|
ޖަނާޒާގައި ބައިވެރިވުން
إكرام عبد الستار

މިދުނިޔޭގެ ލައްޒަތާއި، މާއްދީ
އެދުންތަކާއި،
ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން
ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ
ސަބަބުތަކެއް
ކަމުގައެވެ. މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުުމަކީ އެކަމުގެ
ސަބަބުން މަރާއި
އާޚިރަތުގެ މަތިން ހަނދާން އާކޮށްދޭ ކަމެކެވެ.
މަރުވެފައިވާ މުސްލިމެއްގެ ސަންދޯއް
ގެންދެވޭހިނދު އެތަންދެކޭ ކޮންމެ މުސްލިމަކު އޭގެ ފަހަތުން ދިއުމަކީ
އޭނާގެ
މައްޗަށް ވާޖިބުވެގެންވާ އަދި މަރުވެފައިވާ މުސްލިމް އަޚާއަށް
ދޭންޖެހޭ
ޙައްޤެކެވެ.
ރަސޫލާ
صلى الله عليه وسلم
ޙަދީޘްކުރެއްވިއެވެ.
"حَقُّ
المُسْلِمِ
عَلَى
المُسْلِمِ
خَمْسٌ:
رَدُّ
السَّلاَمِ
وَإِعَادَةُ
المَرِيْضِ
وَاتِّبَاعُ
الجَنًَائِزِ
وَإِجَابَةُ
الدَّعْوَةِ
وَتَشْمِيْتُ
العَاطِسِ
"
މާނައީ: " އެއް މުސްލިމަކު
އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ.
އެއީ ސަލާމް
ގޮޮވާލާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް
ޒިޔާރަތްކުރުމާއި،
މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، ކެއުމަށް ދަޢުވަތު ދެވޭހިނދު
އެދަޢުވަތު
ޤަބޫލުކުރުމާއި،
ކިނބިހި އަޅާހިނދު
ހެޔޮދުޢާކުރުމެވެ." (ޞަޙީޙުލްބުޚާރީ. ޞަޙީހްމުސްލިމް)
އަދިވެސް ކީރިތި ރަސޫލާ صلى الله عليه وسلم
ޙަދީޘްކުރެއްވިއެވެ.
"ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. އަދި މައްޔިތާ (ސަންދޯއް)
ގެންދެވޭހިނދު އެއާއި
އެކުގައިގޮސް ޖަނާޒާގައި ބައިވެރިވާށެވެ. ފަހެ، އެއީ އެކަމުގެ
ސަބަބުން
ތިޔަބައިމީހުންނަށް އަންނަންއޮތް ޙަޔާތުގެ މަތިން ހަނދާން އައުކޮށްދޭ
ކަމެކެވެ". (ޞަޙީޙުލްބުޚާރީ)
ސަންދޯއް
ގެންދެވޭހިނދު އެސަންދޯކާއި
އެކުގައި ޖަނާޒާގައި ބައިވެރިވެގެންދާމީހުން ސަންދޯކުގެ ކުރިންނާއި
ފަހަތުން އަދި
ސަންދޯކުގެ ދެފަރާތުން ސަންދޯކާއިއެކުގައި ދެވިދާނެއެވެ.
އެހެންނަމަވެސް
ސަވާރީއެއްގެމަތީގައި ނުވަތަ ދުއްވާ އެއްޗެއްގެމަތީގައި އަންނަ
މީހުން
އަންނާންޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم
ޙަދީޘްކުރެއްވިއެވެ.
"الرَّاكِبُ
يَسِيْرُ
خَلْفَ
الجَنَّازَةِ
وَالمَاشِى
يَمْشِى
خَلْفَهَا
وَأَمَامَهَا
وَ
عَنْ
يَمِيْنِهَا
وَعَنْ
يَسَارهَا
قَرِيْبًٍا
مِنْهَا
"
މާނައީ: "ސަވާރީއެއްގައި
ދާމީހާ އަންނަންޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ.
