމާދު ކުރާ ގޮތާއި ޖަނާޒާއާއިި ބެހޭ ބައެއް
މުހިއްމު މަޢުލޫމާތު.
(ފުރަތަމަ ބައި)
الحمد لله والصلاة والسّلام على نبيّنا محمّد وعلى آله وصحبه ومن
تبعهم بإحسان إلى يوم الدّين. أماّ بعد:
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ނަފްސެއްވެސް މަރުގެ
ރަހަ ދެކޭ ހުއްޓެވެ. ކަންނެތް ކަމާއި ޣާފިލް ކަންމަތީ އަދި
ފާފަތަކަށް އަރައިގަތުމުގެ މަތީގައި ތިއްބާ، އަޅުގަނޑުމެންގެ މަރު
އައިސް ޖެހުުމުގެ ކުރިން، އާޚިރަތް ދުވަހަށް ރައްކާތެރި ވަމާތޯއެވެ.
އެއީ ފަރުޟު ފަސް ނަމާދާއި އެހެނިހެން އަޅުކަންތައް ފުރިހަމައަށް
އަދާ ކޮށްގެންނެވެ. އަދި ނަހީ ކުރެއްވެވި އެންމެހައި ކަންތައްތަކުން
ދުރުހެލި ވެގެންނެވެ. މަރުވަމުން އެދާ މައްޔިތުންނެކޭ އެއްފަދައިން
އަޅުގަނޑުމެންނަކީވެސް ހަމަ މަރުވާނޭ ބައެކެވެ. ފަހެ މާދަމާވެސް
އަޅުގަނޑުމެންގެ މަރުއައިސް ޖެހިއްޖެނަމަ
اللهގެ
ހަޟްރަތުން ކާމިޔާބު ލިބި ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލިބޭނެ ކަމުގެ
އޮތީ ކޮން ޔަޤީންކަމެއްތޯއެވެ؟ އަޅުގަނޑުމެން އަޅާފައިވާ
ނަމާދުތަކާއި ކޮށްފައިވާ ފާފަތަކަށް އެންމެ ފަހަރަކު ނަމަވެސް
ވިސްނަވާލެއްވިން ތޯއެވެ؟ ކީރިތި ޤުރުއާނުގައި
الله
ތަޢާލާ
ވަޙީ ކުރައްވާފައިވެއެވެ:
"حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ
ارْجِعُونِ(*)
لَعَلِّي أَعْمَلُ صَالِحاً فِيمَا تَرَكْتُ"
(المؤمنون:99&
100)
"ފަހެ އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެ ހިނދު
ބުނާނެތެވެ. އޭ ރައްބެވެ. އަޅަމެން އަނބުރާ އަލުން (ދުނިޔެއަށް)
ފޮނުއްވަވާން ދޭއެވެ. އެއީ މިއަޅާ ނުކޮށް ދޫކޮށްފައިވާ ޞާލިޙް
ޢަމަލުތައް ކުޅައުމަށެވެ." (ސޫރަތުލް މުއުމިނޫން:99&100) ފަހެ މިއީ
އަޅުގަނޑުމެންގެ ޙާލެއް ނޫންތޯއެވެ؟

މިފަސްގަނޑުގެ ތެރެއަށް
ހަމަ ކޮންމެ މީހަކުވެސް ދާން ޖެހޭނެއެވެ.
ދެރަކަމަކީ މީހަކު މަރުވެގެން ޖަނާޒާއަށް އަންނައިރުވެސް
އަޅުގަނޑުމެންނަށް މިތިބެވެނީ
اللهއަށް
އުރެދިގެންވާ ޙާލެއްގައިކަމެވެ. ބައެއް މީހުން މިތިބެނީ ޖަނާޒާއަށް
އަންނައިރު ޖުނުބުވެރި ޙާލުގައެވެ. ހިނައިގަންނަންވެސް ނޭނގެއެވެ.
