|
ޑރ. ޢަބްދުﷲ ސަޢީދާއި ޑރ.
ޙަސަން ސަޢީދު ލިޔެފައިވާ
"Freedom of Religion,
Apostasy and Islam."
(އިސްލާމްދީނާއި
މުރުތައްދުވުން އަދި ދީން ދީނުގެ މިނިވަންކަން)
މިފޮތާއިމެދު
ޖަމްޢިއްޔަތުއް ސަލަފްއިން ދިރާސާއެއް ކޮށް، އެކަމާއި ގުޅޭ ގޮތުން
ޚުލާޞާ ރިޕޯޓަކާއި ޤަރާރެއް ނެރެފި.

(ޚުލާޞާ
ރިޕޯޓާއި ޤަރާރު ވިދާޅުވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ)
ޑރ.
ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު ލިޔެފައިވާ
"Freedom of Religion, Apostasy and
Islam"
(އިސްލާމްދީނާއި މުރުތައްދުވުން އަދި ދީން ދީނުގެ މިނިވަންކަން)،
މިފޮތާއިމެދު ޖަމްޢިއްޔަތުއް ސަލަފްއިން ދިރާސާއެއް ކޮށް، އެކަމާއި
ގުޅޭ ގޮތުން ޚުލާޞާ ރިޕޯޓަކާއި ޤަރާރެއް ނެރެފިއެވެ.
މިފޮތަކީ
ޑރ. ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު އާއި ދެބޭފުޅުންވެގެން
ޤުރުއާނާއި ސުންނަތުން ކަނޑައެޅިގެން ސާފުކޮށް ފެންނަން އޮތް އަދި
މިވިހިވަނަ ޤަރުނާއި ހިސާބަށް އެއްވެސް އޮޅުމެއްނެތި ފޯރާފައިވާ
ޙުކުމްފުޅުތައް ކަމުގައިވާ މުރުތައްދުވުމާއި މުސްލިމަކު އިސްލާމްދީން
ދޫކޮށް އެހެން ދީނަކަށް އެނބުރުމާއިމެދު، ޤުރުއާނާއި ސުންނަތާއި
ޚިލާފަށް އަދި މުޅި އިސްލާމީ އުއްމަތުގެ އިޖްމާޢުއާއިވެސް ޚިލާފަށް،
މިއަދުގެ ދުނިޔޭގެ ކާފަރުން ރުއްސުމަށް މުސްތަޝްރިޤުންގެ
ފަލްސަފާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކެހިވެރި، ޝައިޠާނީ
ޢަޤީދާގެ ފޮތެކެވެ.
މިފޮތް
ލިޔެވިފައިވަނީ އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށް،
އަދި ދީނުންވެސް މުރުތައްދުވެފައިވާކަމަށް މުޅި އުއްމަތް
ޤަބޫލުކޮށްފައިވާ ސަލްމާނު ރުޝްދީއާއި ތަސްލީމާ ނަސްރީން ފަދަ
މީހުންގެ ދިފާޢުގައެވެ. މިފޮތުގައި އެފަދަ އެތައް ބައެއްގެ
ދިފާޢުގައި ވަކާލާތުކޮށްފައިވެއެވެ.
ކޮންމެއަކަސް މި ދެ ޑޮކްޓަރުންގެ ފޮތުގައި ހިމެނޭ ވާހަކަތަކަކީ
އިސްލާމީ ޢަޤީދާއާއި ކަނޑައެޅިގެން ފުށުއަރާ އަދި އެގޮތަށް
ޤަބޫލުކޮށްފި މީހެއްގެ އިސްލާމްކަން ނަފީވެެ މިއްލަތުން ބޭރުވާ
ވަރުގެ ނުރައްކައުތެރި ވާހަކަތައް ހިމެނޭ ފޮތެކެވެ. ވީމާ އެފޮތުގައި
ހިމެނޭ ވާހަކަތަކާއިމެދު އަލިއަޅުވާލައި ނެރެފައިމިވާ ޤަރާރު
ކިޔުމަކީ ކޮންމެ މުސްލިމަކުވެސް ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ.
އެފޮތާއި ގުޅޭގޮތުން ޖަމްޢިއްޔަތުއް ސަލަފްއިން ނެރެފައިވާ ޚުލާޞާ
ރިޕޯޓާއި ޤަރާރު...
-ނިމުނީ-
______________________________________________________
ނޯޓް:
މިޚަބަރުގައި މިވާ ލިޔުމަކީ، ޖަމްޢިއްޔަތުއް ސަލަފްއިން ނެރެފައިވާ
ޤަރާރާއި އަދި
Freedom of Religion, Apostasy and
Islam
، މިފޮތް ބެލުމަށްފަހު، މިސައިޓުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
|