|
ލޯބިވެރިންގެ
ދުވަސް ފާހަގަ ކުރުން؟
ލިޔުނީ:
آدم نشان المالديفي

بسم الله الرحمن الرحيم
إن الحمد لله نحمده ونستعينه ونستغفره ونعوذ بالله
من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل
فلا هادي له. وأشهد أن لا إله إلاّ الله وأن محمد رسول الله, وصلىّ
الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.
الله سبحانه وتعالى
ކީރިތި ޤުރުއާނުގައި ވަޙީީ ކުރައްވައި އަންގަވާފައި ވެއެވެ:
"وَلَنْ تَرْضَى عَنْكَ الْيَهُودُ
وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى
اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ
الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ
وَلا نَصِيرٍ"
(البقرة:120)
މިއާޔަތުގެ މާނައަކީ: "އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންވެސް،
އެއުރެންގެ
މިއްލަތަށް
(އެބަހީ އެއުރެންގެ ދީނަށް)
ކަލޭގެފާނު ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަކަށް
ނުރުހޭނެތެވެ.
ކަލޭގެފާނު
ވިދާޅުވާށެވެ. ހަމަކަށަވަރުން
ތެދުމަގަކީ ހަމައެކަނި
الله
سبحانه
وتعالىގެ
މަގެވެ. އަދި ކަލޭގެފާނަށް
الله
تعالىގެ
ކިބައިން ޢިލްމު އައުމަށްފަހު
އެއުރެންގެ
ހަވާ ނަފްސުގެ ހެއްލުންތަކަށް ތަބާވެއްޖެނަމަ،
الله
تعالىގެ
ޙަޟްރަތުން ކަލޭގެފާނަށް
އެއްވެސް އެހީތެރިއަކު
އަދި ނަޞްރުދޭނޭ
މީހަކުވެސް ނުވެއެވެ."
(ސޫރަތުލް
ބަޤަރާ:120).
أبو سعيد الخدري رضي الله
عنه
ރަސޫލު
الله
صلى
الله
عليه
وسلم
ކިބައިން ޙަދީޘްފުޅު ކުރައްވާފައިވެެއެވެ.
"قَالَ
قَالَ رَسُولُ اللَّهِ صلى الله عليه وسلم " لَتَتَّبِعُنَّ سَنَنَ
الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ
حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ " .
قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ "
فَمَنْ
؟!" (رواه
البخاري 8/151 . ومسلم 4/2054)
މާނަ:
"ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން
އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ.
ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން
ضبّއެއްގެ
(ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް
ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.
އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ
اللهގެ
ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު
ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން
ކޮންބައެއް ހެއްޔެވެ؟". (ބުޚާރީީ: 8/151، މުސްލިމް 4/2054)
ކޮންމެއަކަސް ރަސޫލު
الله
صلى
الله
عليه
وسلمގެ
މިބަސްފުޅުގެ ތެދުކަން މިހާރު އަޅުގަނޑުމެންނަށް މިދަނީ ފެނި
ހެކިވަމުންނެވެ. މިފަދަ އެތައް ކަމެއް މިވަނީ މުސްލިމް ހުރިހާ
ޤައުމެއްގައިވެސް ފެތުރި ޢާއްމުވެފައެވެ. އެވެރިންގެ
ދިރިއުޅުމުގެއާއި، ހެދުން އެޅުމުގައާއި، ސިޔާސަތުގައާއި،
ޙަފްލާތަކާއި ޗުއްޓީތަކާއި މިފަދަ އެތައް ކަމެއްގައެވެ. ލިޔެ ނުވަތަ
ކިޔައި ބަޔާން ކުރަން ވެއްޖެނަމަ ކޮޅުން ނުލާހާ ގިނައެވެ. އަދި
މިހާރުގެ ޓެކްނޮލޮޖީއާއި މުވާސަލާތީ ޚިދުމަތްތަކުގެ ސަބަބުން
މިކަންތައްތައް މިވަނީ އިތުރަށް ފެތުރި ފުޅާވެފައެވެ. އެމީހުންގެ
އެކިއެކި ޙަފްލާތަކާއި އާދަތައް މިއަދު ސާފު ފޮޓޯއާއި އަަޑުތަކާއި
އެކު މިވަނީ އަޅުގަނޑުމެންގެ ގެތަކުގެ އޮޅިތައް ގިރާކޮށް ގޭގެ
އެތެރެއަށްވެސް ވަދެފައެވެ. ސެޓްލައިޓް ޓީވީއާއި އިންޓަނެޓްގެ
ޛަރީއާއިންނެވެ. ހިތާމައަކީ އަޅުގަނޑުމެންނަށް ނޭނގި އަދި
ވިސްނާލުމެއްވެސް ނެތި، މިކަންތައްތަކުގެ ތެރެއަށް ގެނބިގެން
ދާކަމެވެ. އެއީ އެވެރިން އެކުރާ ކަންތައްތަކަކީ އެވެރިންގެ ދީނުގެ
އެކިއެކި ހަފްލާތައް ކަމުގައި ވިޔަސްމެއެވެ. މިގޮތުން
އަޅުގަނޑުމެންގެ ކުރިމަތީގައި
މިއޮތް (14 ފެބްރުއަރީ) ވެލަންޓައިންސް ޑޭ، ނުވަތަ ލޯބިވެރިންގެ
ދުވަހާއި ބެހޭގޮތުން ފޮރުވިފައިވާ ޙަޤީގަތްތަކާއި ދިމާލަށް
އަޅުގަނޑުމެން ނަޒަރެއް ހިންގާލަމާތޯއެވެ.
