|
ޔަހޫދީންނާއި ޓެރަރިޒަމްގެ ސިޔާސަތު.
ތަރުޖަމާ: ނަބީލް

ޔަހޫދީންނާއި ބެހޭ ގޮތުން ލިޔުމަށް އަހަރެންގެ ގަލަން
އިންކާރުކުރިއެވެ. އެގޮތަކީ އަހަރެންގެ ގަލަމުން ފޮޅުވަތްކުރާ ވަރަށް
ވުރެ އެމީހުންގެ ޖަރީމާތަކާއި ޢަމަލުތައް މުޑުދާރީއެވެ. އެހެނަސް
ޤުރްއާނާއި ސުންނަތުގައި ވެސް ޔަހޫދީންގެ ވާހަކަ ވާރިދުވެފައިވާ
ވާހަކަ، އަހަރެން އަހަރެންގެ ގަލަމަށް ބުނީމެވެ. އެހިނދު ގަލަން
ލިޔަންފެށިއެވެ.
ޔަހޫދީންނަކީ ޙަޔާތުގެ އަލިކަމަށް ހުރި އަނދިރިގަނޑެކެވެ. އުންމީދުގެ
ނޫރާނީކަމަށް ހުރި ކަޅުކަމެކެވެ. އެމީހުންގެ ތާރީޚްގައި
އަނިޔާވެރިކަމާއި އިންސާނީ ޢާލަމުގެ މައްޗަށް ނޭއްގާނީވުމުގެ
ވައްތަރުތައް ހިންގާފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ އެމީހުންނަކީ
ޓެރެރިސްޓުންގެ ލީޑަރުންނެވެ. ޖަރީމާވެރި ހަނގުރާމަތަކުގެ
ކޮމާންޑަރުންނެވެ.
އެމީހުންނަކީ ނަރަކައަށް ދަޢުވަތު ދެމުންދާ ބައެކެވެ. އަދި
އާޚިރަތްދުވަހުން ނަރަކަ ނޫނީ އެމީހުންނަކަށް ނުވެއެވެ.
އެމީހުންނަކީ އެމުސްކުޅި މީހާގެ ހިތުގައިވާ އުންމީދު ގެ ހުޅުކޮޅު
ނިއްވާލި މީހުންނެވެ. އެ ތުއްތު ތުއްތު ލޯބި ދަރިފުޅު ބައްޕައެއްގެ
ލޯތްބަށް އެދި ގޮވަމުން ދިޔަ ނިދާއަށް ނިމުން ގެނައި މީހުންނެވެ.
އަދި އެ އަނބިމީހާގެ ހިތުގައި ހިނގަމުން ދިޔަ ލޯބީގެ އިހްސާސްތައް
ޤަތުލުކުރި މީހުންނެވެ. އެމީހުންގައި ހުރީ ކޮން ކަހަލަ
ހިތްތަކެއްހެއްޔެވެ؟ އެމީހުން އަވަސް އަރައިގެންފައި އެވަނީ ކޮންފަދަ
ޚިޔާލަކާ މެދަށްހެއްޔެވެ؟ އެމީހުން އެދިމާއަކަށް ދަތުރުކުރަމުންދާ
އަމާޒަކީ ކޮބާހެއްޔެވެ؟
ޔަހޫދީން އެތަކެއް ނަބިއްޔުންނެއް ޤަތުލުކުރިއެވެ. ޢިލްމުވެރިންނާއި
ވަލީވެރިން އަސީރުކުރިއެވެ. އަދި ޢިއްފަތްތެރިންގެ ހިތަށް
ބިރުވެރިކަން ވެއްދިއެވެ.
އަލިވެގެންވާ ސާފު ތާރީޚް އެމީހުންނާ އިދިކީލިވިއެވެ.
އަނިޔާވެރިކަމާއި ނޭއްގާނީކަމުގެ ތާރީޚް އެމީހުންނަށް މަރުހަބާ
ކިއެވެ. އެމީހުންނަކީ އޭގެ ސަފުހާތަކުގެ ތެރެއިން ސަފުހާއެކެވެ.
އެމީހުންނަކީ ޓެރަރިސްޓުންގެ އަހުލުންނެވެ. ފަސާދައިގެ ދަރީންނެވެ.