ނަމާދާއި ޤުރުއާން ކިޔެވުންފަދަ އަޅުކަންތަކަކީ ޖުނުބުވެރި ހާލު
ކުރުން، މުޅިން ޙަރާމް އަޅުކަންތައްތަކެވެ. ދެން މިތިބެވެނީ ފަރުޟު
އެތައް ނަމާދެއް އަޅާފައެވެ. މިސްކިތައް މިއަންނަނީ ގާތްތިމާގެ
މީހަކު ނުވަތަ ރައްޓެއްސަކު މަރުވުމުން މިސްކިތައް ކޮށްލާ
ޒިޔާރަތެއްގެ ގޮތުގައެވެ. އެހިނދު މިކުރެވޭ އަޅުކަމަލީ ޞައްޙަ
އަޅުކަމެއްތޯ ނުވަތަ ނޫންތޯ ޝައްކު އުފެދިފައެވެ. ހަމަ އެހެންމެ
ބައެއް އަންހެނުން ޤަބުރުސްތާނަށް އައިސް ތިބޭއިރު މިތިބެނީ ޢައުރަ
ނިވާނުކޮށް އޮރިޔާމުން،
اللهއަށް
އުރެދޭ ޙާލުގައެވެ. ފަހެ ކަށު ނަމާދު ކުރާ ގޮތާއި، އެނަމާދުގައި ކިޔާ
ތަކެތި އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް
ބާވައެވެ؟ މީގެ ސަބަބަކީ ކޮބައިތޯއެވެ؟ އަޅުގަނޑުުމެންގެ މަންމައަށް
ނުވަތަ ބައްޕައަށް ނުވަތަ މާމައަށް ނުވަތަ ކާފައަށްޓަކައި މިކުރެވޭ
ނަމާދަކީ ޤަބޫލު ނުކުރެވޭ އަޅުކަމަކަށް ވެއްޖެނަމަތޯއެވެ؟... ހުރި
ހިތާމައެއްގެ ބޮޑު ކަމާއިއެވެ! ފަހެ އަޅުގަނޑުމެން
اللهއަށް
ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތި ވަމާތޯއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދަންނާށެވެ. ފަރުޟު ނަމާދުތައް
އަޅާފައި ކަށުނަމާދު ކުރަން އައުމަކީ ވުޟޫ ނުކޮށް ނަމާދު ކުރަން
އެރުންފަދަ ކަމެކެވެ. އެހެންކަމުން ފަރުޟު ނަމާދުތަކަށް
ރައްކާތެރިވާށެވެ. ކޮންމެއަކަސް ދެން ކަށު ނަމާދު ކުރާނެ ގޮތާއިގެން
ކުރިއަށް ދަމާ ހިންގަވާށެވެ.
صفة صلاة الجنازة
ކަށު ނަމާދު ކުރާ ގޮތް
ކަށު ނަމާދަކީ ތަކްބީރަކުން ފެށޭ އަދި ތަސްލީމަކުން (ސަލާމް
ދިނުމަކުން) ނިމޭ އަޅުކަމެކެވެ. ކަށު ނަމާދަކީ އެހެން ނަމާދު ތަކާއި
ޚިލާފަށް ހަމައެކަނި ކޮޅަށް ހުރެގެން ކުރަން ޖެހޭ ނަމާދެކެވެ.
މިނަމާދުގައި ރުކޫޢެއް ސުޖޫދެއް ނުވެއެވެ. މިނަމާދުގައި ހިމެނެނީ
ހަތަރު ތަކްބީރެވެ. ރަސޫލު
الله صلى الله عليه وسلم
ހަތަރު ތަކްބީރުން ފެށިގެން ނުވަ ތަކްބީރާއި ދެމެދު ވިދާޅުވިކަމަށް
ޘާބިތުވެއެވެ. ދެން ހިމެނެނީ އެތަކްބީރުތަކުގެ މެދުގައި ކިޔާ
ދުޢާތަކެވެ. އަދި އެއަށްފަހު ކަނާތް ފަރާތަށް ސަލާމް ދިނުމެވެ.
އެހެން ނަމާދު ތަކެކޭ އެއްފަދައިން ކަށު ނަމާދުވެސް ވުޟޫއާއި ނުލާ
ޞައްޙަ ނުވާނެއެވެ. ތިރީގައިމިވަނީ ކަށު ނަމާދު ކުރާގޮތް
ތަރުތީބުންނެވެ.
1.
ނިޔަތް ގަތުން.
ކޮންމެ އަޅުކަމެއްވެސް ޞައްޙަވުމުގެ އެއް ޝަރުޠަކީ އެއަޅުކަމަކަށް
ނިޔަތް ގަތުމެވެ. ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެއްވެސް ޙާލެއްގައި
ދުލުން ކިޔަން ޖެހޭ އެއްޗެއް ނޫނެވެ.
2.
