"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ސޫރަތުލް ފާތިޙާ
މައްކީ ސޫރަތެއް
ޞަފްޙާ: 1-1
1

بِسْمِ اللهِ الرَّحْمنِ الرَّحِيم

"ރަޙްމާންވަންތަ، ރަޙީމްވަންތަ اللهގެ އިސްމުފުޅުން ފަށައިގަންނަމެވެ."

 

2

الْحَمْدُ للّهِ رَبِّ الْعَالَمِينَ*


"އެންމެހައި ޙަމްދެއް ޙައްޤުވަނީ ޢާލަމްތައް ހައްދަވާ ބޮޑުކުރެއްވެވި، ޢާލަމްތަކުގެ ވެރި اللهގެ ޙަޟްރަތަށެވެ." (ސޫރަތުލް ފާތިޙާ:02)

 

3

الرَّحْمـنِ الرَّحِيمِ*


"އެއީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ އިލާހެވެ." (ސޫރަތުލް ފާތިޙާ:03)

 

4

مَالِكِ يَوْمِ الدِّينِ*


"(އަދި އެއީ) ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ." (ސޫރަތުލް ފާތިޙާ:04)

 

5

إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ*


"އަޅަމެން އަޅުކަން ކުރަނީ އިނބަ އިލާހުގެ ޙަޟްރަތަށެވެ. އަދި ވާގި އެދެނީވެސް އިނބަ އިލާހުގެ ހަޟްރަތުންނެވެ." (ސޫރަތުލް ފާތިޙާ:05)

 

6

اهدِنَــــا الصِّرَاطَ المُستَقِيمَ*


"އަޅަމެންނަށް ސީދާވެގެންވާ ޞިރާތުގެ ތެދު މަގު ދައްކަވާންދޭވެ." (ސޫރަތުލް ފާތިޙާ: 06)

 

7

صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ*


"އެބައެއްގެ މައްޗަށް އިނބަ އިލާހު ނިޢުމަތް ދެއްވެވި މީހުންގެ މަގެވެ. ތެދު މަގު ގެއްލިގެން ދިޔަ މީހުންނާއި (އެބަހީ ނަޞާރާއިންނާއި) އަދި އެބައެއްގެ މައްޗަށް ކޯފާލެއްވުނު މީހުންގެ (އެބަހީ ޔަހޫދީންގެ) މަގެއް ނޫނެވެ." (ސޫރަތުލް ފާތިޙާ:07)

 

dheenee-news@hotmail.com

blog stats

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)