ފައިމަގުގައި ހިނގާފައިދާމިހުން ސަންދޯކުގެ
ކުރިންނާއި ފަހަތުން އަދި އޭގެ
ކަނާތްފަރާތުންނާއި ވާތްފަރާތުން ސަންދޯކާއި ގާތުގައި
ތިބެގެންދާށެވެ." (ސުނަނު
އަބޫދާވޫދު، ސުނަނު އިބްނުމާޖާ، މިޝްކާތުލް މަޞާބީޙް، ޞަޙީޙް ސުނަނު
އަބީދާވޫދު)
ޖަނާޒާގައިބައިވެރިވުމަށް
ސަންދޯކާއިއެކުގައި ދިއުން އެންމެ އިތުރުވެގެންވަނީ ސަންދޯކުގެ
ފަހަތުން
ދިއުންކަމުގައި ވެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم
އެކަލޭގެފާނުންގެ ޞަޙާބީންނަށް ވަރަށް ގިނަ ފަހަރު މަތިން ސަންދޯކުގެ
ފަހަތުން
ދިއުމަށް އަމުރުކުރައްވާފައިވެއެވެ. އަދި ޢަލީބުނު އަބީޠާލިބު
ވިދާޅުވެފައިވާ
މިބަސްފުޅުން އެކަންދޭހަވެއެވެ.
"ޖަމާޢަތުގައިކުރާ ނަމާދު އެކަނި
ނަމާދުކުރާމީހާގެ ނަމާދަށްވުރެ މާތްފަދައިން، ސަންދޯކުގެ ފަހަތުން
ހިނގާފައިދިއުން
އޭގެކުރިންދިއުމަށްވުރެ މޮޅުއިތުރު ވެގެންވެއެވެ." (މިރިވާޔަތް
ގެންނަވާފައިވަނީ
އަލްމުޞައްނަފްގައި އިބްނުއަބީ ޝައިބާ، އަޙްމަދު އަދި
އަޙުކާމުލްޖަނާއިޒްގައި.)
ކީރިތި ރަސޫލާ
صلى الله عليه وسلم
ޙަދީޘްކުރެއްވިއެވެ. "އީމާންތެރިކަމާއިއެކު ޘަވާބާއި ދަރުމަ
އިތުރުކުރުމުގެ އެދުމުގައި، މުސްލިމެއްގެ ސަންދޯއް
ގެންދެވޭ ހިނދު އެއާއިއެކުގައި ގޮސް މައްޔިތާގެ މައްޗަށް
ކަށުނަމާދުކޮށްފި މީހަކަށް
ޤީރާތެއްގެ ޘަވާބާއި ދަރުމަހުއްޓެވެ. އަދި ހަމައެފަދައިން
އެސަންދޯކާއި އެކުގައިގޮސް
މައްޔިތާ ވަޅުލުމާއި ހަމައަށް ޖަނާޒާގައި ބައިވެރިވެއްޖެ މީހަކަށް
ދެޤީރާތު
ލިބޭހުއްޓެވެ." ދެން ދެޤީރާތަކީ ކޮން އެއްޗެއްތޯ އެކަލޭގެފާނަށް
ސުވާލު
ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. "އޭގެ ބޮޑުމިން
އެއްވަރުވެގެންވަނީ ބޮޑުވެގެންވާ ދެ ފަރުބަދައާއިއެވެ. (ދެޤީރާތުގެ
ތެރެއިން
ކުޑަމިންވަރުގައިވެސް ޢުޙުދުފަރުބަދައިގެ ބޮޑުމިންހުރެއެވެ.)"