ފުރަތަމަ ތަކްބީރް:
ނަމާދަށް ނިޔަތް ގަތުމަށްފަހު
"الله
أكبر"
ކިޔައި ހަށަމް ބަންނާނީއެވެ.
އެއަށްފަހު
أَعُوذُ
އަދި
بِسْمِ
ކިޔައި ސޫރަތުލް ފާތިޙާ
(الْحَمْدُ)
ކިޔަވާނީއެވެ.
3.
ދެވަނަ ތަކްބީރް:
ސޫރަތުލް ފާތިޙާ
(الْحَمْدُ)
ކިޔުމަށްފަހު އަނެއްކާވެސް
"الله
أكبر"
ކިޔައި އަލުން ހަށަމް ބަންނާނީއެވެ. ފުރަތަމަ ތަކްބީރަށް ފަހު ހަށަމް
ބަނދެގެން (ހަށަމް މޮހެ ނުލައި) ހުރެ ތަކްބީރް ކިޔުންވެސް އެއީ
ޘާބިތު ގޮތެކެވެ. ދެވަނަ ތަކްބީރަށްފަހު ރަސޫލު
الله صلى الله عليه وسلمގެ
މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެއީ ނަމާދުގެ ފަހު
އައްތަޙިޔާތުގައި ކިޔާ ފަދައިން:
"اللّهُمَّ
صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَماَ صَلَّيْتَ عَلَى
إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ , إِنَّكَ حَمِيْدُ
مَجِيْدُ , اَللَّهُمَّ باَرِكْ عَلَى مُحَمَّدٍ وَعَلَى آلِ
مُحَمَّدٍ , كَماَ باَرَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ
إِبْرَاهِيْمَ , إِنَّكَ حَمِيْدُ مَجِيْدُ"
3.
ތިންވަނަ ތަކްބީރް:
ރަސޫލު
الله صلى الله عليه وسلمގެ
މައްޗަށް ޞަލަވާތް ކިޔުމަށްފަހު އަނެއްކާވެސް
"الله
أكبر"
ކިޔައި އަލުން ހަށަމް ބަންނާނީއެވެ. މިތަކްބީރަށްފަހު މައްޔިތާގެ
މައްޗަށް ދުޢާ ކުރާނީއެވެ. މިތަނުގައި ކިޔާ ދުޢާ ނޭނގޭނަމަ
ވިދާޅުވާނީ:
"اَللَّهُمَّ
اغْفِرْلَهُ "
މިފަދައިންނެވެ.
ތިންވަނަ ތަކްބީރަށްފަހު ކިޔާ ދުޢާ އަކީ:
"
اَللَّهُمَّ اغْفِرْ لِحَيِّناَ وَمَيِّتِناَ وَشاَهِدِناَ
وَغاَئِبِناَ وَصَغِيْرِناَ وَكَبِيْرِناَ وَذَكَرِناَ وَأُنْثاَناَ
، اَللَّهُمَّ مَنْ أَحْيَيْتَهُ مِناَّ فَأَحْيِهِ عَلَى
اْلإِسْلاَمِ وَمَنْ تَوَفَّيْتَهُ مِناَّ فَتَوَفَّهُ عَلَى
اْلإِيْماَنِ ، اَللَّهُمَّ لاَ تَحْرِمْناَ أَجْرَهُ ، وَلاَ
تُضِلَّناَ بَعْدَهُ "
މިދުޢާ ނޫނަސް އެހެން ރަނގަޅު ދުޢާތައް (ޢަރަބި ބަހުން)
ކުރެވިދާނެއެވެ.
ކުޑަ ކުއްޖެއްނަމަ އަންނަނިވި ދުޢާވެސް
ކުރެވިދާނެއެވެ.
" اَللَّهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ"
5.
ހަތަރުވަނަ ތަކްބީރް:
ހަތަރުވަނަ ތަކްބީރަށްފަހު ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު
"السَّلاَمُ
عَلَيْكُمْ وَرَحْمَةُ اللهِ"
ކިޔައި ކަނާތް ފަރާތަށް ސަލާމް ދޭނީއެވެ. ރަސޫލު
الله صلى الله عليه وسلم
ދެފަރާތަށް ސަލާމްދެއްވި ކަމަށްވެސް އިބްން ޢައްބާސް
رضي الله عنهގެ
ކިބައިން ޘާބިތުވެއެވެ.
(ނުނިމޭ) |