ވެލަންޓައިންސް ޑޭގެ އަސްލު.
ވެލަންޓައިންސް ޑޭ އަކީ ޤަދީމީ ރޫމީން (މިހާރު ރޯމް)ގެ މީހުން ފާހަގަ
ކުރަން ފެށި ޙަފްލާއެކެވެ. އެއީ މީގެ 17 ޤަރުނު ކުރިން އެމީހުން ބުދު
ދީނުގެ އަހުލުވެރީންކަމުގައި ވަނިކޮށެވެ. އެމީހުން ޤަބޫލުކުރާ
ގޮތުގައި އެއީ "ރޫހާނީ ލޯތްބެކެވެ". މިގޮތުން މިހާރުގެވެސް ބައެއް
ވެލަންޓައިންސް ކާޑުތަކުގައި ކިއުޕިޑް
(CUPID)
ގެ ކުރެހުންތައްް، ދެވަރަ ލާފައި ދުނިދަނޑިއަކާއި ތީރުތަކެއް
ހިފައިގެން ވާ ކުޑަ ކުއްޖަކު ވެއެވެ. މިއީ ބުދަށް އަޅުކަން ކޮށް
އުޅުނު ރޫމީންގެ "ލޯބީގެ ކަލާނގެއެވެ"(The
God of Love).
|

ކިއުޕިޑް
(CUPID) |
ކޮންމެއަކަސް ނަޞާރާދީނަށް ބަދަލުވުމަށް ފަހުވެސް އެމީހުން އައީ
މިޙަފްލާ ފާހަގަ ކުރަމުންނެވެ. އެކަމަކު އެއީ ފާދިރީ ވެލަންޓައިން
އަށް ނިސްބަތް ކޮށް "ޝަހީދުންގެ ލޯބީގެ" ދުވަހެއްގެ ގޮތުގައެވެ.
ފާދިރީ ވެލަންޓައިން އާއި މިޙަފްލާއާއި ހުރި ގުޅުން.
ފާދިރީ ވެލަންޓައިން އަކީ ނަޞާރާއިންގެ ފައްޅީގެ ކުރީގެ ދެ
"ޝަހީދުންނަށް" ދެވިފައިވާ ނަމެކެވެ. ބުނެވޭ ގޮތުގައި އެނަން ކިޔާ
ވަނީ ދެމީހަކު ނުވަތަ އެކަކެވެ. ރޫމީން ނަޞާރާދީނަށް އެނބުރުމަށްފަހު
އެދީން ވަރުގަދައަށް ފެތުރުމުން، ރޫމީންގެ
ވެރިއަކަށް ހުރި އިމްބްރާތޫރް:
ކްލޯޑިއަސް
II
(Emperor Claudius
II،),
މީލާދީން 3ވަނަ ޤަރުނުގައި
އެބައިމީހުންގެ
ހަނގުރާމަވެރިންނަށް (އެބަހީ
ސިފައިންނަށް) ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ
ކައިވެނީގެ ސަބަބުން އެމީހުން ކުރަންޖެހޭ ހަނގުރާމަތަކަށް
ފަސްޖެހޭނެތީއެވެ. މިނިންމުމާއި ފާދިރީ ވެލަންޓައިން އިދިކޮޅުވިއެވެ.
އަދި ސިއްރުގައި ސިފައިންނަށް ކައިވެނި ކޮށްދޭން ފެށިއެވެ. މިކަން
އިމްބްރާތޫރްއަށް އެނގުމުން ފާދިރީ ވެލަންޓައިން ޖަލަށް ލުމަށްފަހު
މެރުމަށް ޙުކުމް ކުރިއެވެ. ޖަލުގައި ހުރިއިރު ފާދިރީ ވެލަންޓައިން،
ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާއި ހިތާވިއެވެ.
