|
ގެސްޓުން ރާއްޖެ އަންނަނީ ރާބޯން ހެއްޔެވެ؟
ލިޔުނީ: ޢަބްދުﷲ ޞިއްދީޤް

ރާ
ދޯ!!! ރަލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަަސްދަރު،
އާދެ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ.
ފަހެ މިފަދަ އެއްޗެއް ހުއްދަކޮށް އެފަދަ އެއްޗެއްގެ ވިޔަފާރި
ހުއްދަކުރަން އުޅޭ ބައެއްގެ އިސްލާމްކަން ހުންނާނީ ކިހާ
ހިސާބެއްގަިއި ތޯއެވެ!
ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީއާއީ ބަނގުރަލާ ހުރީ ކޮން ގުޅުމެއް
ހެއްޔެވެ. ވަކީން ޚާއްސަކޮށް ދިވެހި ފަތުރުވެރިކަމާއި ބަނގުރަލަކާ
އެއްވެސް ގުޅުމެއް ނެތެވެ. ފަތުރުވެރީން ރާއްޖެ އަންނަނީ،
އެމީހުންގެ ފިނިމޫސުމާއި ދިމާކޮށް،
ނޫނީ އެމީހުންގެ ހޫނުމޫސުމާ ދިމާކޮށް ރާއްޖޭގެ ހިތްގައިމު މޫސުމާއި،
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހަމަހިމޭން ޖައްވުގައި އަމާން ކަމާއެކު
އެމީހުންގެ ޗުއްޓީހޭދަކޮށްލާށެވެ. ފަހަރެއްގައިވެސް އެމީހުންގެ
ގައުމުގެ ބާޒާރުން ރަލާއި އޫރުމަހާއު މަސާޖް ޕާލާތައް ހުސްވެގެންނެއް
ނޫނެވެ.
ޖަނަވާރުންގެ ބުއްދި ހުންނަ އިންސާނުންނަށް މިކަން ނުވިސްނުނު
ކަމުގައި ވިޔަސް،
ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް މިކަން އެގޭނޭމެއެވެ.
ތިޔަހެން އަމިއްލަ " ފޮޅީގައި" ފާޑުފާޑުގެ ވާހަކަތަށް ލިޔެގެން
އަޅުގަނޑުމެން ވާވައްދަން ނޫޅޭށެވެ. އަދި ކޮންމެހެން އިގްތިސާދޭ
ކިޔައިގެން ދިވެހި ގައުމުގެ ލޮބުވެތި މުސްލިމުން އޮޅުވާލަން
މަސައްކަތް ނުކުރާށެވެ. ދިވެހިން ތިބީ ވަރަށް ސާފު ޢަގީދާއެއްގެ
މަތީގައެވެ. އިސްލާމީ އަލިގަދަ ނޫރުން އެއްކިބާވެ،
ސިކުނޑި ދޮވެލެވިފައިވާ ބަޔަކީ ތިޔަމަދު ބައިގަނޑެވެ.
އަދި
ބުނަމެވެ! ކާފަރުންގެ ތެރެއިންވެސް އެމީހުންގެ ނަފްސަށް
ޙުރުމަތްތެރިކޮށްހިތާ މީހުން ރާބޯންބޭނުމެއް ނުވާނެއެވެ.
އޫރުމަހެއްވެސް ނުކާނޭމެއެވެ.
ދެން
ތިޔަކުރާ ދައުވާ އަކި ކުރިން ވެސް ދިވެހިރާއްޖޭގައި ބަނގުރާ ވިއްކައި
އުޅުނު ވާހަކައެވެ. ކުރިން ކޮށްއުޅުނުކަމެއް ކަމުގައިވިޔަސް،
އެކަމަކީ ތިމާޔަށް،
އޭގެ ލާބަޔާއި މަންފާއަށް ވުރެ،
ގެއްލުން ބޮޑުކަމެއް ކަމުގައި ވާނަމަ އެކަން ކުރުމުގެ ބޭނުމަކީ
ކޮބައި ހެއްޔެވެ! ބަނގުރާ ވިއްކުމަށް މަސައްކަތް ތިޔަ ކުރާމީހުން
ކުރިން އުޅެމުން އައީކިހިނަކުން ހެއްޔެވެ! މިހާރުވެސް ތިއުޅެނީ
ކުރިން އުޅެމުން އައިގޮތަށް ހެއްޔެވެ! އަމިއްލަ ނަފްސާ ސުއާލު
ކޮށްބަލާށެވެ. ވިހޭއިރު އުނުގައި ފޭރާމެއްވެސް ނެތެއްނޫން ހެއްޔެވެ!
