"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

 ދުޢާ

އޭ الله !

---

اللَّهُمَّ انْصُرُ الإِسْلاَمَ وَالْمُسْلِمِيْنَ.

އޭ الله ! އިސްލާމްދީނަށާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ!

اللَّهُمَّ انْصُرْ مَنْ نَصَرَ دِيْنَكَ وَنَبِيَّكَ وَكِتَابَكَ.

އިނބަރަސްކަލާނގެ ދީނާއި، އިނބަރަސްކަލާނގެ ފޮނުއްވި ނަބިއްޔާއާއި އިނބަރަސްކަލާނގެ ފޮތަށް ނަޞްރުދޭމީހަކަށް ނަޞްރުދެއްވާނދޭވެ!

اللّهُمَّ وَلِّ عَلَيْنَا خِيَارَنَا وَلاَ تُوَلِّ عَلَيْنَا شِرَارَنَا.

އޭ الله ! އަޅަމެންގެ ތެރެއިންވާ ހެޔޮމީހުން އަޅަމެންގެ މައްޗަށް ވެރިކުރައްވާނދޭވެ! އަދި އަޅަމެންގެ ތެރެއިންވާ ނުބައިމީހުން އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!

اللَّهُمَّ لاَ تُسَلِّطُ عَلَيْنَا بِذُنُوبِنَا مَنْ لاَ يَخَافُكَ فِيْنَا وَلاَ يَرْحَمُنَا.

އޭ الله ! އަޅަމެންގެ ފާފައިގެ ސަބަބުން ، އަޅަމެންނަށް އޯގާވެރިނުވާ އަޅަމެންނާއި މެދު މުޢާމަލާތް ކުރުމުގައި އިބަރަސްކަލާނގެއަށް ބިރުވެތިނުވާ މީހަކު އަޅަމެންގެ މައްޗަށް ފާ ނުކުރައްވާންދޭވެ!

اللَّهُمَّ احْفَظْ بِلاَدَنَا وَبِلاَدَ الْمُسْلِمِيْنَ مِنْ الْفِتَنِ وَالشِّرْكِ وَمِنْ كُلِّ شَرِّ... يَارَبَّ الْعَالَمِيْنَ .

އޭ الله ! އަޅަމެންގެ ޤައުމާއި އަދި އެންމެހައި މުސްލިމް ޤައުމުތައް، ފިތުނަތަކުންނާއި ޝިރުކާއި އަދި ކޮންމެ ނުބައިކަމަކުން ސަލާމަތްކޮށް ރައްކާތެރި ކޮށްދެއްވާންދޭވެ... އޭ ޢާލަމްތަކުގެ ވެރި ރައްބު.

اللَّهُمَّ رَحْمَتَكَ نَرْجُو، فَلاَ تَكِلْنَا إِلَى أَنْفُسِنَا طَرْفَةَ عَيْنٍ.

އަޅަމެން އެދެނީ އިބަރަސްކަލާނގެ ރަޙްމަތަށެވެ. ފަހެ އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް އަހަރެމެންގެ ނަފްސުތަކާ އަހަރެމެން ޙަވާލު ނުކުރައްވާނދޭވެ!

حَسْبُنَا اللهُ.

އަހަރުމެންނަށް الله ފުދެއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)