އެހެންނަމަވެސް މިކަމެއް
ހިނގާ ދިޔައީ އެހާމެ
ސިއްރިއްޔާތުގައެވެ.
އެހެނީ
ނަޞާރާއިންގެ ގާތުގައި، އެމީހުންގެ ފާދިރީންނާއި އަޅުވެރީން ކައިވެނި
ކުރުމާއި އަދި ލޯބިވުމަކީވެސް ޙަރާމް ކަމަކަށް ވާތީއެވެ.
ކަންމިހެންވީ ކަމުގައިވީނަމަވެސް، ނަޞާރާއިންގެ ގާތުގައި މިފާދިރީވީ
ވަރަށް މަތިވެރިމީހަކަށެވެ. އެއީ ނަޞާރާދީނުގައި އޭނާ ވަރުގަދައަށް
ޡާބިތުވެ ހުރުމުންނެވެ.
އެއީ
އިމްބްރާތޫރް، ފާދިރީ ވެލަންޓައިންއަށް އޭނާ
ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫޢަވެއްޖެނަމަ،
މަޢާފުކޮށް އެންމެ އަރިސް މީހެއް ކަމުގައި ހަދައި އަދި އޭނާގެ
ދަނބިދަރިއަކަށްވެސް ހަދާދޭނެ ކަމަށް (އަންހެން ދަރިފުޅާއި ކައިވެނި
ކޮށްދޭނެކަމަށް) ވަޢުދުވުމުންވެސް އެކަމަށް އިންކާރުކޮށް ނަޞާރާދީން
ޚިޔާރު ކުރީމައެވެ. އެހެންކަމުން މީލާދީން 14 ފެބްރުއަރީ 270ގައި
މިފާދިރީ މަރާލެވުނެވެ. މަރާލަން ހަމަޖެހިފައި އޮތްދުވަހު އޭނާ
ގަނޑުކޮޅެއްގައި، އެލޯބިވި އަންހެން ކުއްޖާއަށް އޭނާގެ
އެއޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް، އޭގައި "ލޯބިވާ
ވެލަންޓައިންގެ ފަރާތުން" މިހެން ލިޔެ ކުޑަ ނޯޓުކޮޅެއް ބޭއްވިއެވެ.
މިގޮތުން މިދުވަހަށް ވެލަންޓައިންސް ޑޭގެ ނަމުން ނަންދެވި
ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެން ފެށުނެވެ.
(والله
أعلم)
މުސްލިމުން މިދުވަސް ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތަ؟
މަތީގައި
ބަޔާންވެ ދިޔަ ޙަދީޘްގައި ވާގޮތަށް މިހާރު އަޅުގަނޑުމެން މިދަނީ
ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެވެރިންނަށް ތަބާވަމުންނެވެ.
ކޮންމެއަކަސް މިފަދަ ޙަފްލާއެއް އަޅުގަނޑުމެން ފާހަގަ ކުރުމަކީ
އެއްގޮތަކަށްވެސް ހުއްދަވެގެން ވާނޭ ކަމެއްނޫނެވެ. އެދުވަހު އެކަކު
އަނެކަކަށް ލޯބީގެ ކާޑުތަކާއި މެސެޖްތައް ފޮނުވައި އަދި ކުލަކުލައިގެ
މާތައް ފޮނުވައި ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ.
އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާއި ތަފާތުވެ،
ރަސޫލު
الله
صلى
الله
عليه
وسلم
ގެންނެވި ތެދުމަގުގައި ހިފުމެވެ. ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު ކުރައްވާފައިވެެއެވެ.
<<من
تشبه
بقوم
فهو
منهم>>
(أخرجه
أبو
داود
وأحمد)
މާނައަކީ: "ފަހެ
ބަޔަކާއި ވައްތަރުވެގެންވި މީހަކީ އެބައެއްގެ ތެރެއިންވާ
މީހެކެވެ."
