|
ސަލަފްއިން
މިމަހުގެ 13ވަނަ ދުވަހުގެ ރޭ، ބޭއްވި ދަރުސްގެ އުސްއަލިތައް.
މިދަރުސް
ދެއްވެވީ ފަޟީލަތުއް ޝައިޚުލް އުސްތާޛް މުޙައްމަދު ނަޝީދު އާދަމް
އެވެ. ޝައިޚް މުޙައްމަދު ނަޝީދު އާދަމްއަކީ
ކުއްލިއްޔަތުއް ޝަރީޢާގެ (ފެކަލްޓީ އޮފް ޝަރީޢާގެ) ލެކްޗަރަރ
އެއްވެސް މެއެވެ. ކިޔަވާ ވިދާޅުވީ މިސްރުގެ ޖާމިޢަތުލް
އަޒްހަރުންނާއި، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ.
މިދަރުސްގައި
ޝެއިޚްވަނީ ދީނުގެ ޙުކުމްފުޅުތައް އޮޅުވާލަން އުޅޭ މީހުންނަށް،
ޤުރުއާނާއި ސުންނަތުގެ އަލީގައި ވަރަށް ފުރިހަމަ ޢިލްމީ ރައްދުތައް
ދެއްވާފައެވެ.
ދަރުސްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ ތިރީގައިމިވާ
އިމާމް ބުޚާރީ ރިވާ ކުރައްވާފައިވާ ޙަދީޘްފުޅުގެ މައްޗަށެވެ.
"لَيَكُوْنَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّوْنَ الْحِرَ
وَالْحَرِيْرَ وَالْخَمْرَ وَالْمَعَازِفَ
"
(رواه
البخاري)
"ހަމަކަށަވަރުން ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިން ފަރުޖާއި
(ޒިނޭއާއި)،
ފަށުތްވާއި، ބަނގުރަލާއި އަދި މިއުޒިކް ހުއްދަކުރާނޭ ބަޔަކު ވާނޭކަން
ކަށަވަރެވެ."
-ނިމުނީ-
|