"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ރާއްޖޭގައި ކަނޑިއާއި ދަގަނޑު ބުރިއާއި ޚަންޖަރާއި ލަޓި ބުރިން ތަޅާ މީހުން މަރާއިރު ހައްދުފަހަނާޅައި ދިއުމެއް ނެތެވެ. ޙައްދުފަހަނާޅަނީ ހަމައެކަނި ދީނީ މީހުން ހެއްޔެވެ؟

 03 ޑިސެމްބަރ 2007

    މިދިޔަ ރަމަޟާން މަހުގައި ސަލްޓަން ޕާކުގައި އެގޮއްވާލި އެއްޗެއް ގޮއްވާލުމުގެ ކުރިންވެސް މާލެއާއި ރާއްޖެތެރޭގެ އެތައް ރަށެއްގައި ދިޔައީ ކަނޑިއާއި ޚަންޖަރާއި، ދަގަނޑު ބުރިއާއި ލަޓި ބުރި ފަދަ ތަކެތިން ހަމަލާދީ ދިވެހި އެތައް ދަރިއެއްގެ ފުރާނައަށް ގެއްލުން ދެމުންނެވެ. އެކަމުގައި ތުނބުޅިލީ އެއްވެސް ދީނީ މީހަކު ނުހިމެނެއެވެ. އެހެންކަމުން އެކަންވީ ދީނުގެ މެދުމިނުގައި ތިބި ބަޔަކު ކުރަމުން ދިޔަ ކަމެކެވެ. އެހެނީ ޓީވީއަކަސް ނުވަތަ ރޭޑިއޯ އަކަސް ނުވަތަ ނޫސް މަޖައްލާއަކަސް، އެއްވެސް އެއްޗަކުން އެކަން ޙައްދުފަހަނާޅާފައިވާ ބަޔަކު ކުރިކަމަކަށް ނިޞްބަތެއް ނުކުރެއެވެ.

    ކޮންމެއަކަސް މިސިލްސިލާ މާރާމާރީގެ ތެރެއިން ރޭގައި މެދުމިނުގެ ދީނުގެ ދެޤުރޫޕަކުން ހިންގި މާރާމާރީގައި އެވަނީ ދިވެހި ޒުވާނަކު މަރާލާފައެވެ. ދިވެއްސަކު މަރާލުމުން ދިވެހި ސަރުކާރަކުން އަދި އެހެންވެސް އިދާރާތަކާއި ސިޔާސީ ޕާޓީތަކުންވެސް މާކަ ކަންބޮޑުވެގެން ބަޔާންތައް ނެރޭތަނެއް ނުފެނެއެވެ. ކަންބޮޑުވަނީ ފަރަންޖީންގެ ގައިން އެންމެ ލޭތިއްކެއްވެސް އޮހެރިދާނެތީއެވެ. މިކަން ސަލްޓަންޕާކުގެ ގޮއްވުމުގެ ޙާދިޘާއަށް ނަޒަރު ހިންގާލުމުންވެސް ރަނގަޅަށް އެނގެއެވެ. އަދި ހަމަމިގޮތަށް ނޫސްތަކުގެ ޚަބަރުތަކަށް ބަލާލުމުންވެސް ޓެރަރިޒަމްގެ ޙަމަލާއަކަށް މިވީ ހަމަ އެއްކަލަ ސަލްޓަންޕާކުގެ ޙާދިޘާއެވެ.

    ދިވެހި ރައްޔިތުންނޭވެ. އަޅުގަނޑުމެން ދިވެހީންގެ މުދަލާއި ފުރާނައަކީ ހަމަ އެއްވެސް އަގެއް ހުރި އެއްޗެއް ނޫންތާއެވެ. މިހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ކިތައް ބައެއްގެ ޖާނާއި މުދަލަށް ގެއްލުންވެ ހިގައްޖެތޯއެވެ. އެކަމަކުވެސް މިކަމުގެ ބޮޑަށް އުޅޭ ބަޔަކު ދުވަހަކުވެސް ހައްޔަރު ކުރެވޭކަމަކަށް ނުވެއެވެ. ދިވެހީންގެ އެއްބައިވަންތަ ކަމާއި ފުރާނައަށް ގެއްލުންދޭތީއޭ ކިޔައި ތަޅާ ރޯގަންނަވާލައި ހައްޔަރު ކުރަން ފެނުނީ ޤަބުރު މަތީ ހުރި މިސްކިތެއްގައި ނަމާދު ނުކުރަންވެގެން އަމިއްލައަށް މިސްކިތެއް ހަދައިގެން އެތަނުގައި ﷲ އަށް އަޅުކަން ކުރަމުން ދިޔަ ބައެކެވެ. މިއިން ދޭހަވަނީ މިމާރާމާރީ ހިންގާ މީހުންނަކީ ހާދަހާވާ ދިވެހީން އެއްބައިވަންތަ ކުރުވާ ދީނީ މަސަލަސްކަން ގެންނަން އުޅޭ ބައެއްކަންތާއެވެ.

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)