ކޮންމެއަކަސް ދުނިޔަވީ ޙަޤީޤަތަށް ވިސްނާލަމާތޯއެވެ. އަޅުގަނޑުމެން މީހަކާއި ލޯބިވެގެން
އުޅޭއިރު މިކަހަލަ ޙަފްލާތައް ފާހަގަކޮށް ވަރަށް ލޯބިން އުޅެފައި،
ކައިވެނި ކޮށްގެން ދުވަސް ކޮޅެއްގެ ތެރޭގައި އެއްކަލަ ލޯބި
އެކޮޅުކޮޅުން ޖެހިގެން މިދަނީ ކީއްވެގެންތޯއެވެ؟ ދިރިއުޅުމުގެ ޙަޤީޤީ
އުފަލުން މަޙްރޫމްވެ، ދެން އެނޫން ގޮތެއް ނެތިގެން އެކުގައި އުޅެމުން
ދަނީ ކިތައް މީހުންތޯއެވެ؟ ވަގު ލޯބިވެރިން ގެންގުޅެނީ ކިތައް ފިރިން
އަދި ކިތައް އަނބިންތޯއެވެ؟ އެއްކަލަ ރީތިމާތަކާއި ކާޑުުތަކުން
ހަދިޔާ ބަދިޔާ ބަދަލުކޮށްފައި އުޅުނު ދުވަހުވީ ލޯބި ކޮބައިތޯއެވެ؟
ސަބަބަކީ އެއްކަލަ ލޯބީގެ ގުޅުން ފެށިގެންގޮސް އަދި ނިމިފައި
ވަނީވެސް ހުއްދަ ގޮތުގައި ނޫން ކަމުގައި ވާތީއެވެ. އެލޯބިވެގެން
އުޅުނުއިރު އުޅެވުނީ
الله سبحانه وتعالى
ޙަރާމް ކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ތެރޭގައެވެ. އެހެން
ކަމުން އެގުޅުމުގައި
الله سبحانه وتعالى
ބަރަކާތް ނުލެއްވެވީއެވެ.
ދެމަފިރިންގެ ދެމެދުގައިވާ ޙަޤީޤީ
ލޯތްބަކީ
الله سبحانه وتعالى
ލައްވަވާ
އެއްޗެކެވެ. އެކަން ބަޔާން ކުރައްވައި
الله سبحانه وتعالى
ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:
"وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ
مِنْ أَنْفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ
بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآياتٍ لِقَوْمٍ
يَتَفَكَّرُونَ"
(سورة الروم:21)
"ތިޔަބައިމީހުންނަށްޓަކައި
ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ
ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ.
އެއީ ތިޔަބައިމީހުން އެކަނބަލުންނާއި އެކު ދިރިއުޅުން
ވޭތުކުރުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި
ލޯތްބާއި
އޯގާވެރިކަން
ލެއްވެވިއެވެ. ހަމަކަށަވަރުން
ފިކުރު ހިންގާ ބަޔަކަށް އެކަންކަމުގައި ހެކިތައް ވާކަން ކަށަވަރެވެ."
(ސޫރަތުއް ރޫމް:21)
އަދި ހަމަ އެގޮތަށް ރަނގަޅު ހިތްހަމަ ޖެހޭ ދިރިއުޅުމަކީވެސް އެއިލާހު
ދައްކަވާ އެއްޗެކެވެ. އެވާހަކަ ބަޔާން ކުރައްވަވައި
الله سبحانه وتعالى
ވަޙީ ކުރައްވަނީ:
"مَنْ عَمِلَ صَالِحاً مِنْ ذَكَرٍ
أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً
"
(سورة
النخل:
97)
"މުއުމިނަކު
ކަމުގައިވާ ޙާލު،
ފިރިހެނުންގެ ތެރެއިންވިޔަސް އަދި އަންހެނުންގެ ތެރެއިންވިޔަސް
ޞާލިޙް
ހެޔޮ ޢަމަލްތައް ކޮށްފި
މީހާ
ދަންނައެވެ.
ފަހެ
އެމީހަކަށް ރަނގަޅު
ބާއްޖަވެރި
ދިރިއުޅުމެއް
ތިމަން
الله
ދެއްވަވާ
ހުށީމެވެ." (ސޫރަތުއް ނަޚްލް: 97).
ވީމާ
އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންކަމުގައިވާނަމަ
އަޅުގަނޑުމެންނަށް އޮތީ ކީރިތި ވަންތަ
الله سبحانه وتعالى
އެންގެވި ގޮތަށް ޢަމަލުކޮށް އެއިލާހުގެ މާތް ނަބިއްޔާ ހިންގެވި
ފިޔަވަޅުތައްމަތީގައި ހިނގުމެވެ. އެހެންކަމުގައި ވެއްޖެނަމަ ކީރިތި ﷲ
ހަތްއުޑު މަތިން ބާއްވާލާފައި އެވާ ވަޢުދު ބަސްފުޅުގެ ތެދުކަން
އަޅުގަނޑުމެންނަށް ފެނިގެންދާނެއެވެ. ފަހެ އަޅުގަނޑުމެން
އެންމެންނަކީވެސް އެފަދަ ބައެއް ކަމުގައި ލައްވާށިއެވެ.
آمين.
وصلّى الله وسلّم وبارك على نبيِّنا محمّد وعلى آله وصحبه أجمعين.
-
ނިމުނީ
- |