ދެން ހަމަ ފޭރާން ނުލައި އުޅެންވީހެއްޔެވެ!
ދިވެހި
ގައުމުގެ ލޮބުވެތި ރައްޔިތުން ތިބީ ފުދިގެންނެވެ. ދެން ކޮންމެހެން
އެމީހުންނަށް ރާބޯންދޭން އުޅޭނެކަމެއް ނެތެވެ. އަދި އެވިއްކައިގެން
ލިބޭ ފައިސާއިން،
ދިވެހިރައްޔިތުންގެ ހަލާލު ފައިސާ ކޮޅު ތަޢައްޔަރު ކުރަންވެސް
ނޫޅޭށެވެ. އަދި ބަނގުރަލާއި އޫރުމަހާއި މަސާޖް ޕާލާތަކުގެ،
ބަރަކާތް ކެނޑިފައިވާ ވިޔަފާރި ހިންގައިގެން ލިބޭ ފައިސާއިން ދިވެހި
އިގްތިސާދު ކުރިއަރުވާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވާކަން
ނޭނގެނީބާވައެވެ. ﷲ އިރާދަފުޅުން ތިޔަކަމެއް މި ދިވެހި ބިމަކު
ނުކުރެވޭނެއެވެ. ހަނދާން ނައްތައިލާށެވެ.
މިހާރުވެސް ތިޔަބުނާ މީސްމީހުންނަށާއި ތަންތަނަށް ހުއްދަދިނުމުން
ބަނގުރާ ޢާއްމުވެފައިވާ މިންވަރު ދިވެހިންނަށް އެބަފެނެއެވެ.
ފާޓާފާޓާ ތަކުގައާއި ކޭސްކޭހުގަ އެހެރަ ގެންދަނީ ކިހާ ޢަދަދެއް
ހެއްޔެވެ. ދެން މީހުން ދިރިއުޅޭ ރަށްރަށަށް އެ ހުއްދަ ދެވިއްޖެނަމަ
ތިޔަމީހުން ކުޅޭނެ ކުޅިވަރު ތަޞއްވަރު އެބަކުރެވެއެވެ.
ހޭލާށެވެ! ހުއްދަ ދެވިފައިވާ ތަންތަނަށް،
ހުއްދަ ދެވިފައި އެވަނީ ރައްޔިތުން އެކަމަށް ތަރުޙީބު ދޭތީ
ނޫންކަމުގައިވެސް ދަންނަވަމެވެ. އެއީ ރައްޔިތުންނާއި " ޑިމޮކްރެސީއާ
" ދެކޮޅަށް،
ބަޔަކު ކުރުވަމުންދާ ކަމެކެވެ. އަދި ކޮބައިތޯއެވެ! އެހުއްދަ ތަކަކީ
އެއީ މިއަދު ތިޔަ ގެނެސްގެން ތިޔައުޅޭކަމަށް ދައުވާކުރާ
ޑިމޮކްރެސީއާވެސް މުޅީން ޚިލާފުކަމެކެވެ. ސަބަބަކީ ޑެމޮކްރެސީއަކީ
ގިނަމީހުން ތިބޭކޮޅަކަށް އޮންނައެއްޗަކަށް ވާތީއެވެ. މުޅި ދިވެހި
އުއްމަތްވެސް ތިޔަފިކުރާޔާ ދެކޮޅުކަން ދަންނާށެވެ. އަދި
ދަންނަވަމެވެ! ތިޔައީ ދިވެހިގާނޫނު އަސާސީއާވެސް ޚިލާފުކަމެކެވެ.
މިހެނީ އިސްލާމް ދީނާ ފުށު އަރާއެއްވެސްކަމެއް ދިވެހިބިމުގައި
ނުކުރެވޭނެ ވާހަކަ ގާނޫނު އަސާސީގައި އޮންނަކަން ނޭނގޭނަމަ
މިބުނެދިނީއެވެ.
އަދިވެސް ބުނަމެވެ! އަޅުގަނޑުމެން ރައްޔިތުން ބޭނުންވަނީ އެފަދަ
ނަހަލާލު ވިޔަފާރީގެ ހުއްދަ އިތުރުކުރާކަށް ނޫނެވެ. ބޭނުންވަނީ
ދީފައިވާ އެފަދަ ހުރިހާ ހުއްދައެއް ބާޠިލުކުރާށެވެ.
-ނިމުނީ- |