''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ތާސް ކުޅުމާއި ރާޒުވާ ކުޅުން؟

   އަޅުގަނޑުމެން ރާއްޖޭގައި ތާސް ކުޅުމާއި އަދި ރާޒުވާ ކުޅުމަކީ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ރަމަޟާން މަހު މިދެ ކުޅިވަރަކީ ކުދި ބޮޑު އެންމެންހެން ވަރަށް ފޯރިއާއި އެކު ކުޅެމުން އަންނަ ކުޅިވަރެކެވެ. އެހެންނަމަވެސް ހިތާމައަކީ ގިނަމީހުންނަށް ތާސް ކުޅުމާއި ރާޒުވާ ކުޅުމަކީ ދީނީގޮތުން ކިިހިނެއް އޮންނަ ކަމެއްކަން ނޭނގޭ ކަމެވެ.

ތާސް ކުޅުމަކީ ޖުއާ ކުޅުމާއި އެތްގޮތް ކުޅިވަރަކަށްވެފައި އަދި ހަމައެހެންމެ ދީން ހުއްދަނުކުރާ އެތައް ކަމެއް އޭގައި ހިމެނޭތީ ޢިލްމުވެރިން ވިދާޅުވަނީ އެއީ ހުއްދަ ކުޅިވަރެއް ނޫންކަމުގައެވެ. އެއީ ފައިސާ ނުބަހައްޓާ ކުޅުނުކަމުގައި ވިޔަސްމެއެވެ.

ރާޒުވާ ކުޅުމާއި ބެހޭގޮތުން ޖުމްހޫރު ޢިލްމުވެރިން (އެއީ: އިމާމް އަބޫ ޙަނީފާ، އިމާމް މާލިކް، އިމާމް އަޙުމަދު އަދި ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިން) ވިދާޅުވަނީ އެކުޅިވަރުގެ ސަބަބުން ވާޖިބުކަމަކަށް ހުރަސް ނޭޅުނަސް ނުވަތަ ޙަރާމް ކަމެއް އޭގައި އެކުނުލެވޭނަމަވެސް (އެބަހީ ޖުއާ ފަދައިން ލާރި ބަހައްޓައިގެން ނުވަތަ އެނޫން ކަމެއް ވިޔަސް) އެއީ ޙަރާމް ކަމެއް ކަމުގައެވެ.

ތާސް ކުޅުމާއި ރާޒުވާ ކުޅުން ނަހީ ކުރެވިފައިވާ ދަލީލު ތަކާއި ސަބަބުތައް ދެނެގަތުމަށްޓަކައި ތިރީގައި މިވާ ލިންކްތައް ބައްލަވާށެވެ.

ތާސް ކުޅުން.

Ruling on playing cards without gambling.

ރާޒުވާ ކުޅުން.

-ނިމުނީ-

dheenee-news@hotmail.com

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)