|
ފަލަސްތީނާއި
މުޅި
އިސްލާމީ އުއްމަތް ތަޅާ ސުންނާފަތި ކުރަމުންދާއިރު އަޅުގަނޑުމެން
ހަމަ އެތަން ބަލަން ތިބެންވީ ހެއްޔެވެ!
06 މާރޗް
2008

(މިފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ
ޔަހޫދީންގެ އަނިޔާވެރިކަމުގެ އަލިގަދަ ހެއްކެއް)
-
ދަންނާށެވެ. މިކަމުގެ ޙައްލަކަށް ޢަދުއްވުންގެ ލަޝްކަރުތަކާއި
އިދިކޮޅަށް ކަނޑިއާއި ބަޑި އުފުލައި ޖިހާދު ކުރުން ނޫން އެހެން
އެއްވެސް ގޮތެއް
އެބައޮތް ހެއްޔެވެ؟
ފަލަސްޠީނަކީ އަޅުގަނޑުމެންގެ މުސްލިމުންގެ ޢަޤީދާއާއި ވަރަށް ބޮޑަށް
ގުޅި ލާމެހިފައިވާ ތަނެކެވެ. އެއީ އަޅުގަނޑުމެން މުސްލިމުންގެ އެންމެ
ފުރަތަމަ ޤިބްލައެވެ. އަދި މިބިންމަތީގައިވާ އަޅުގަނޑުމެންގެ
ތިންވަނައަށް އެންމެ މަތިވެރި މިސްކިތް ކަމުގައިވާ މަސްޖިދުލް އަޤްޞާ
އެތަނެއްގައި ހުރި ބިންވެސްމެއެވެ. އަދި ހަމަ އެހެންމެ އެތަނަކީ ﷲ
ތަޢާލާ، އެއިލާހުގެ ދީނަށް ގޮވާލެއްވުމަށްޓަކައި އެތައް
ނަބިއްޔުންނެއްވެސް ފޮނުއްވުނު ތަނެއްމެއެވެ.
އަޅުގަނޑުމެން މުސްލިމުންނަށް، ފަލަސްޠީނުގައި ދިރިއުޅެމުންދާ
އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއި އަދި އެމީހުންގެ
މުދަލާއި ގެދޮރާއި މާލާއި ބެހޭގޮތުން އޮޔެއް ވަޔެއް އެނގޭހެންވެސް
ހިޔެއް ނުވެއެވެ. ސުބްޙާނަ ﷲ އެވެ. މިދުނިޔެއަށް ލޯހުޅުވައި ވިސްނާ
ފިކުރު ކުރައްވާށެވެ. އަޅުގަނޑުމެންގެ ވަޠަނާއި ގެދޮރަށް ބަޔަކު
މީހުން އަރައި އެތަނަށް ވެރިވެގަނެ، އަޅުގަނޑުމެންގެ އަނބިދަރީންނާއި
އެއްބަނޑު އެއްބަފާ މީހުންނާއި ގާތް ތިމާގެ މީހުން ތަޅާ ސުންނާފަތި
ކުރަމުންދާއިރު، އަޅުގަނޑުމެން ހަމަ ކަހެރިވަކެކޭވެސް ހިތަށް ނާރާ
އެތަން ބަލަން ތިބެން ލާހިކުވާނޭ ހެއްޔެވެ؟
ދަންނާށެވެ. ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އެންމެހައި
އަޚުންނާއި އުޚްތުންނެއް އެވަނީ އެމީހުންގެ ގެދޮރުން ނެރެލެވި
އަޅާލާނެ އާރެއް ބާރެއްނެތް ބައެއް ކަމުގައިވެފައެވެ. ޞަޙްޔޫނީ
ލަޝްކަރުތަކުން އެދަނީ ބޮޑު އިންސާނީ ޤަތުލު ޢާއްމެއް
ހިންގަމުންނެވެ. ދުނިޔޭގެ ބޮޑެތި ޝައިޠާނީ ބާރުތައް އެތިބީ
އެމީހުންނާއި އެކު އެކަމުގައި އަތުކުރި އޮޅާލައިގެންނެވެ. މިހާރު
ޣައްޒާ (ގާޒާ)ގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން އެވަނީ
އިސްރާއީލުގެ ހައްދުފަހަނާޅާފައިވާ އަނިޔާވެރި ސިޔާސަތުގެ ސަބަބުން
ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކުން
މަޙްރޫމްވެ ބޮޑު އިންސާނީ މުޞީބާތެއްގެ ތެރޭގައެވެ.
ބޯފެންފޮދެއްވެސް ލިބޭނެފަދަ ގޮތެއް ނެތިފައެވެ.
ފަހެ އިސްލާމީ އުއްމަތުގެ ކޮންމެ ކަންކޮޅެއްގައިވެސް މުސްލިމުންގެ
ޙާލަތު މިވަނީ މިފަދަ ނިކަމެތި ޙާލަތެއްގައެވެ. ޢިރާޤާއި
އަފްޣާނިސްތާނާއި، ކަޝްމީރާއި، ޝީޝާނާއި، ސޯމާލިޔާއާއި މިފަދަ އެތައް
ތަނެއްގައެވެ. މިކަމާއިމެދު އަނގަ ހުޅުވާލަން ކެރޭ ހަމަ އެކަކުވެސް
ނެތީހެއްޔެވެ؟ ފަރަންޖީ ޤައުމުތަކުން މުސްލިމުންނާއި އިދިކޮޅަށް
މިހިންގާ ޢުދްވާނީ ޙަމަލާތަކާއި އިދިކޮޅަށް ތެދުވަން އިސްލާމީ
ޤައުމުތަކުގެ ވެރީންތަކާއި އަފްރާދުންތައް ކޮބައި ހެއްޔެވެ؟
ފަހެ މިއަދު ތިޔަބައިމީހުން އިސްލާމީ ޤައުމު ތަކުގެ ވެރީންނާއި މެދު
ހައިރާން ނުވާށެވެ. އެމީހުން އެވަނީ އެމެރިކާއާއި ޝައިޠާނީ
ލަޝްކަރުތަކުގެ ފުރަގަހުގައި ނިވާވެއެވެ. ވެރިކަމާއި އާރާއި ބާރާއި
ފައިސާގެ ދަހިވެތިކަމުގައެވެ. އާދެ ދުނިޔެއަށްޓަކައި ދީން
ވިއްކާލައިގެންނެވެ. ވާހަކަ ދައްކައިގެން މިމައްސަލަ ޙައްލު
ކުރެވޭނޭނަމަ މިހާރު މިކަން ޙައްލުވާހާ ދުވަސް ވެއްޖެއެވެ.
