"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ފުލުހުންގެ ލަޝްކަރުން، ޖަމްޢިއްޔަތުއް ސަލަފުން ބޭއްވުމަށް ހަމަޖައްސާފައިވާ ދަރުސް ޙިޞާރުކޮށް ހުއްޓުވާލައިފި.

11 މާރޗް 2008

ރޭ 8:30 ގައި ދަރުބާރު ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔަތުއް ސަލަފުގެ ދަރުސް ބޭއްވިޔަ ނުދީ، ފުލުހުންގެ ލަޝްކަރުން ހުއްޓުވާލައިފިއެވެ. މިދަރުސްތަކަކީ ދިވެހި ޤާނޫނުން، ޖަމްޢިއްޔާ ތަކަށް ލިބިދީފައިވާ ހުއްދައިގެ ދަށުން އަދި ސަރުކާރުން ހުއްދަ ދެއްވާފައިވާ ޝެއިޚުން ދެމުން ގެންދާ ދަރުސްތަކެކެވެ. މީގެ ކުރިން ބާއްވާފައިވާ އަށާރަ ދަރުސްވެސް ބާއްވާފައިވަނީ ހަމަ މިގޮތަށް ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި އޭގެ އެއްވެސް ދަރުސްއެއްގެ މައްސަލައެއް މިހާތަނަށް ޖެހިފައެއްވެސް ނުވެއެވެ.

ކޮންމެއަކަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް، ޑރ.އަފްރާޝީމް ޓީވީ މެދުވެރި ކޮށާއި އަދި އެނޫންވެސް އެހެން ގޮތްތޮތަށް، ދީނީ ވާހަކަތައް ދައްކައި ފަތުވާތައް ދެމުން ދާއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހަށާއި އަދި ދިވެހި ސަރުކާރަށްވެސް އެކަމުގައި ފިޔަވަޅެއް އެޅޭ ކަމަކަށް ނުވެއެވެ. މިއިންވެސް ދައްކުވައިދެނީ މިއަދުގެ ސަރުކާރުން ގެންގުޅޭ ޤާނޫނާއި ޤަވާޢިދާއި ޚިލާފް ސިޔާސަތެވެ. حسبنا اللّه عليهم.

 

 

 

dheenee-news@hotmail.com

blog stats

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)