(ޞަހީޙުލް ބުޚާރީ،
ޞަޙީޙް މުސްލިމް(
ބުރެކެޓްތެރޭގައިި
އިތުރުކޮށްފައިވާބަޔަކީ މުސްލިމްގެ ރިވާޔަތުގައި ވާބަޔެކެވެ.(
ކީރިތި ރަސޫލާ
صلى الله عليه وسلمގެ
ރަސޫލުކަމުގެ
ކުރީކޮޅު ސަންދޯކެއް އެކަލޭގެފާނު
ހުންނެވި ހިސާބަކުން ގެންދެވޭަ ކަމުގައިވާނަމަ އެސަންދޯއް،
އެކަލޭގެފާނު ހުންނެވި
ތަނެއް ފަހަނައަޅައިފުމަށް ދާނދެން ކޮޅަށް ތެދުވެވަޑައިގެން
ހުންނަވައެވެ.
އެހެންނަމަވެސް ފަހުން އެގޮތަށް ޢަމަލުކުރެއްވުން
ހުއްޓަވާލެއްވިއެވެ. ޢަލީބުނު
އަބީޠާލިބު ކޫފާގެ މައިދާނުގައި ވިދާޅުވަނިކޮށް މަސްޢޫދު ބުނު
އައްޒަރްޤީ
އަޑުއެއްސެވިކަމަށް ރިވާވެގެންވެއެވެ.
كَانَ
رَسُولُ
اللهِ صلى الله عليه وسلم
أَمَرَنَا
بالقِيَامِ
فِى
الجِنَازَةِ
ثُمَّ
جَلَسَ
بَعْدَ
ذَلِكَ
وَأَمَرَنَا
بِالجُلُوْسِ
މާނައީ:
”އެންމެފުރަތަމަ އަހަރުމެންނަށް ﷲގެ ރަސޫލާ
صلى الله عليه وسلم
ސަންދޯކެއް
ގެންދެވޭކަމުގައި ވާނަމަ ކޮޅަށްތެދުވުމަށް އަމުރުކުރައްވައެވެ.
އެހެންނަމަވެސް
ފަހުން އިށީނުމަށްވެސް އެކަލޭގެފާނު އަހަރުމެންނަށް އަމުރު
ކުރެއްވިއެވެ." (ޞަޙީޙް މުސްލިމް. އަޙްމަދު، އަލްބައިޙަޤީ،
އިބްނު ޙިއްބާން،
ސުނަނު އަބޫދާވޫދު،
ސުނަނު އިބްނު މާޖާ(ވ
ޖަނާޒާގައި
އަންހެނުންގެ
ބައިވެރިވުންް
ސަންދޯއް
ގެންދެވޭހިނދު އެއާއިއެކުގައި ދިއުމާއި،
ޖަނާޒާގައި ބައިވެރިވުމަކީ
ހަމައެކަނި ފިރިހެނުންނަށްޓަަކައި ޚާއްޞަވެފައިވާކަމެކެވެ. އަދި އޭގެ
ދަރުމައާއި
ޘަވާބަކީވެސް އެބައިމީހުންނަށްޓަކައިވާ އެއްޗެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم
އަންހެނުން ޖަނާޒާގައި ބައިވެރިވުން
އެކަނބަލުންގެ މައްޗަށް މަނާކުރައްވާފައިވުމުގެ ސަބަބުން އެއީ
އެކަނބަލުން ކުރުން
އެދެވިގެންވާކަމެއް ނޫންކަން ދޭހަވެއެވެ. ކޮންމެއަކަސް ކީރިތި ރަސޫލާ
صلى الله عليه وسلم
އަންހެނުންގެ މައްޗަށް މިކަންތައް
މަނާކުރެއްވުމުގައި ކަނޑައެޅިގެން އެކަނބަލުންގެ މައްޗަށް
ގަދައަޅުއްވާ އެކަން
ނުކުރުމަށް އަމުރެއްނުކުރައްވައެވެ. އެހެންނަމަވެސް ޖަނާޒާގައި
ބައިވެރިވުމަކީ
އިތުރުއެކަލޭގެފާނު
صلى الله عليه وسلم
ނުރުއްސަވާކަމެކެވެ. މިކަމުގެ
ދަލީލަކީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ
ޞަޙާބާއިންކުރެ އަންހެން
ބޭކަނބަލަކު ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް
އައިސްފައިވާ އަންނަނިވި
ރިވާޔަތެވެ.
