|
ޑރ.
އަފްރާޝީމް ރައީސް މައުމޫނަށް ފޮނުވާފައިވާ ސިޓީއެއް.

(މިސިޓީ އެކީގައި ކިޔުއްވުމަށް މިލިންކަށް
ފިއްތަވާ ލައްވާ...)
އާދެ
މި
ސިޓީއަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ މަޖިލީހަށް
ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން، ޑރ. އަފްރާޝީމް 2004
ވަނަ އަހަރު މެލޭޝިޔާގައި ހުރެ، ރައީސް މައުމޫނަށް ފޮނުވާފައިވާ
ސިޓީއެކެވެ. މިސިޓީގައި:
- ޤައުމުގެ
ވެރިއަކަށް ހުންނަ މީހަކީ ދީނީ ރޮނގުން މަތީ ތަޢުލީމު
ޙާޞިލްކޮށްފައިވާ މީހެއްކަމުގައި ވާންޖެހޭނެކަމާއި އަދި ވަޒީރުންނާއި
ސަރުކާރުގެ މަތީ މަޤާމްތަކުގައި ތިބޭ މީހުންނަކީ ޝަރުޢީ ޢިލްމު
ޙާޞިލްކޮށްގެން ތިބި ބައެއް ކަމުގައި ވާންޖެހޭނެކަން
ބަޔާންކޮށްފައިވެއެވެ.
-
އިސްލާމީ
ޤައުމެއްގެ ވެރިއަކަށް ހުންނަ މީހަކީ ފިރިހެނެއްކަމުގައި
ވާންޖެހޭނޭކަމީ އެންމެ ގިނަ ޢިލްމުވެރިން އިއްތިފާޤުވެފައިވާ
ކަމެއްކަމުގައިވެސް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
(ތިރީގައި މިވަނީ އެޢިބާރާތް ސިޓީގައި ބަޔާންކޮށްފައިވާ ތަނުގެ
ނަކަލެކެވެ.

(މިލިޔުންކޮޅު ވަނީ ޕީޑީއެފް
ފައިލުގެ 40 ވަނަ ޞަފްޙާގައެވެ.އެއީ އަޞްލު ސިޓީގެ 27 ވަނަ
ޞަފްޙާއެވެ.)
- މިޒަމާނުގައި
ޑިމޮކްރަސީއަށް މިގޮވާލާ މީހުންގެ ލާދީނީ އެތައް ފިކުރަކާއި
އިދިކޮޅަށް ވަކާލާތު ކުރައްވައި، އަޅުގަނޑުމެން ރާއްޖޭގައި އޮންނަން
ޖެހޭނީ އިސްލާމީ ވެރިކަމެއް ކަމަށް ވަރަށް ޖޯޝާއިއެކު އަފްރާޝީމް
މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
ކޮންމެއަކަސް ޚުލާޞާއަކީ މިސިޓީގައިވާ އަފްރާޝީމް ބަޔާންކޮށްފައިވާ
އެތައް ކަމަކާއި ޚިލާފަށް މިހާރު އޭނާ އެދަނީ ފަތުވާދީ ޢާއްމު
ކުރަމުންނެވެ. މިހާރު ސަރުކާރުގައި ތިބި ގިނަ ދީނީ ދަތްނެތް
ބޭކަލުންނޭ އެއްގޮތަށް ކިޔެވި ގިނަ ތަކެތި ހަނދާން ނައްތާލައި
ސަރުކާރާއި މީހުން ރުއްސުމުގައި އެއުޅެނީ ހޭބޯ ނާރައެވެ. ކުރީގެ
ލިޔުމެއްގައި އަޅުގަނޑު ބަޔާންކުރި ފަދައިން މިފަދަ މީހުން
މީސްތަކުންގެ ތެރޭގައި ފަޟީޙަތްވެ އެމީސްތަކުންގެ ލަޢުނަތް ލިބޭ
މީހުން ކަމުގައިވެއެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ
ކަންކަމުންވެސް އޭގެ ތެދުކަން ޘާބިތުވެއެވެ.
ނޯޓް:
މިލިޔުން ޝާޢިއު ކުރެވިފައި މިވަނީ އަޅުގަނޑުމެންނަށް ލިބިފައިވާ
ގޮތަށް ޕީޑީއެފް ފޯމެޓަށެވެ. މިލިޔުމުގެ ވަރަށް ގިނަ ތަންތަނުގައި
ޞަފްޙާތަކުގެ ތަރުތީބު އޮޅިފައިވެއެވެ. އެހެންކަމުން ކިޔަމުން ދާއިރު
އެކަމަށް ސަމާލުވެލެއްވުމަށް ހަނދުމަކޮށްދެމެވެ.
|