|
ކުއްލި
ޚަބަރު
ސަލަތައި ރެސްޓޯރެންޓްގައި
ބަހައްޓާފައި ހުރި އިތުރު ބުދުތަކެއް، އަނެއްކާ މިއަދުވެސް ފެނިއްޖެ.
މިއަދުގެ (30 މާރޗް 2009ގެ)
ފޮޓޯތަކާއި އެކު.

ސަލަތައި ރެސްޓޯރެންޓަކީ މިދިވެހިރާއްޖޭގައި ބުދު ދީން ފަތުރައި
އެދީނުގެ މީހުން އަޅުކަން ކުރަން ހަދާފައިވާ ތަނެއްކަމުގައި ފާއިތުވެ
ދިޔަ ދެތިން ހަތަރު ދުވަހުއްސުރެ އަޅުގަނޑުމެން މިއަންނަނީ ބަޔާން
ކުރަމުންނެވެ. މިގޮތުން މިއަދު އަނެއްކާ އެތަނުގެ ތެރެއިން އިތުރު
ބުދުތަކެއް ފެނިއްޖެއެވެ. އަޅުގަނޑުމެންނަށް އެކަމުގެ ޚަބަރު
ލިބުމާއިއެކު ވަޤުތުން އެތަނަށް ގޮސް އެތަން ބަލާ އަދި އެބުދުތަކުގެ
ފޮޓޯ ނެގީމެވެ. މިކަމުގެ ޚަބަރު މިއަދު އަޅުގަނޑުމެންނަށް ލިބުނީ
ޢަޞުރު ނަމާދުން ކޮށްގެން ހަމަ މިސްކިތުން ފޭބި ތަނާއެވެ.
އާދެ މިކަމުގައި އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނު ވަރަށް
އާދަޔާ ޚިލާފް ވާހަކައެއް މިތަނުގައި ބަޔާންކޮށްލާނަމެވެ. އެއީ
މިމައްސަލައިގެ ޙަޤީޤަތް ހޯދައި މިކަން ހުއްޓުވުމަށްޓަކައި
އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން ކުރަމުން މިދާ މަސައްކަތުގައި،
އަޅުގަނޑުމެން މިކަމުގައި ނިކުންނަ ކޮންމެ ދުވަހެއްގައިވެސް ﷲގެ
އިރާދަފުޅާއި އެކު އެތަނަށް ދެވޭ ވަޤުތެއް ކަމުގައި މިވަނީ ޢަޞުރު
ނަމާދަށް ފަހުއެވެ. އާދެ ޢަޞުރު ނަމާދު ފަހުން ހަމަ ވަޤުތުންނެވެ.
ދެން އަޅުގަނޑުމެން ވިސްނާލީ މިވަޤުތާއި މިކަމާއި ހުރީ ކޮން
ގުޅުމެއްތޯއޭ އެވެ؟ ދެން ކުއްލިއަކަށް ހަނދާނަށް އައީ ކީރިތި
ޤުރުއާނުގެ މިއަންނަނިވި އާޔަތެވެ.
"حَافِظُوا
عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ
قَانِتِينَ"
(سورة
البقرة:
238)
"ތިޔަބައިމީހުން
ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. އަދި ޚާއްޞަކޮށް
މެދުނަމާދަށް (އެބަހީ ޢަޞުރު ނަމާދަށް) ރައްކައުތެރިވާށެވެ. އަދި
ކިޔަމަންތެރިވެ
ބިރުވެތިވެގެންވާ
ހާލު ތިޔަބައިމީހުން ﷲ ގެ ކުރިފުޅުމައްޗަށް ތެދުވާށެވެ."
އާދެ މިއާޔަތުގެ
ތަފްސީރުގައި، ތަފްސީރު ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މެދު
ނަމާދަކީ ޢަޞުރު ނަމާދު ކަމުގައެވެ. އެއީ އަޞުރު ނަމާދު އަޅައި
ދޫކޮށްލައިފި މީހަކަށް ހުރި ބިރުވެރިކަމުގެ ވާހަކަ ކީރިތި ނަބިއްޔާގެ
އެތައް ޙަދީޘްފުޅުތަކެއްގައި ބަޔާންވެފައި ވާތީއާއިވެސް އެކުގައެވެ.
ކޮންމެއަކަސް މިފަދަ މުހިއްމު ނަމާދެއްގެ ފަހުން މިކަމާއިގެން
އަޅުގަނޑުމެންނަށް ނިކުމެވުމުގެ އަޞްލެއްކަމުގައި އަޅުގަނޑުމެން
ޤަބޫލު ކުރަނީ އެބާޠިލް ޢަޤީދާގެ، ޝިރުކުގެ ހަޑިމުޑުދާރުވެގެންވާ
އެކަންތައްތަކުގެ ޙަޤީޤަތް މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި ﷲ
ތަޢާލާ، އެއިލާހުގެ މަދަދާއި ޢައުން އަޅުގަނޑުމެންނާއި އެކުގައި
ވާކަމެެވެ.
والله أعلم.
ކޮންމެއަކަސް އެތަނުގެ ޙަޤީޤަތް، ދުވަހެއް ދުވަހަކަށް މިދަނީ
އިތުރަށް ފާޅުވެ ބަޔާންވަމުންނެވެ.
ވީމާ އެންމެހައި ލޮބުވެތި މުސްލިމް ލޮބުވެތި އަޚުންނާއި އުޚްތުންނަށް
ދަންނަވަމެވެ. އަޅުގަނޑުމެން އެރެސްޓޯރެންޓަށް ގޮސް އެތަނުގައި
ކައިބޮއެ ހެދުން ހުއްދަވެގެން ނުވެއެވެ. އަދި ކިއެއްހެއްޔެވެ.
އަޅުގަނޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ، އަޅުގަނޑުމެން
ތަކުރާރުކޮށް ބުނަމުން މިދާފަދައިން
އެކަން
ހުއްޓުވުމަށް ކުރެވުން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.
ކޮންމެއަކަސް މިއަދު އެތަނުގައި ބަހައްޓާފައި ހުރި ދެ ބުދުގެ
ފޮޓޯތައް ތިރީގައި މިވަނީއެވެ.






-ނިމުނީ-
|