عَنْ
أُمُّ
عَطِيَّّةَ
قَالَتْ :
نُهِيْنَا
عَنِ
اتِّبَاعِ
الجَِنَائِزِ
وَلَمْ
يُعْزَمْ
عَلَيْنَا
މާނައީ: އުއްމު ޢަޠިއްޔާ
ވިދާޅުވިއެވެ. "ސަންދޯއް ގެންދެވޭއިރު އޭގެ ފަހަތުން ތިމަންމެން
ދިއުން ﷲގެ ރަސޫލާ
ނަހީކުރެއްވިއެވެ. އެހެންނަމަވެސް
އެކަލޭގެފާނު އަހަރުމެން އެކަމަށް ކިޔަމަންގަތުމުގެ މައްޗަށް
ގަދަބާރު
އަޅުއްވާ އަމުރެއް ނުކުރައްވައެވެ." (ޞަހީޙުލް ބުޚާރީ، ޞަޙީޙް
މުސްލިމް، ސުނަނު
އަބޫދާވޫދު، ސުނަނު އިބްނުމާޖާ).
ގިނަމީހުން
އެއްވެހަދާ ބޮޑެތި ޖަނާޒާތަކުގައި އަންހެނުން ބައިވެރިވުމަކީ
އެކަނބަލުންގެ
މައްޗަށް ރައްކާތެރިކަން ލިބިގެންނުވާ އެކަނބަލުންނަށް ވަރަށްދަތި
އަދި އުނދަގޫކަން
ލިބިގެންވާކަމެކެވެ. މިފަދަ ޖަނާޒާތަކުގައި އެކަނބަލުން
ބައިވެރިވުމަކީ
އެދެވިގެންވާ ކަމެއްނޫނެވެ. އަަޅުގަނޑުމެންގެ ތެރެއިން ބައެއް
އުޚުތުން ޖަނާޒާއާއިއެކު ޤަބުރުސްތާނަށް
ނުވަތަ ސަހަރާއަށް އައުމަށްފަހު، މައްޔިތާގެމައްޗަށް ކަށުނަމާދު
ކުރެވެމުންދާއިރު،
ކަށުނަމާދުގައި އެކަނބަލުން ބައިވެރިނުވެ ތިބޭތަން ފެނެއެވެ.
އެކަނބަލުންގެ
ޙާޟިރުގައި ކަށުނަމާދު ކުރެވޭކަމުގައިވާނަމަ އެނަމާދުގައި
އެކަނބަލުންވެސް
ބައިވެރިވެ، މައްޔިތާއަށް ހެޔޮދުޢާކުރުމަކީ މައްޔިތާއަށާއި
އެކަނބަލުންނަށް
ފައިދާހުރި ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ
އަނބިކަނބަލުން މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ބައެއް
ޞަޙާބީންގެ
ކަށުނަމާދުގައި ބައިވެރިވެ ވަޑައިގަތްކަން ސާބިތުވެއެވެ.
-ނިމުނީ-
ނޯޓް:
މިލިޔުމަކީ
http://islaamdheen.wordpress.com
އިން ނަގާފައިވާ ލިޔުމެކެވެ. މިލިޔުމުގައިވާ
ޢަރަބި ނައްޞުތަކުގެ ބައެއް ތަންތަނާއި
އަދި ލިޔުމުގައި (ޓައިޕް ކުރުމުގައި) ހުރި ބައެއް
ތަންތަން
އިޞްލާޙު ކުރެވިފައިވާނެއެވެ.
|