ދަންނާށެވެ. މިކަމުގެ ޙައްލަކަށް ޢަދުއްވުންގެ ލަޝްކަރުތަކާއި
އިދިކޮޅަށް ކަނޑިއާއި ބަޑި އުފުލައި ޖިހާދު ކުރުން ނޫން އެހެން
އެއްވެސް ގޮތެއް ނެތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"كُتِبَ
عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ"
(البقرة: من الآية216)
"ފަހެ ތިޔަބައިމީހުން
އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް
ޤިތާލު (އެބަހީ
ހަނގުރާމަ ކުރުން)
ފަރުޟު ކުރައްވައިފިއެވެ."
ރަސޫލު
الله صلى الله عليه وسلم
އަށްފަހު މިއުއްމަތުގެ ވެރިކަމަށް އަބޫ ބަކުރުއް ސިއްދީޤް
رضي الله عنه
އިސްކުރެވުމުން، އެކަލޭގެފާނު މިސްކިތުގައި ދެއްވި ޢިބްރަތުން
ފުރިގެންވާ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
".. لا يدع قوم الجهاد في سبيل الله إلا خذلهم الله بالذل..."
(الحافظ ابن كثير، البداية والنهاية ج 6 ص 301 -
بيروت).
"ޤައުމެއްގެ ބަޔަކު ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުން ދޫކޮށްލައިފުމުން،
ﷲ ތަޢާލާ އެބަޔަކު ނިކަމެތި
ނުކުރައްވާނޭ ހަމަ އެއްބަޔަކުވެސް ނުވެއެވެ."
ފަހެ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅެއްގެ އަތްމަތީގައިވެސް
މިހާރުން މިހާރަށްވެސް ކާފަރުންގެ ލަޝްކަރުތަކާއި އިދިކޮޅަށް ބޭނުން
ކުރެވޭނޭފަދަ ވަރުގަދަ ހަތިޔާރެއް އެބަވެއެވެ. އާދެ އެއީ ދުޢާއެވެ.
ރަސޫލު
الله صلى الله عليه وسلم
ބަޔާންކޮށްދެއްވާފައިވާ ފަދައިން، ދުޢާއަކީ މުއުމިނުތަކުންގެ
ހަތިޔާރެވެ. އެހެންކަމުން އެމީހުން ބަލިކުރައްވައި ނެތި ކުރެއްވުމަށް
ދުޢާ ކުރައްވާށެވެ. ދެބަންގި ދެމެދުގައާއި ސަޖިދާގައާއި
ވިތުރީގައެވެ. އަދި މިނޫންވެސް އެހެން ވަޤުތު ތަކުގައެވެ. ދުނިޔޭގެ
ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ އެންމެހައި މުސްލިމުންނަށް
ނަޞްރު ދެއްވައި އެމީހުންނަށް ނަޞްރު ދެއްވުން އެދި ދުޢާ ކުރާށެވެ.
އޭ އަޅަމެން ހައްދަވާ ބޮޑު ކުރެއްވެވި ކީރިތި ވަންތަ ﷲ އެވެ.
އިސްލާމް ދީނަށާއި މުސްލިމުންނަށް ނަޞްރު ދެއްވައި ޢިއްޒަތް
ދެއްވާންދޭވެ. އޭ ﷲ އެވެ. އިނބަ ﷲގެ ޢަދުއްވުން މިބިމުގައި ފަސާދަ
ހިންގައި އިނބަ ﷲގެ ކިޔަމަންތެރި ޢިބާދުތަކާއި ބިލާދުތަކަށް
(އަޅުތަކުންނާއި ރަށްތަކަށް) އަނިޔާވެރި ވެގެންފިއެވެ. ފަހެ
އެމީހުންގެ އެއަނިޔާވެރިކަމުން އަޅުގަނޑުމެންގެ އެންމެހައި
އަޚުންނާއި އުޚްތުން މިންޖު ކުރައްވައި ސަލާމަތް ކުރައްވާންދޭވެ. އޭ
ﷲއެވެ. އެމީހުންގެ ކިބައިން ވަރުގަދަވެގެންވާ ބަދަލު ހިއްޕެވުމަކުން
ބަދަލު ހިއްޕަވާ މުސްލިމުންނަށާއި އިސްލާމް ދީނަށް ނަޞްރު
ދެއްވާންދޭވެ. އަދި އިނބަ ﷲގެ މަގުގައި ޖިހާދު ކުރާ މުޖާހިދުންގެ
ފައިތިލަތައް ޘާބިތު ކުރައްވައި އެމީހުން ނަޞްރުވެރި ކުރައްވާންދޭވެ.
آمين يا ربَّ العالمين.
|