ހަޔާތުގެ ކޮންމެ ކުރިއެރުމަކަށް ހުރި ހަލާކުގެ ބަފައިންނެވެ.
އެމީހުންގެ ރޭތަކުގައި ވަނީ ދާއިމީ ޣަފުލަތާއި ސަކަރާތްތަކުގެ
ތަރުތީބެވެ. ދުވާލުތަކުގައި ވަނީ ކުށެއް ނެތް މަތިވެރި ބައެއްގެ
ހަލާކާއި ޤަތުލު ޢާންމުތަކެވެ.
އެމީހުންގެ ވެރީންނަކީ ހައްދުފަހަނައަޅައި ދިއުމުގެ އިމާމުންނެވެ.
އެމީހުންގެ ވެރިކަން ހިންގަނީ ޝައިތާނާގެ ކާފަދަރިންނެވެ. އެމީހުން
ކުރާ ކަންކަމުގެ ނުބައިކަމާއެވެ.
އެމީހުންނަކީ އިސްލާމްދީނުގެ ގިޔުގަނޑަށް ފެތިއްޖެ ކޮންމެ މީހަކަށް
ވާ ޓެރެރިސްޓުންނެވެ. އެމީހުން އެދުންވެރިވަނީ ތިޔަބައިމީހުން
ކާފަރުވޭތޯއެވެ.
މުސްލިމުންގެ ދީން ފަސާދަކޮށް މުސްލިމުން ދީނާ ދުރުކުރުމުގައި
އެމީހުންނަކީ ނަސާރާއިންގެ ބައިވެރީންނެވެ. އެމީހުން މިބމުގައި
ފަސާދަކޮށް އުޅޭ ވާހަކައާއި ﷲ ތަޢާލާ ފަސާދަކުރާ މީހުންނަށް
ލޯބިވެވޮޑިގެން ނުވާ ވާހަކަ ޤުރްއާނުގައި އަންގަވާފައިވެއެވެ.
ﷲ
ތަޢާލާއާ އެކަށީގެން ނުވާ ކިތަންމެ ސިފައެއް އެމީހުން އެކަލާނގެއަށް
ނިސްބަތްކުރެއެވެ. ހުރިހާ ގޮތަކުން ނަބިއްޔުންނަށް ދުއްތުރާކޮށް
އުޅުނެވެ. އަހަރެމެން ދެންވެސް ބޭނުންވަނީ އެމީހުންގެ ފުށުން
ސުލްހައިގެ ފަތެއްހެއްޔެވެ؟ ނޫނީ މަގުޗާޓެއް ހެއްޔެވެ؟
ކޮންމެ ދުވަހަކު ވެސް ދަނީ އެމީހުންގެ ނުބައި ނުލަފާކަން
އިތުރުވަމުންނެވެ. ކޮންމެ ގަޑިޔަކު އެމީހުންގެ ރޮކެޓުތަކާއި
ޓޭންކަރުތަކުގެ ހަމަލާތައް ރުކުރުވަމުން ދެއެވެ. ދަޢުވާކުރަމުންދާ
ސުލްހަ އޮތީ ފަހެ ކޮންތާކުހެއްޔެވެ؟
މާތް ﷲ މި ދީނަށް ނަޞްރު ދެއްވާނެއެވެ. މުސްތަޤްބަލު އޮތީ
މިދީނަށެވެ. ހިލަ ބަސްބުނާ ދުވަސް އަންނާނެއެވެ. އޭ މުސްލިމް
އަޚާއެވެ. އަހަރެންގެ ފުރަގަހުގައި މިއޮތީ ޔަހޫދީއެކެވެ. ތިބާ
އަވަހަށް އައިސް އެކަލޭގެ ޤަތުލުކުރާށެވެ.
އެހެންވީމާ އަހަރެމެން މެދުކެނޑުމެއް ނެތި ދުޢާކުރާށެވެ. އަހަރެމެން
ﷲ އަށް ވަކީލުކުރާށެވެ. ފަތިސްވަނީ ވަރަށް ގާތުގައެވެ.
ކެތްތެރިކަމެވެ. އަހަރެމެންގެ އަޤްޞާއެވެ.
-ނިމުނީ- |